Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޮނީޓަރިން ހާލަތުގައިވާ ގޭގޭގެ ކުނި މެނޭޖްކުރުން

މޮނީޓަރިންގ ހާލަތުގައި ހުރި ތަންތަނުން މަގު މައްޗަށް ކުނި ނުނެރުމަށް އެދެން: ވެމްކޯ

5 މެއި 2020 | އަންގާރަ 06:32

ކަރަންޓީން އަދި މޮނީޓަރިން ހާލަތުގައި ގެނެސްފައިވާ ގޭތަކުން މަގުމައްޗަށް ކުނި ނެނެރުމަށް ވެމްކޯއިން އެދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 މެއި 2020 | އަންގާރަ 06:32
ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި

ކޮވިޑް-19 އާ ގުޅިގެން މާލެ ޞަރަޙައްދުގައި ކަރަންޓީން އަދި މޮނީޓަރިންގގެ ޙާލަތަށް ގެނެވޭ ގެތައް ނުވަތަ އެޕާޓްމަންޓްތަކުން ކުނި މަގުމަށްޗަށް ނުނެރުމަށާއި، އެތަންތަނުން ކުނި ނެގުމަށް ވެމްކޯގެ ޚާއްޞަ ޓީމެއް ދާނެކަމަށް ވެކްކޯއިން ބުނެފިއެވެ.

ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖްގައި ފޯނުން މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، ކަރަންޓީން އަދި މޮނީޓަރިންގ ހާލަތަށް ގެނެސްފައިވާ ބައެއް ގޭގެއިން ނުވަތަ އެޕާޓްމަންޓްތަކުން ބޭރަށް ކުނި ނެރެމުންދާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އެދިލައްވާ ކަމަށެވެ. އާދަމް މުހައްމަދު ވިދާޅުވީ މޮނީޓަރިން ހާލަތަށް ގެނެސްފައިވާ ގޭތަކުގެ ކުނި ބައެއް ފަހަރު "ޕޮލިސް ލައިން" ބޭރަށް ވެސް ނެރެފައި ހުންނަ ކަމަށެވެ.

Advertisement - newsAdvertisement

ވެމްކޯއިން މީގެކުރިން ތަކުރާރުކޮށް ބުނަމުން ދިޔައީ، ކަރަންޓީނު އަދި މޮނީޓަރިން ހާލަތަށް ގެނެވޭ ގޭތަކުން ކުނި މަގުމަށްޗަށް ނުނެރެ، ގޭގައި ނުވަތަ އެޕާޓްމަންޓްގައި ބެހެއްޓުމަށް އެދިފައެވެ.އަދި އެކުންފުނިގެ ޚާއްޞަ ޓީމަކުން އެ ގެއަކަށް ގޮސް ކުނި ނަގާނެ ކަމަށްވެސް މީގެކުރިން ދިޔައީ ބުނަމުން ނެވެ.

އާދަމް މުހައްމަދު ވިދާޅުވީ، މޮނީޓަރިން ހާލަތަށް ގިނަ ގެތަކެއް ގެނެވޭއިރު، ކުނިނެގުމުގައި ދަތިތަކެއް ހުރިނަމަވެސް ކޮންމެ ދުވަހަކު އެއްފަހަރު އެގެއަކުން ކުނި ނުނެގުނުނަމަވެސް ދެ ދުވަހުގެ ތެރޭގައި ކުނި ނެގެމުންދާނެ ކަމަށެވެ. އަދި ކުނި ނުނެގޭނަމަ، އެކަން ވެމްކޯއަށް ގުޅާލުމުން ކުނި ނެގުމުގެ މަސައްކަތް އެވަގުތުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އެހެންނަމެވެސް ކަރަންޓީން އަދި މޮނީޓަރިން ހާލަތަށް ގެނެވޭ އެއްވެސް ގެއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ، ވެމްކޯއިން ވަނީ ގޭގެގައި އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާ 2:00 އާ ދެމެދު ގޭގެ ތިރިއަށް ބޭލުމަށް އެދިފައެވެ. އަދި މަގުމަތީގައި ކުނި ބަހައްޓާއިރު، މަގުގައި ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތި ނުވާގޮތަށް މަގުމަތީގައި އެއްފަރާތުގައި ބެހެއްޓުމަށް ވެސް ވެމްކޯއިން އެދެފައިވެއެވެ.

ވެމްކޯ އިން ބުނެފައިވާގޮތުގައި، އެކުންފުނީގެ ކޯލް ސެންޓަރު (1666)ގެ ހިދުމަތް ހެނދުނު 10 ން ހަވީރު 4 އާ ހަމައަށް ލިބެމުންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް