Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ކަންކަން

ކޮވިޑަށް ޓެސްޓުކުރާ މެޝިން މިމަހުގެ 17 ގައި ލިބޭނެކަމަށް ލަފާކުރެވޭ: މަބްރޫކް

މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެސްޓް ކުރެވޭ މިންވަރު ދަށްވުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މެއި 2020 | ހުކުރު 10:04
އެންއީއޯސީ ގެ ތަރުޖަމާން މަބްރޫކް އަޒީޒު

އެންއީއޯސީ ގެ ތަރުޖަމާން މަބްރޫކް އަޒީޒު

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް މިމަހުގެ ކުރީކޮޅު ގެނައުމަށް ހަމަޖެހިފައިވާ މެޝިން މިހާރު އަންނާނެކަމަށް ބެލެވެނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިމެޝިން އައުމުން އިތުރަށް 200 ޓެސްޓް ހެދޭނެކަމަށެވެ. މަބްރޫކް ވިދާޅުވީ މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެނީ 350-400 ދެމެދުގެ ޢަދަދެއް ކަމަށެވެ. އެއީ އައިޖީއެމްއެޗްގެ ލެބޯޓްރީގެ އިތުރުން ފުލުހުންގެ ފޮރެންސިކް ލެބުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވޭ މިންވަރު ދަށްވުމުން އެކަމުގެ ކަންބޮޑުވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ކޮންސަލްޓަންޓް ޑރ ޝީނާ މޫސާ ވަނީ ފާޅުކުރައްވާފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތު އޮތް ގޮތާއި އަދި އެ ހާލަތު ބަދަލުވެދާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ ދެއްވަމުން ޑރ ޝީނާ ވިދާޅުވެފައިވަނީ ރަނގަޅު މިންވަރަށް ޓެސްޓް ކުރެވޭނަމަ ދުވާލެއްގެ މައްޗަށް 300 ޕޮޒިޓިވް ކޭސް ފެނުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އެހެންކަމުން މިހާރު ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނަކީ މިހާރު ޓެސްޓް ކުރެވޭ މިންވަރަށް ބަލާފައި ހަދާފައިވާ ޕްރެޒެންޓޭޝަނެއް ކަަމަށް ޑރ ޝީނާ ވިދާޅުވިއެވެ.

މިކަންބޮޑުވުން ފާޅުކުރައްވަމުން މަބްރޫކްވެސް ވިދާޅުވީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެސްޓް ކުރެވޭ މިންވަރު ދަށްވުންކަމަށެވެ. އެހެންކަމުން ޓެސްޓް ކުރެވޭ މިންވަރު މަތިކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ޓެސްޓް ކުރެވޭ މެޝިން އިތުރުކުރުމަށް މިހާތަނަށް އައިއިރުވެސް އެކިގޮތްގޮތަށް ބަލާފައިވާކަމަށާއި ނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް ގޮތެއް ކާމިޔާބުވެފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރާ މެޝިންތައް ރާއްޖެއަށް ހަދިޔާ ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލީ ޒޮންގް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ތަފުސީލެއް ސަފީރު ހާމަކުރައްވާފަ އެއްނުވެއެވެ.

މަބްރޫކް ވިދާޅުވީ ޓެސްޓިންގ މެޝިން ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީ އިތުރުން އެސްޓީއޯ އާއި ރައީސް އޮފީހުންވެސް ކުރަމުންގެންދާ ކަމަށެވެ. އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު 536 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު