Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބެނީ އެންޑް ޑިޑޫސް ޓޯކް ޝޯވ

ވެލިދުއަކީ ވަރަށް ހުނަވެރި ޒުވާނުން އުޅޭ ރަށެއް، މިފަހަރު މިއޮތީ "ބެނީ އެންޑް ޑިޑޫސް" ޓޯކް ޝޯވ

8 މެއި 2020 | ހުކުރު 18:41

ފޭސްބުކް މެދުވެރިކޮށް ޝޯ ކުރިއަށް ދާނީ ކޮންމެ ރެއަކު 12:00 އިން 2:00 އަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 މެއި 2020 | ހުކުރު 18:41
ބެނީ އެންޑް ޑިޑޫސް ޓޯކް ޝޯވ

ބެނީ އެންޑް ޑިޑޫސް ޓޯކް ޝޯވ

ވެލިދުއަކީ ތަފާތު ހުނަވެރި ޒުވާނުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ކޮންމެ މުނާސަބަތަކާއި ގުޅުވައިގެންވެސް ވެލިދޫގެ ޒުވާނުންގެ ހުނަރު މުޅި ރާއްޖެއަށް ފާހަގަވެގެންދެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެލިދޫގެ ޒުވާނުންގެ ހުނަވެރިވެރިކަމާއި، ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަ ކަމުންނެވެ.

ކޮންްމެ އަކަސް ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގައި މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. ސަރުކާރުންވެސް އަންގަމުން ދަނީ ގޭގައި ތިބުމަށެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ވެލިދޫގެ ޒުވާނުން ވަނީ ގޭގައި ތިބޭ މީހުން މުނިފޫހި ފިލުވައިދިނުމުގެ ގޮތުން ޚާއްސަ ޓޯކް ޝޯވއެއް ފޭސް ބުކް ލައިވް މެދުވެރިކޮށް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ފަށާފައެވެ. "ބެނީ އެންޑް ޑީޑޫސް" ޓޯކް ޝޯވ ގެ ނަމުގައި ވެލިދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ މި ޝޯވއަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ގިނަ ފަރާތްތަކެއް ޝައުގުވެރިކަން ވަނީ ލިބިގެން ގޮސްފައެވެ.

Advertisement - newsAdvertisement

އަހުމަދު ނުހާދު (ބެނީ) އާއި މުހައްމަދު އަހުސަން (ޑިޑޫ) ހުށަހަޅައިދޭ މި ޝޯ ކުރިއަށް ދާނީ ކޮންމެ ރެއަކުވެސް 12:00 އިން 2:00 އަށެވެ.

ކޮންމެ ރެއަކުވެސް ޚާއްސަ މައުޟޫއު އަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު މި ޝޯގައި ބެލުންތެރިންނަށް ލިބިގެން ދެއެެވެ. މުޖުތަމަޢުގައި ހިނގާ ކަންކަމާއި ގުޅޭ ގޮތުން ބެލުންތެރިން ޝައުގުވެރިވާފަދަ މައުޟޫއެއް ކޮންމެ ރެއެއްގެ ޝޯގައި ވެސް ހިމަނާފައި ވާއިރު އެމައުޟޫއު އަކާއި ގުޅޭ ގޮތުން އެބޭފުޅެެއްގެ ޚިޔާލުތައް ފޭސްބުކް މެދުވެރިކޮށް މެސެޖް ކުރަމުން ގެންދެވޭނެއެވެ.

މީގެ އިތުރުން ޚާއްސަ ސެގްމަންޓެއްގެ ގޮތުގައި "ނީލަން ތަބަށް" ވެސް ވަނީ ހުޅުވާލާފައެވެ. ނީލަން ތަބަކުގައި އޮންނަ "ވަން ޕީސް" ޕްރޮޑަކްޓް ބައްލަވައިގަތުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެންދެއެެވެ. ނީލަން ތަބަކަކީ ވެލިދޫގައި ހިންގާ އާރޓް އެންޑް ކްރާޕްޓް ތަކެތި ވިއްކާ ފިހާރައެއް ކަަމުގައިވާ "ކޯޓެކްސް" އަދި "ދި އައިލެންޑް އާރޓްސް އެމްވީ" އިން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ސެގްމަންޓެކެވެ. ނީލަން ތަބަށް ވިން ކުރާ ފަރާތަކަށް އެތަކެތި ދަނީ ފޯރުކޮށްދެމުންނެވެ.

ބެލުންތެރިނާއި ވީހާވެސް ބޮޑަށް ގުޅިގެން ކުރިއަށް ގެންދާ މި ޝޯވގައި ބެލިުންތެރިން ކުރާ ކޮމެންޓްތައް ވެސް ކިޔަމުން ގެންދެއެވެ. އަދި ބެލުންތެރިންގެ ރިކުއެސްޓަށް ލަވަކިޔައިދިނުމާއި ނެށުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ.

މި ޕެންޑަމިކްގައި ގޭގައި ތިބޭ ފަރާތްކަށް ޚާއްސަކޮށްގެން ގެނެސްދާ މި ޓޯކް ޝޯވގެ ޕްރޮޑިއުސަރަކީ އަހުމަދު އަހުނަފް (ތޫޕް) އެވެ. އަދި މި ޝޯ އަހުމަދު މާއިޝް (އައްމު) އެވެ.

މި ޝޯވއާއި ގުޅޭ ގޮތުން ޝޯވގެ ޕްރޮޑިއުސަރ ތޫޕް ބުނީ މިއީ ވެލިދޫގެ ޒުވާނުން ކޮޅެއް މަޖަލަކަށް ފެށިކަމެއް ކަމަށާއި، ޝޯވ ފަށާފައި ވަނީ ވެސް ބަސަރާ ކަދުރާއި ފީވަކު ދޮންކޭލުން ސްޕޮންސަރ ކޮށްގެން ކަމަށެވެ.

ނަމަވެސް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި "ކޯޓެކްސް" ގެ ހެޔޮއެދުންތަކާއެކު ޝޯވ ކުރިއަށް ގެންދިއުމަށް ވަރަށްވެސް ހިތްގައިމު ސެޓެއްވެސް ތައްޔާރުކޮށްދީފައިވާ ކަމަށެވެ. ޝޯވއަށް ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ޚާއްސަކޮށް ވެލިދޫގެ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންގެ ތަރުހީބު ޝޯވއަށް ލިބިގެންދާ ކަަމަށް އޭނާ ބުންޏެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ގިނަ ސެލެބްރިޓީންވެސް ބަލަމުންދާ މި ޝޯވގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚްލޫފްވެސް ވަނީ ބައިވެވަޑައިގެންފައެވެ.

ޝޯވއާއި ގުޅޭ ގޮތުން މިނިސްޓަރ މަޚްލޫފް ވަނީ ޝޯވ ވަރަށް ފުރިހަަމަ ކަމަށެވެ. ވެލިދޫގެ ޒުވާނުން މިވަގުތު ކުރަމުން އެ ގެންދަނީ "ސަޅި" ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

މިޝޯވގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން "ފޮލޯ ބެނީ" ޕޭޖަށް ލައިކް ދިނުމުން އެ ޕޭޖުން "ބެނީ އެންޑް ޑިޑޫސް" ޓޯކް ޝޯވ ގަައި ބައިވެރި ވެވޭނެއެވެ.

މި ޓޯކް ޝޯވ ގެ އިތުރުންވެސް ބެނީ އެންޑް ޑިޑޫ ގެންދަނީ ބެލުންތެރިންގެ އެދުމުގެ މަތިން ހަވީރުގެ ވަގުތުގައި ރެކޯޑެޑް ސެގްމަންޓްތައް ވެސް ތައްޔާރު ކުރަމުންނެވެ. ރޯދަމަހު ގޭގައި ތިބޭ ފަރާތްތަކުން ރޯދަކުރުކޮށްލުމަށްވެސް "ފޮލޯ ބެނީ" ޕޭޖުން ޝޯތައް ބަލަމުން ގެންދެވޭނެއެވެ.

"ބެނީ އެންޑް ޑިޑޫސް" ޓޯކް ޝޯގެ އިތުރުން ވެލިދޫ ޒުވާނުން ތައްޔާރު ކުރާ ވެބް ސީރީޒްއެއްވެސް ވަރަށް އަވަހަށް ފެނިގެންދާނެ ކަަމަށް މިޝޯވ އުފައްދާ ފަރާތްތަކުން މަޢުލޫމާތު ދެއެެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް