Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ސަރުކާރުން ކުރާ ޚަރަދު

ކޮވިޑް-19އާ ގުޅިގެން ކުރާ ހަރަދުތަކުގެ ތަފްސީލު ކޮންމެ ހޯމަ ދުވަހަކު ހާމަކުރާނަން: ފިނޭންސް މިނިސްޓަރ

7 މެއި 2020 | ބުރާސްފަތި 11:26

މިހަފްތާގެ ހޯމަ ދުވަހު ވެސް އެމައުލޫމާތު އާންމުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2020 | ބުރާސްފަތި 11:26
ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވޭ

ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވޭ

ކޮވިޑް-19އާ ގުޅޭ ގޮތުން ކުރެވޭ ޚަރަދުތަކުގެ ތަފްޞީލު ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހާމަ ކުރާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިހަފުތާގެ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން ފަރާތުން ކޮވިޑް-19އާ ގުޅޭ ގޮތުން ކުރެވޭ ޚަރަދުތަކުގެ ތަފްޞީލު ޢާންމު ކުރަން ފަށާފައިވާ ކަމަށާއި، މީގެ ފަހުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު އެމަޢުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މިގޮތަށް ޢަމަލު ކުރުމަށް ނިންމި މައިގަނޑު މަޤުޞަދަކީ ކޮވިޑް-19އާ ގުޅިގެން ކުރެވޭ ޚަރަދުތަކާއި، ކުރާ ހުރިހާ މަސައްކަތްތަކަކީ ދެފުށް ފެންނަ ހާމަކަމާއެކު، ޒިންމާދާރު ކަމާއެކު ކުރެވޭ މަސައްކަތްކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" އަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވަޢުދެއްކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ މިޙާލަތުގައި ވެސް ކޮރަޕްޝަނުގެ ޢަމަލުތަކަށް ފުރުޞަތު ނުދިނުމަށް އެސީސީން ކޮރަޕްޝަން ހިރާސް ކުޑަ ކުރުމުގެ އިރުޝާދު ނާމާއެއް ޢާންމުކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ އޮފީސްތަކަށް ބަލައި ގަންނަ ފައިސާ މޯބައިލް ޕޮއެންޓް ސޭލް މެދުވެރިކޮށް މިނިސްޓްރީން ޑިވަލޮޕްކޮށްފައިވާ ބަނޑޭރި ޕޯޓަލްއިން ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަ އޮފީހަކުން ކައުންޓަރުންނާއި އެހެނިހެން ގޮތްގޮތުން ބަލައިގަންނަ ފައިސާ މިސިސްޓަމް މެދުވެރިކޮށް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަަމަށެވެ.

ޚާއްޞަކޮށް ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އެކިއެކި ފަރާތްތަކުން އެހީގެ ގޮތުގައިދޭ ފައިސާ މިސިސްޓަމް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި، މިއީ ދައުލަތުން މިހާތަނަށް އޮޓަމޭޓް ސިސްޓަމެއް މެދުވެރިކޮށް ލިބޭ ފައިސާ ބަލައިގަނެ ބޭންކް ކުރެވޭނެ އިންތިޒާމު ހަމަޖެހުނު ފުރަތަމަ ފަހަރުކަން މިނިސްޓަރު އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް