Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓްވައިލައިޓް ސީރީޒްގެ މިޑްނައިޓް ސަން

"ޓްވައިލައިޓް" ސީރީޒްގެ ފަސްވަނަ ފޮތް ނެރެނީ: އެޑްވަރޑް ކަލެންގެ ނަޒަރުން "މިޑްނައިޓް ސަން"

ފޮތް ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮގަސްޓް މަހު 4 ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 4 މެއި 2020 | ހޯމަ 22:08
ޓްވައިލައިޓް ސާގާގެ ފަސް ވަނަ ފޮތް \"މިޑްނައިޓް ސަން\"

ޓްވައިލައިޓް ސާގާގެ ފަސް ވަނަ ފޮތް \"މިޑްނައިޓް ސަން\"

މަޝްހޫރު ވާހަކަ ސީރީޒްކަމަށްވާ "ޓްވައިލައިޓް" ސީރީޒްގެ އާ ފޮތެއް މި އަހަރު ރިލީޒްކުރުމަށް ނިންމައިފިއެވެ.

ސްޓެފަނީ މެޔަރޒްގެ މި ވެމްޕަޔަރ ސީރީޒްގެ ފަސްވަނަ ފޮތް "މިޑްނައިޓް ސަން" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ސެޓްފަނީ ބުނެފައިވަނީ ދުނިޔޭގެ މިވަގުތުގެ ހާލަތަށް ބަލާފައި ފޮތް ރިލީޒްކުރުން ލަސް ކުރަން ވިސްނިކަމަށެވެ. ނަމަވެސް ލަސް ނުކުރާން ނިންމީ މި ދުވަސް ކޮޅު މިދަފަ "ޑިސްޓްރެކްޝަން" އެއް އެންމެންވެސް ބޭނުންވާނެތީ ކަމަށެވެ.

މި ވެމްޕަޔަރ ސީރީޒްގެ ހަތަރު ފޮތެއް – ޓްވައިލައިޓް، ނިއު މޫން، އެކްލިޕްސް އަދި ބްރޭކިންގ ޑޯން - މިހާތަނަށް ރިލީޒްކޮށްފައިވާއިރު، އެންމެ ފަހު ފޮތް ނެރެފައިވަނީ 2008 ވަނަ އަހަރެވެ.

އަދި ހަމަ އެ އަހަރު ސްޓެފަނީ ވަނީ ފަސް ވަނަ ފޮތެއްގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ފޮތުގެ 12 ޗެޕްޓަރ ލީކްވުމާ ގުޅިގެން އޭނާ ވަނީ މަސައްކަތް ހުއްޓާލާފައެވެ.

"ޓްވައިލައިޓް" ސީރީޒްގެ ކުރީގެ ފޮތްތައް ލިޔެފައިވަނީ ބެލާ ތޯންގެ ނަޒަރުންނެވެ. މި ވާހަކަތަކަކީ ވެމްޕަޔަރ ސީރީޒްއެއް ނަމަވެސް ބެލާއަކީ އިންސާނެކެވެ. "މިޑްނައިޓް ސަން" ލިޔެފައިވަނީ ފޮތުގެ މައި ރޯލްކަމަށްވާ ވެމްޕަޔަރ، އެޑްވަރޑް ކަލެންގެ ނަޒަރުންނެވެ.

އެހެންކަމުން އޭނާއާއި ބެލާއާ ދިމާވާ ގޮތާއި ދެ މީހުންގެ ގުޅުން ބަދަހިވެގެންދާ ގޮތާއި ވެމްޕަޔަރ އަކާއި އިންސާނެއްގެ ލޯބީގައި ދިމާވާ ގޮންޖެހުންތައް އެޑްވާޑްގެ ނަޒަރުން ކިޔާލުމަށް ފޭނުންނަށް ފުރުސަތު ލިބިގެންދާނެއެވެ.

ޔަންގް އެޑަލްޓުންނަށް ޓާގެޓްކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ ފޮތް "ޓްވައިލައިޓް" ރިލީޒްކޮށްފައިވަނީ 2005 ވަނަ އަހަރެވެ. އަދި މި ފޮތަށް ބިނާކޮށް ތައްޔާރު ކުރި ފުރަތަމަ ފިލްމް 2008 ވަނަ އަހަރު ރިލީޒްކޮށްފައިވާއިރު، މި ހަތަރު ފޮތަށް މުޅިއަކު ފަސް ފިލްމް ނެރެފައިވެއެވެ. ފޮތްތަކުގެ ނަން ފިލްމްތަކަށް ވެސް ދީފައިވާއިރު، ފަހު ފޮތް "ބްރޭކިންގ ޑޯން"ގެ ފިލްމް ތައްޔާރުކޮށްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

މި ފޮތްތަކާއި ފިލްމްތަކުގެ ބޮޑު ފޭންބޭސްއެއް އޮންނައިރު، "ދަ ޓްވައިލައިޓް ސާގާ"ގެ ފިލްމްތައް ބޮކްސް އޮފީހުގައި ވެސް ވަރަށް ކާމިޔާބެވެ.

"ޓްވައިލައިޓް"ގެ ފޮތްތަކަށް ގިނަ އިނާމް ލިބިފައިވާއިރު، ނޮވެމްބަރ 2011 އާ ހަމައަށް އޭގެ 120 މިލިއަން ކޮޕީވަނީ ވިކިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޯންގެ "ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޮޚްރާން" ނެރެނީ ޑިސެންބަރު މަހުގައި

ޖޯންގެ "ޕަރްމާނޫ: ދަ ސްޓޯރީ އޮފް ޕޮޚްރާން" ނެރެނީ ޑިސެންބަރު މަހުގައި

23 އޯގަސްޓު 2017
ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ

ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ

06 އޯގަސްޓު 2017
ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

21 ޖޫން 2017
ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

24 މެއި 2017
"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

22 މެއި 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު