Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިންނަށް ދޭ އެލަވަންސް

ކުޅުންތެރިންނަށް އެލަވަންސް ދޭން ބައެއް ކޯޗުން ގޮވާލައިފި

ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މިހާރު ދެމުން ނުދާ ކަން ވަނީ ހާމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 މެއި 2020 | ބުދަ 07:11
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ފަރިތަ ކުރަނިކޮށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ފަރިތަ ކުރަނިކޮށް

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މެދުކަނޑާނުލައި ދިނުމަށް ފުޓްބޯޅަ ބައެއް ކޯޗުން ގޮވާލައިފި އެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް19) އާ ގުޅިގެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އައި އެލަވަންސް މިހާރު ދެމުން ނުދާ ކަމަށް މިދިޔަ ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ހާމަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ގައުމީ ޓީމުގެ 328 ކުޅުންތެރިންނަށް، ކޮންމެ މަހަކު 1.4 މިލިޔަން ރުފިޔާ އެލަވަންސްގެ ގޮތުގައި ދެމުންދާ ކަމަށެވެ. އަންހެން އަދި ފިރެހެން ކުޅުންތެރިން ތަފާތު ކުރުމެއް ނެތި ކޮންމެ މަހަކު 5،000 ރުފިޔާ ދެމުންދާއިރު، އެއީ ކުޅުންތެރިންގެ މުސާރައެއް ނޫން ކަމަށާއި، އެއީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމާއެކު، ކުޅުންތެރިންގެ ހާޒިރީއާއި ފަރިތަކުރުންތައް ދާ ގޮތަށް ބެލުމަށް ފަހު ދެވޭ އެއްޗެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ދުވަސްވަރު ފަރިތަނުކުރާތީ އެލަވަންސް ނުދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއާއެކު ބައެއް ކޯޗުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ކުޅިވަރު ދެމެހެއްޓުމުގައި ކުޅުންތެރިންނަކީ އެންމެ މުހިއްމު އެއް ފަރާތް ކަމަށާއި ކުޅުންތެރިން ނެތި ކުޅިވަރުގެ އެއްވެސް މަގާމެއް ނޯންނާނެ ކަމަށެވެ. އަދި ކުޅުންތެރިންގެ ހައްގުގައި އެ ކުޅުންތެރިންގެ ފަރާތުން އުފެދިގެން އަންނަ ކްލަބްތަކާއި، ޖަމްއިއްޔާތަކުންނާއި، ކުޅިވަރާބެހޭ ވުޒާރާއިން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ނިޒާމް ބުންޏެވެ.

ނިޒާމް އިތުރަށް ބުނީ މި ދަނޑިވަޅުގައި ކުޅުންތެރިންނަށް އެލަވަންސް ނުދެވޭ ސަބަބަކީ ފަރިތަ ނުކުރެވުން ކަމުގައިވާނަމަ، އޭގެ ސަބަބުވެސް ބަލަން ޖެހޭ ކަމަށެވެ.

މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިއާ އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް ކޯޗުކަން ކޮށްދިން ސަބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ ފަރިތަ ނުކުރާތީ އެލަވަންސް ނުދިނުން އެންމެ ރަނގަޅު ނަމަވެސް، ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ކޮންމެވެސް ކަހަލަ އެލަވަންސެއް ދޭން ޖެހޭ ކަމަށެވެ. އަދި ބައެއް ކުޅުންތެރިންނަކީ އިތުރު އެހެން މަސައްކަތެއް ނުކޮށް، ހުސްއެކަނި ކުޅިވަރުން ލިބޭ އާމްދަނީއަކުން ދިރިއުޅޭ ބައެއް ކަމަށާއި، މި ކަހަލަ ދަނޑިވަޅެއްގައި އެ ކުޅުންތެރިންނަށް އެއްޗެއް ދެވެން ނެތްކަމަށް ވިދާޅުވުމަކީ އެ ކުޅުންތެރިންނަށް ދެވޭ ނޭދެވޭ މެސެޖެއް ކަމަށެވެ.

ކުޅުންތެރިންނަށް އެލަވަންސް ނުދޭ މައްސަލައިގައި ބައެއް ކޯޗުން އަޑު އުފުލުއިރު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2019/2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރިއިރު، އެހެން ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކުޅިވަރު ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލާފައެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
27 ފެބުރުއަރީ 2017

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު