Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްސަލް ކުޅުންތެރިންގެ ކަންބޮޑުވުންތައް

ސްކޯޕިއަންސް އިން ފުޓްސަލް ކުޅުންތެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުވަނީ

ކުޅުންތެރިން ދޭ ޚިޔާލު އެފްއޭއެމް އާއި ކުޅިވަރާ ބެހޭ ވުޒާރާ އަށް ހުށަހަޅާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 މެއި 2020 | އަންގާރަ 14:06
މިދިޔަ އަހަރު އޮތް ކްލަބު މޯލްޑިވްސް ކަޕްގެ ތެރެއިން

މިދިޔަ އަހަރު އޮތް ކްލަބު މޯލްޑިވްސް ކަޕްގެ ތެރެއިން

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޓްސަލް ކުޅުންތެރިންނާ މަޝްވަރާ ކުރުމަށް ސޮސައިޓީ އޮފް ރެކްރިއޭޓިވް ޕިއޮނާސް (ސްކޯޕިއަންސް) އިން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ފުޓްސަލް ގިނަ މުބާރާތްތަކެއް ހުއްޓިފައިވާއިރު، އެހެން އަހަރުތަކުގެ ރަމަޟާން މަހަކީ ފުޓްސަލް ގިނަ މުބާރާތްތަކެއް އޮންނަ މަހެކެވެ.

ސްކޯޕިއަންސްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އެ ޖަމިއްޔާއިން ހޯމަ ދުވަހުގެ ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުޓްސަލް ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކާ މެދު ކުޅުންތެރިންނާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށާއި، މި މަޝްވަރާ ބައްދަލުވުން ކުރިޔަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އަދި މި މަޝްވަރާ ބައްދަލުވުމުގައި ކުޅުންތެރިން ދޭ ޚިޔާލު ފުޓްބޯލް އެސޯސިއޭޝަން އޮފގް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާ އަށް ހުށަހަޅާނެ ކަމަށާއި އަދި ކުޅުންތެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

ސްކޯޕިއަންސްގެ ރައީސް އަބްދުﷲ މުޙުލިސް ވިދާޅުވީ ގިނަ ފުޓްސަލް ކުޅުންތެރިންނަކީ ފުޓްސަލް މުބާރާތްތައް ކުޅެގެން އާމްދަނީ ހޯދާ ކުޅުންތެރިންތަކެއް ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ކުޅުންތެރިން ތިބީ އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތި، ހާލުގައި ޖެހިފައި ކަމަށެވެ. އެހެން ކަމުން ސްކޯޕިއަންސްގެ ވިސްނުމަކީ މިކަން ސަރުކާރަށާއި އެފްއޭއެމްގެ ސަމާލުކަމަށް ގެނައުން ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށްވެސް ކޮށްފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ގިނަ ފުޓްސަލް މުބާރާތްތަކެއް ވަނީ ފަސްކޮށްފައެވެ. އެގޮތުން މާލޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް މިހާރު ވަނީ ޖުލައި މަހަށް ފަސްކޮށްފައެވެ. މީގެ އިތުރުންވެސް އަތޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތަކެއް ވަނީ ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި

09 އެޕްރީލު 2017
ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
05 އެޕްރީލު 2017

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
02 އެޕްރީލު 2017

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު