Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނ. އަތޮޅުގައި އީއޯސީ ގާއިމްކުރުން

ނ. އަތޮޅުގައި އީއޯސީ އެއް ޤާއިމްކުރަން ހުށަހެޅި ޤަރާރަށް އަތޮޅު ކައުންސިލުގެ ތާއީދެއް ނުލިބުނު

5 މެއި 2020 | އަންގާރަ 18:17

ޤަރާރު ހުށަހަޅާފައިވަނީ އަންގާރަ ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 5 މެއި 2020 | އަންގާރަ 18:17
ނ. މަނަދޫ

ނ. މަނަދޫ

ނ. އަތޮޅުގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމް ކުރުމަށް ހުށަހެޅި ޤަރާރު ފާސް ނުވާކަމަށް އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މި ޤާރާރު ހުށަހަޅުއްވާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު ވާސިފް އަހުމަދު އެވެ. އޭނާ ހުށަހެޅުއްވި ޤަރާރުގައި، ނ. އަތޮޅުގެ ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތުގައި އޮތްކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކާބޯތަކެއްޗާއި، ބޭހާއި ތެލާ މި ނޫންވެސް އެތަށް ޒަރޫރީ ތަކެއްޗެއް ރަށްތަކަށް ގެންދިއުމަށް ދަތިވެ، ވަޒީފާއިން އެތަށް ބަޔެއް ވަކިކޮށް، އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން މާލޭގައި ތާށިވެ، އިގުތިސާދީ ގޮތުން ކުރަމުން އައި މަސައްކަތްތައް ހުއްޓި ދިރިއުޅުން ދަތިވެފައިވާތީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކޮންމެސް މިންވަރެއްގެ ތަސައްލީއެއް ހޯދައިދިނުނުގެ ނިޔަތުގައި އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި، މި މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވަން ތައްޔާރަށް ތިއްބެވި ފަރާތްތައް އެކުލެވޭ ގޮތުން އަތޮޅު އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

މި ޤަރާރާއި ގުޅޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވާސިފް ވިދާޅުވީ ޤަރާރު ހުށަހެޅުއްވުމުގެ ކުރިން ނ. އަތޮޅުގެ ކައުންސިލް މެންބަރުންނާއި ނ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، މަނަދޫ ދާއިރާގެ މެންބަރު ހާރޫން ރަޝީދު އަދި ކެންދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހިމެނޭ ގޮތަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ޤަރާރު ހުށަހެޅުއްވީ ދާއިރާގެ މަޖިލިސް މެންބަރުންގެ ތާއީދާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ބޭއްވި ކައުންސިލްބައްދަލުވުމުގައި ވޯޓްގައި ބައިވެރި ގިނަ މެންބަރުންގެ ވޯޓް ނުފެންނަކަމަށް ދެއްވާފައިވާތީ އެ ޤަރާރު

ފާސްނުވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަލީ ޒާފިރު ނިންމަވާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

މި ޤަރާރާއި ގުޅޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކެނދުކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ މި ދަނޑިވަޅަކީ ނ. އަތޮޅުގެ ރައްޔިތުންނަށް ދަތި އުނދަގޫ ދަނޑިވަޅެއް ކަމަށާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ ސިއްޚީ އާލާތްތަކާއި ރައްޔިތުންނަށް ކާބޯތަކެތި ފަސޭހައިން ލިބިދޭނެ އިންތިޒާމް ހަމަޖެއްސުމާއި މާލެގައި ތާށިވެފައި ތިބި އަތޮޅުގެ ރައްޔިތުންނަށް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސުމާއި ވަޒީފާ ގެއްލިފައި ތިބި ދާއިރާގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދާއިރާގެ މެންބަރުންނާއި އަދި އަތޮޅުގައި ހިންގާ ރިސޯޓްތަކާއި އެހެނިހެންވެސް ވިޔަފާރިވެރިންނާއި ޖަމުއިއްޔާ ޖަމާޢަތްތަކުގެ އެހީ ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް އަތޮޅުގައި އިމަޖެންސީ ސެންޓަރެއް އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިލައްވާފައިވާ ހުރިހާ ބާރުތަކެއް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެ،ލްތަށް ދެއްވަވައިގެން ސަރުކާރުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ އީސަ ވިދާޅުވީ އަތޮޅު ކައުންސިލުންވެސް އެބޭފުޅުންނަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ނުހިއްޕަވާ ރައްޔިތިންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެ ޤަރާރު ފާސް ނުވުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަަމަށް އީސަ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް