Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ޗީޒް ބްރެޑް

މިއީ ހަދަން ފަސޭހަ، ގޭގައި ހުރި އެއްޗެހި ބޭނުންކުރެވޭނެ ރެސިޕީއެއް

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް, ރާއްޖެ އެމްވީ | 6 މެއި 2020 | ބުދަ 06:09
ޗީޒް ބްރެޑް

ޗީޒް ބްރެޑް

ޗީޒް ބްރެޑް ކަމުދޭތަ؟ މިއީ ހަދަން ފަސޭހަ، ގޭގައި ހުރި އެއްޗެހި ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ރެސިޕީއެއް.

އެންމެ ފުރަތަމަ ކިރުފޮދާއި، ފެން ތައްޓެއްގައި އެއްކޮށްލާށެވެ. އެއްވުމުން ހަކުރާއި ޔީސްޓް އެއްކޮށްލާފައި 5 މިނެޓުވަންދެން މަތި ޖަހާފައި ބަހަށްޓާށެވެ.

އެއަށްފަހު 5 ސައި ސަމުސާ ދިޔާ ކޮށްފައި ހުރި ބަޓަރު އަދި ބިސް އަޅާފައި އެއްކޮށްލާފައި ގަށާލާށެވެ. ދެން އެއްކޮށްލާނީ ލޮނާއި، ފުށެވެ. ފުށްގަނޑު 5 މިނެޓްވަންދެން ރަނގަޅަށް ގަށާލާށެވެ. ދެން ފުށްގަނޑު ވަށާލާފައި މަތިޖެހި ތައްޓެއްގެ ތެރޭގައި 2-1 ގަޑިއިރު ބަހައްޓާށެވެ.

1-2 ގަޑިއިރު ފަހުން ފުށްގަނޑު އިންނާނީ ސައިޒުން ޑަބަލް ވެފައެވެ. ދެން ފުށްގަނޑު ނަގައި، ދަމާލާފައި ގާނާފައިހުރި ޗީޒް އަދި ލޮނުމެދު އޭގެ މައްޗައް ބުރުވާލާފައި އޮޅާލާށެވެ.

ބޭނުމިއްޔާ ފުށްގަނޑު އެއްވަރުގެ ބޯޅަތަކަކަށް ކޮށާލާފައި މެދަށް ޗީޒް އަަޅާފައި ޓްރޭއެއްގައި އަތުރާލެވޭނެއެވެ. ފިހަން ލުމުގެ ކުރިން، މަތީގައި 1 ސައި ސަމުސާ ބަޓަރުގެ ތެރެޔަށް ޕާރސްލީ ފަތްކޮޅު އެއްކޮށްލާފައި ކާއްތާލާށެވެ.

މިފުށްގަނޑު ފިހެލާނީ 25-30 މިނެޓް ވަންދެން 170 ޑިގްރީސް ސެލްސިއަސްގައި އެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2020

ޕޮޓޭޓޯ ޗީޒް ބޯލްސް

29 އެޕްރީލު 2020
ޕޮޓޭޓޯ ޗީޒް ބޯލްސް
28 އެޕްރީލު 2020

ޓޫނާ ބްރެޑް ރޯލްސް

28 އެޕްރީލު 2020
ޓޫނާ ބްރެޑް ރޯލްސް
28 އެޕްރީލު 2020

ބްރެޑް ޕިއްޒާ ސޭންޑްވިޗް

28 އެޕްރީލު 2020
ބްރެޑް ޕިއްޒާ ސޭންޑްވިޗް
19 މެއި 2019

ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް

19 މެއި 2019
ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް
16 މެއި 2019

ބްރެޑް އެންޑް ބަޓަރ ޕުޑިންގ

16 މެއި 2019
ބްރެޑް އެންޑް ބަޓަރ ޕުޑިންގ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު