Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން

ރާއްޖޭގައި ތިބި އިންޑިއާގެ 700 މިހަކު އަނބުރާ ޤައުމަށް ގެންދަނީ

ރާއްޖޭގައި އުޅެމުންދާ އިންޑިއާ ރައްޔިތުންނާ އެކަމުގެ މުއާމަލާތްތައް ދަނީ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މެއި 2020 | ހޯމަ 17:20
ފުރަތަމަ ބުރުގައި 700 މީހުންނަށް ޖާގަ ލިބިގެންދާނެކަމަށް ކޮމިޝަނުން ބުނޭ

ފުރަތަމަ ބުރުގައި 700 މީހުންނަށް ޖާގަ ލިބިގެންދާނެކަމަށް ކޮމިޝަނުން ބުނޭ

އަވައްޓެރި އިންޑިއާ ރައްޔިތުންގެ ތެރެއިން ރާއްޖޭގައި މިވަގުތު ތާށިވެފައި ތިބި މީހުން ބަލައި އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ބޯޓެއް އައުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުގެ އޮފީހުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ އެ ޤައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ދަށުން ފުރަތަމަ ދަތުރު 8 މޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 8 މޭގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޯޓެއް ރާއްޖެ އައުމަށް ތާވަލުކޮށްފައިވާއިރު، ފުރަތަމަ ބުރުގައި 700 މީހުންނަށް ޖާގަ ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

އެ ކޮމިޝަނުން ބުނީ، ރާއްޖޭގައި އުޅެމުންދާ އިންޑިއާ ރައްޔިތުންނާ އެކަމުގެ މުއާމަލާތްތައް މިހާރު ކުރެވެމުންދާ ކަމަށާއި، ޚާއްސަކޮށް ޒަރޫރީ ސަބަބުތަކަށްޓަކައި ޤައުމަށް އެނބުރި ދާން ޖެހޭ މީހުންގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.

އެގޮތުން ބޭސްފަރުވާއާއި، ވިހެއުމާއި، ފަތުރުވެރިންގެ ތެރެއިން ތާށިވެފައި ތިބި މީހުންނާއި، ވަޒީފާ ގެއްލިފައިވާ މަސައްކަތު މީހުންގެ މައުލޫމާތު ކޮމިޝަނުން ދަނީ އެއްކުރަމުންނެވެ.

އިންޑިއާ ސަރުކާރުން ދަނީ ކޮވިޑް-19 އާ ގުޅިގެން އެކި ޤައުމުތަކުގައި ތާށިވެފައި ތިބި އެ ޤައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު