Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތޮއްޑޫ ކަރާ ވިޔަފާރި

ރަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަހު އެކަނިވެސް 100ޓަނުގެ ކަރާ ތޮއްޑޫން ބޭރުކުރި

7 މެއި 2020 | ބުރާސްފަތި 21:03

މިއަހަރު ރޯދަމަހަށް ޚާއްޞަކޮށް ދަނޑުވެރިކަން ކުރުމަށް 116 ބިން ވަނީ ދޫކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 މެއި 2020 | ބުރާސްފަތި 21:03
ކޮންމެ ރަމަޟާން މަހަކަށް ޚާއްޞަކޮށް ތޮއްޑޫ ދަނޑުވެރިން ގިނަ ޢަދަދެއްގެ ކަރާ ހައްދާ

ކޮންމެ ރަމަޟާން މަހަކަށް ޚާއްޞަކޮށް ތޮއްޑޫ ދަނޑުވެރިން ގިނަ ޢަދަދެއްގެ ކަރާ ހައްދާ

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދިހައެއް ނިމުނުއިރު ތޮއްޑޫން 100 ޓަނަށްވުރެ ގިނަ ކަރާ ބޭރުކޮށްފައިވާކަމަށް ތޮއްޑޫ ކައުންސިލުން ބުނެފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ އއ. ތޮއްޑޫގެ ރަށު ކައުންސިލުން ބުނީ މި ހިނގާ ރަމަޟާންމަހުގެ ފުރަތަމަ ދިހައެއް ނިމުނުއިރު 100 އަށްވުރެ ގިނަ ޓަނުގެ ކަރާ އެރަށުން ބޭރުކޮށްފައިވާކަމަށާއި، ކަރަލުގެ އިތުރުން 25 ޓަނަށްވުރެ ގިނަ ދަނޑުވެރިކަމުގެ އެހެން ބާވަތްތައްވެސް ބޭރުކޮށްފައިވާކަމަށެވެ.

ރަމަޟާންމަހަށް ޚާއްޞަކޮށް ކަރާހެއްދުމަށް ނަން މަޝްހޫރު ތޮއްޑޫން މިއަހަރު ރަމަޟާންމަހަށް ޚާއްޞަކޮށް ދަނޑުވެރިކަން ކުރުމަށް 116 ބިން ދޫކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ އިތުރު ޢަދަދެކެވެ. މިދިޔަ އަހަރު އެރަށުން ދަނޑުވެރިކަމަށް ދޫކުރީ 114 ބިން ކަމަށް ކައުންސިލުން ބުނެއެވެ.

މި ރަމަޟާންމަހުގެ ފުރަތަމަ ދިހަ ދުވަހު 100 ޓަނަށްވުރެ ގިނައިން ކަރާ ތޮއްޑޫން ބޭރުކޮށްފައިވާއިރު، ފާއިތުވި އަހަރުގެ ފުރަތަމަ ދިހައެއްގައި 160 ޓަނަށްވުރެ ގިނަ ކަރާ ތޮއްޑޫން ބޭރުކޮށްފައިވެއެވެ.

ދަނޑުވެރިކަމުގެ އެހެންބާވަތްތައް ބަލާއިރު މިއަހަރު 25 ޓަނަށްވުރެ ގިނައިން ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރު ބޭރު ކުރި ޢަދަދު ސާޅީސް ޓަނަށް އަރައެވެ.

ފާއިތުވި ދެ އަހަރު ވެސް މޫސުން ގޯސްވުމުގެ ސަބަބުން ތޮއްޑޫގެ ދަނޑުތައް ހަލާކުވުމުގެ އިތުރުން، ދަނޑުތަކަށް ތަފާތު ބަލިތައް ޖެހުމުގެ ސަބަބުން ކަރާހެއްދުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. އެހެން ނަމަވެސް މިއަހަރަކީ ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު ދަނޑުތަކަށް ގެއްލުންނުވެ އެންމެ ކާމިޔާބުކަމާއެކު ކަރާ ހެއްދުނު އަހަރުކަމަށް ތޮއްޑޫ ކައުންސިލުން ބުނެއެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށް، ކަރާގެ އިތުރުން މެލަން އާއި ކިއުކަމްބާ އަދި ބައްޓާއި، މިރުހާއި، ލެޓިއުސްގެ އިތުރުން ކޮޕީފަތް ވެސް ތޮއްޑޫ ދަނޑުވެރިން ހައްދައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުންތަކުގައި މެނުވީ ދަތުރުފަތުރު ކުރުން މަނާކޮށްފައިވާއިރު، ތޮއްޑޫން މާލެއަށް މުދާ ހިފައިގެން ކުރާ ދަތުުރުތައް ވަނީ ހަފުތާއަކު ދެ ދަތުރަށް މަދުކޮށްފައެވެ.

ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ މަޤުޞަދުގައި ސަރުކާރުން އުފައްދަވާފައިވާ ޚާއްޞަ ކުންފުނި "އެގްރޯ ނެޝަނަލް ކޯޕަރޭޝަން" އިން ވަނީ ދިވެހި ދަނޑުވެރިކަމުގެ ބާވަތްތައް ހަމައަގުގައި ގަތުމުގެ މަސައްކަތް ފަށާފައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މަޢުލޫމާތުދޭގޮތުގައި އެކުންފުނީގެ މަސައްކަތުގެ ދުވެލި އަވަސްކޮށްފައިވަނީ މިދަނޑިވަޅުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރާ އަސަރުތައް ކުޑަކޮށް، ކާބޯތަކެތި ހޯދުމަށް ދިމާވެދާނެ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުންކަމަށެވެ. އަދި އެކުންފުންޏަށް ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން އެފަރާތެއްގެ މަޢުލޫމާތު ރަށު ކައުންސިލަށް ދިނުމުން ޓާސްކްފޯސް މެދުވެރިކޮށް މުޢާމަލާތް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.

އަދި ރަށު ކައުންސިލާ ގުޅިގެން ކަނޑައެޅިފައިވާ މުއްދަތަށް ތަކެތި ހަމަކޮށް މާލެ ފޮނުވުމުން، ބޯޓުން ބާލާ ތަކެތި ވަގުތުން ކިރައި، ހަމަތޯ ބަލާނެ ކަމަށާއި އަދި ހަމަޖެހިފައިވާ އުޞޫލުގެދަށުން ކުންފުންޏަށް ވިއްކި ތަކެއްޗަށް ފައިސާ ދޫކުރާނެކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ބުނެއެވެ. އެހެންކަމުން މިއީ ތޮއްޑޫ ދަނޑުވެރިންގެ އިތުރުން ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ވެސް ލިބުނު ވަރަށްބޮޑު ފަސޭހަކަމެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ

26 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް ބުދަ ދުވަހު ޝެޑިއުލް ފްލައިޓްތައް ފަށަނީ
23 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!

23 ޖޫން 2017
"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖެއަށް، ހޯމަ ދުވަހު ހުޅުވަނީ!
16 ޖޫން 2017

ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް

16 ޖޫން 2017
ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
09 ޖޫން 2017

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

09 ޖޫން 2017
ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް