Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑޯ އިޓަލީ އަށް ދިޔުން

ރޮނާލްޑޯ އެނބުރި އިޓަލީ އަށް

އިޓަލީގައި ރޮނާލްޑޯ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 5 މެއި 2020 | އަންގާރަ 09:39
ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ

އިޓާލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުންދާތީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވަރޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އިޓަލީގެ ޓިއުރިންއަށް ހިނގައްޖެއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ އިޓަލީގައި މީގެ ކުރިން ބޮޑުވި ނަމަވެސް، ފަހަކަށް އައިސް އެ ގައުމުގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

އެގޮތުން ދާދި ފަހުން އިޓަލީގެ ބޮޑުވަޒީރު ޖުސެއްޕޭ ކޮންޓޭ ވަނީ އިޓަލީ މިހާރު ތައްޔާރުވަމުން އަންނަނީ ފުރަބަންދަށް ލުއިތަކެއްދީ ފުޓުބޯޅަ އަލުން ފެށުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޅުންތެރިން އެކަނި ތަމްރީނު ކުރުމުގެ ހުއްދަ ދީފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބުތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެއަށްފަހު ސީޒަން ފުރިހަމަ ކުރެވޭނެ ހާލަތެއް އޮތްތޯ ބަލާނެ ކަމަށެވެ.

އެއާއެކު ޔުވެންޓަސް އިން ވަނީ އެޓީމުގެ ބޭރު ކުޅުންތެރިން އެނބުރި ޓިއުރިން އަށް އައުމަށް އަންގާފައެވެ. މީގެ ކުރިން ރޮނާލްޑޯ ޔުވެންޓަސް ޓީމާއެކު ކަރަންޓީނުވެފައެއް ނުވެއެވެ. ސަބަބަކީ އިޓަލީ ފުރަބންދުގެ ހާލަތަށް ދިޔައިރު ރޮނާލްޑޯ ހުރީ އޭނާގެ މަންމަ ބަލިވުމުން ޕޯޗުގަލްއަށް ގޮހެވެ.

ހޯމަ ދުވަހެއްގެ ވަގުތެއްގައި ރޮނާލްޑޯ އެބުރީ އިޓަލީގެ ޓިއުރިން އަށް ދިޔައިރު، އޭނާ 14 ދުވަސް ވަންދެން ކަރަންޓީނު ކުރާނެއެވެ. އެހެންކަމުން ޔުވެންޓަސް އިން ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ފަށާއިރު، ރޮނާލްޑޯ އަށް ބައިވެރިވެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓާލިއަން ލީގު މުއްދަތެއް ނެތްގޮތަށް މެދުކަނޑާލާފައިވާއިރު، މީގެ ކުރިން އިޓާލިއަން ލީގުގެ ހުރިހާ ކްލަބަކުން ވަނީ ލީގު ފުރިހަމަ ކުރަން ރުހުން ދީފައެވެ. އަދި ދާދި ފަހުން އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލް ގްރަވީނާ ވަނީ އެއްވެސް ހާލަތެއްގައި ލީގު ކެންސަލް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އިޓާލިއަން ލީގު އަލުން ފަށަން ހުރިހާ ކްލަބަކުން ރުހުން ދިންއިރު، މެއި މަހުގެ 27 އާއި ޖޫން މަހުގެ 2 އާ ދެމެދު އިޓާލިއަން ލީގުގެ ކުޅުން އަލުން ފަށަން މަސައްކަތް ކުރަމުން އަންނަކަމަށް މިޑިއާ ރިޕޯޓުތައް ބުނެއެވެ. އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، 8 ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ.

އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަރސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު