Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލަށް ޗެމްޕިއަންކަން ނުދިނުމަކީ ނާއިންސާފު އަމަލެއް: ލޮރިސް

ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 މެއި 2020 | ބުދަ 12:05
ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން ހޫގޯ ލޮރިސް

ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން ހޫގޯ ލޮރިސް

އިނގިރޭސި ޕްރިމިއާ ލީގު ކެންސަލް ކުރާނަމަ، ލިވަޕޫލަށް ޗެމްޕިއަންކަން ނުދިނުން ވާނީ ނާއިންސާފު އަމަލަކަށް ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން ހޫގޯ ލޮރިސް ބުނެފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު މީގެ ކުރިން ބައެއް ކްލަބުތަކުންނާއި ބައެއް ތަޖުރިބާކާރުން ވަނީ ލީގު ކެންސަލް ކުރަން ގޮވާލާފައެވެ.

ލީގު މެދުކަނޑާލިއިރު ތާވަލުގެ އެންމެ ކުރީގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެ ޓީމަށް 82 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ނުވަ މެޗު އޮތްއިރު، 30 އަހަރަށްފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

ލޮރިސް ބުނީ ލީގު ކެންސަލް ކުރަން އެއްވެސް ކުޅުންތެރިއަކު ބޭނުން ނުވާނެ ކަމަށާއި، އެކަމަކު ލީގު ކެންސަލް ކުރަން ޖެހޭ ހާލަތެއްގައި ލިވަޕޫލަށް ޗެމްޕިއަންކަން ނުދިނުމަކީ ނާއިންސާފު އަމަލެއް ކަމަށެވެ. އަދި އެއްވަނައިގައި ބޮޑު ލީޑަކާއެކު ލިވަޕޫލް އޮތްއިރު، މިހާލަތުގައި ވެސް އެޓީމަކީ ގާތްގަނޑަކަށް ޗެމްޕިއަނުން ކަމަށް ލޮރިސް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ޕްރިމިއާ ލީގު މެދުކަނދާލާފައި އޮތް ނަމަވެސް، މިހާރު އަންނަނީ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ފްރެންޗު ލީގާއި ނެދަލެންޑްސް ލީގު ވަނީ ކެންސަލް ކޮށްފައެވެ. މީގެ ތެރެއިން ނެދަލެންޑްސް ލީގު ކެންސަލް ކުރީ ޗެމްޕިއަނެއް ކަނޑަނާޅައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

ޅ.އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުއްޓަށް

07 އެޕްރީލު 2017
އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

އައިއެފްސީގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ދަ ގޭންގުން ހޯދައިފި

26 މާރިޗު 2017
މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

މާފުށީ ސްކޫލް ބަލިކޮށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު