Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދާ އެތެރެ ކުރުމުގެ މަސައްކަތް

މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބާރަ ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރެވިފައިވޭ: ކަސްޓަމްސް

6 މެއި 2020 | ބުދަ 11:44

ވިޔަފާރިތަކަށް ހީނަރު ކަމެއް އައިސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 މެއި 2020 | ބުދަ 11:44
ވިޔަފާރި ބަނދަރުން އަބަދުވެސް މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދޭ

ވިޔަފާރި ބަނދަރުން އަބަދުވެސް މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދޭ

މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް ބާރަ ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރެވިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ބުދަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ނާޝިދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރު ކުރުމާއި، ބައިނަލްއަޤުވާމީ ވިޔަފާރިތަކަށް ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނާޝިދު ވިދާޅުވީ ރާއްޖޭގެ އިންޕޯޓް އެކްސްޕޯޓަށް ވެސް ކޮންވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެ ކަމަށް ޤަބޫލުކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލްގެ ނިޔަލަށް ރާއްޖެއަށް ބާރަ ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރެވިފައިވާ ކަމަށާއި، އިންޕޯޓު ޑިއުޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އެތެރެ ކުރެވޭ މުދަލަށް އިޝާރާތް ކުރައްވާ ނާޝިދު ވިދާޅުވީ މުދާ އެތެރެ ކުރެވޭ މިންވަރު ދަށް ކަމަށް ބެލުނުކަމުގައި ވިޔަސް ޢާންމުކޮށް ބޭނުން ކުރާ ކާބޯތަކެތީގެ އިންޕޯޓު ޑިިއުޓީ ފާއިތުވެދިޔަ އަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު އެއްވަރަކަށް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ބައެއް ބާވަތްތަކުން އިތުރުވެފައިވާކަން ނާޝިދު ފާހަގަކުރެއްވިއެވެ.

އެގޮތުން 456 މިލިއަން ރުފިޔާގެ މަހުގެ ބާވަތްތައް، 597 މިލިއަން ރުފިޔާގެ ތަރުކާރީ ބާވަތްތައް އެތެރެކުރެވިފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ އިމްޕޯޓު އެންމެ ދަށްވެފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ރަލާއި، އޫރުމަސް ފަދަ ތަކެތި ކަމަށެވެ. އަދި ވިދާޅުވީ މިވިޔަފާރިއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ވިޔާފާރިއެއް ކަމަށާއި، ޓޫރިޒަމް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ވަރަށް ބޮޑުތަނުން ދަށްވެގެންދާނެ ކަމަށެވެ،

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް