Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު އަލުން ފެށުން

ސްޕެނިޝް ލީގު ޖޫން މަހު ފަށަން މަސައްކަތް ކުރަނީ

5 މެއި 2020 | އަންގާރަ 11:02

ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ވަނީ ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 މެއި 2020 | އަންގާރަ 11:02
ސްޕެނިޝް ލީގުގައި ރެއާލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގު ޖޫން މަހު ފަށަން މަސައްކަތް ކުރަމުން އަންނައިރު، މި ހަފްތާގައި ކުޅުންތެރިން އެކަނި ތަމްރީނުތަކަށް ނުކުންނާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މީގެ ކުރިން ސްޕެއިންގެ ސަރުކާރުން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ. އެކަމަކު ލަލީގާ އިން ނިންމާފައި އޮތީ ތަމްރީނުތަކަށް ނުކުތުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަށެވެ. އެ އެންގުމާ އެއްގޮތަށް ގިނަ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެހެންކަމުން މި ހަފްތާގެ ތެރޭގައި ކުޅުންތެރިން އެކަނި ތަމްރީނުތަކަށް ނުކުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދިން ނަމަވެސް، ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ހުއްދަ ދޭނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާނެ ތާރީޚެއްވެސް ކަނޑައަޅާފައެއް ނުވެއެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ލާލީގާގެ ވިސްނުމަކީ މި މަހު 18 ވަނަ ދުވަހު ޓީމުތަކުގެ ހުރިހާ ކުޅުންތެރިން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ފަށައި، އަންނަ ޖޫން މަހު ލީގުގެ މެޗުތައް ފެށޭނެ ހާލަތަށް ދިއުމެވެ.

އެކަމަކު މީގެ ކުރިން ސްޕެއިންގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ސްޕެއިނުގެ ބައެއް މީޑިއާތަކުން ވަނީ އަވަހަށް ލީގު ފެށަން ސަރުކާރުން ދެކޮޅު ކަމަށް ރިޕޯޓުކޮށްފައެވެ.

އަވަހަށް ލީގު ފަށަން ސްޕެއިން ސަރުކާރު ދެކޮޅު ނަމަވެސް، ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަންގެ ވިސްނުން ހުރީ ފުޓްބޯޅަ ސީޒަން ފުރިހަމަކުރާށެވެ. އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެލްއެފްޕީ އިން ވަނީ ޔުއެފާ އަށް ދީފަ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް