Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓީން ފެސިލިޓީތަކުން މީހުން ދޫކުރުން

މިހާތަނަށް 2370 މީހަކު ކަރަންޓީން މުއްދަތު ނިންމުމަށްފަހު ދޫކޮށްފައިވޭ

9 މެއި 2020 | ހޮނިހިރު 23:55

ހޮނިހިރު ދުވަހު 130 މީހަކު ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 މެއި 2020 | ހޮނިހިރު 23:55
މީގެކުރިން ކަރަންޓީން ފެސިލިޓީތަކުން ދޫކުރި ފަރާތްތައް މާލެ އައުމުން ފުލުހުން އަދި ސިފައިން އެހީތެރި ވެދެނީ

މީގެކުރިން ކަރަންޓީން ފެސިލިޓީތަކުން ދޫކުރި ފަރާތްތައް މާލެ އައުމުން ފުލުހުން އަދި ސިފައިން އެހީތެރި ވެދެނީ

މިހާތަނަށް 2370 (ދެހާސް ތިންސަތޭކަ ހަތްދިހަ) މީހަކު ކަރަންޓީންގެ މުއްދަތު ނިންމުމަށްފަހު ދޫކޮށްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފަހުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، މި ވަގުތު ކަރަންޓީން ފެސިލިޓީގައި ތިބި 130 މީހަކު އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދޫކޮށްފައިވާކަމަށެވެ. އެގޮތުން، އެ މީހުންނަކީ 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހަމަކޮށް ނަތީޖާ ނެގެޓިވްވެފައިވާ މީހުންކަމަށާއި ހަމަ އެ އުސޫލުން މިހާތަނަށް ޖުމްލަ 2370 (ދެހާސް ތިންސަތޭކަ ހަތްދިހަ) މީހުން ދޫކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ، މީގެއިތުރުން 41 މީހެއްގެ ސާމްޕަލް ނެގާފައިވާކަމަށާއި ކަރަންޓީން ނިމުމަށްފަހު ނަތީޖާ ނެގެޓިވް ކަމުގައި ވާނަމަ އެމީހުންވެސް ދޫކޮށްލާނެކަމަށެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1521 މީހުން އެބަތިއްބެވެ. މީގެތެރޭގައި، ސަރުކާރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރި މަސައްކަތުން ގެނެސްފައިވާ ފަރާތްތަކާއި މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހުންގެ އިތުރުން ކުރު މުއްދަތަކަށް މާލެ އައުމަށް ފަހު، ލޮކްޑައުން އާއި ގުޅިގެން ރަށަށް ދިއުމަށް ކަރަންޓީން މުއްދަތު ހޭދަކުރަމުންދާ މީހުން ހިމެނެއެވެ.

އެޗްޕީއޭއިން އަމަލުކުރަމުންދާ އުސޫލުގައި ވާގޮތުން، ކަރަންޓީނަށް ގެންދެވޭ ފަރާތްތައް ދޫކުރެވޭނީ 14 ދުވަހުގެ މުއްދަތެއް ހޭދަކުރުމަށް ފަހު ބަލި ހުރިތޯ ދެނެގަތުމަށް ހަދާ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ. ކަރަންޓީނަށް ދިއުމާއި ސާމްޕަލްތައް ނަގަން ދެކޮޅު ހެދުމަކީ ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ކުށެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް