Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވުލްވްސް ކުޅުންތެރިން ތަމްރީންތައް ހެދުން

ވުލުވްސްގެ ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހަދަން ފުރުސަތު ދެނީ

ތަމްރީނުކުރާއިރު ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވާން ޖެހޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 މެއި 2020 | އަންގާރަ 11:01
ވުލްވްސް އިން މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ވުލްވްސް އިން މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ވުލްވްސްގެ ކުޅުންތެރިންނަށް އެކަނި، އެކުލަބުގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީނުތައް ހަދަން ފުރުސަތު ދޭން ނިންމައިފި އެވެ،

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ޕްރިމިއަރ ލީގު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވީ ނަމަވެސް، މީގެ ކުރިން ބައެއް ކްލަބުތަކުން ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހަދަން ފުރުސަތު ދީފައެވެ. ލީގު އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، ވުލްވްސް އިން ވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ ކުލަބުގެ ޓްރެއިނިންގ ސެންޓަރުގައި ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައެވެ.

ވުލްވްސް އިން ބުނީ ކުޅުންތެރިން ޓްރެއިނިން ސެންޓަރުގައި އުޅޭއިރު އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދަށް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރަން ޖެހޭނެ ކަމަށާއި، ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.

ވުލްވްސްގެ ކުޅުންތެރިންނަށް އެ ކުލަބުގެ ޓްރެއިނިން ސެންޓަރުގައި އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދޭން ނިންމިއިރު، މީގެ ކުރިން އާސެނަލާއި، ޓޮޓެންހަމް ހޮޓްސްޕަރ އަދި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ބްރައިޓަން އާއި ކްރިސްޓަލް ޕެލަސް އަދި ޝެފީލްޑް ޔުނައިޓެޑުގެ ކުޅުންތެރިން މި ހަފުތާގައި އެކަނި ތަމްރީނުތަކަށް ނުކުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މަރޗު މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހު އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޕްރިމިއަރ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

29 އެޕްރީލު 2017
އަސައްކޮގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް
26 އެޕްރީލު 2017

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
19 އެޕްރީލު 2017

އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

19 އެޕްރީލު 2017
އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
18 މާރިޗު 2017

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު