އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 790ށް
9 މެއި 2020 | ހޮނިހިރު 21:32ޖުމްލަ އަދަދުވަނީ 790 އަށް އަރާފައި

އަލީ ސަމާޚް | 9 މެއި 2020 | ހޮނިހިރު 21:32
ސާމްޕަލް ނެގެމުގައި އެޗްޕީއޭގެ ޓީމުން ހަރަކާތްތެރިވަނީ
ރާއްޖެއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އިތުުރު 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ކޭސްތަކުގެ ތެރޭގައި ހޮނިހިރު ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ޕޮޒިޓިވްވި ކަމަށް އިއުލާން ކުރި 19 ކޭސް ހިމެނެއެވެ. އެ 25 ކޭހާއި އެކު ޕޮޒިޓިވްވި މީހުންގެ އަދަދު އަރާފައިވަނީ 790 އަށެވެ.






