Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްސީއެސް އިން އަޅާފައިވާ ފިޔަވަޅުތައް

މުވައްޒަފުންނާއި ގައިދީންގެ ސަލާމަތަށް ކަރެކްޝަނުން ފިޔަވަޅުތަކެއް އަޅައިފި

ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް އަދަބު ލުއިކޮށްދީފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 4 މެއި 2020 | ހޯމަ 11:51
އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން

އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކާއި އެ ސަރވިސްގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު, ކަރެކްޝަންސް އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ކަރެކްޝަނަލް ސަރވިސް އިން ވަނީ މިކަމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލާފަ އެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި އެއްގޮތަށް އެސްއޯޕީތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައިސުލްޖުމްހޫރިއްޔާ ވަނީ އަދަބު ލުއިކޮށްދެއްވުމަށް ނިންމަވާފަ އެވެ. މިގޮތަށް ނިންމެވީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ތިބި 25 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލެނު ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ ކޮންމެ ދުވަހަކުވެސް ކޮވިޑް-19ގެ އަލާމާތްތަކަށް ބެލުމުގެ ދަށުގައި ތިބި ފަރާތްތައް ސްކްރީން ކުރާ ކަމަށެވެ. އަދި އެއްވެސް އަލާމާތެއް ހުރި ކަމަށް ފާހަގަވެއްޖެނަމަ، ވަގުތުން އެކަހެރިކޮށް، ސިއްހީ ފަރުވާދެވޭ ކަމަށެވެ. ކަރެކްޝަންސް ގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ އިތުރުން، ޖަލުގެ މުވައްޒަފުންވެސް ސްކްރީން ކުރެވޭ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއް އެ ވައިރަހަށް ޕޮޒިޓިވްވެއްޖެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ޖަލުގައި ސިއްހީ ފަރުވާ ފޯރުކޮށްދޭން ތިބި ފަރާތްތަކަށް ތަމްރީން ދެވިފައިވާ ކަމަށް ވެސް އެ ސަރވިސް އިން ބުންޏެވެ.

އަދި މުވައްޒަފުންނަށް އެ ފަރާތްތަކަށް މާސްކާއި އަންގީގެ އިތުރުން، ސައިބޯނި ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލުގެ އޮފިސަރުން މިއަދު އެ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ އިތުރުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ޢާއިލާ ތަކުގެ ފަރާތުން ޖަލުތަކުގައި ތިބި ޤައިދީންނަށާއި ބަންދުމީހުންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ވެސް ކަރެކްޝަންސް އިން ވަނީ ހަމަޖައްސާފަ އެވެ. އަދި ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމުވެސް ހަމަޖައްސައިީފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ

ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ގާސިމަށް ކުރި ހުކުމުގެ އެއްބައި: ޖޭޕީ

26 އޯގަސްޓު 2017
ކްރިމިނަލް ކޯޓުގެ ޙުކުމަށް ފަހު ކަރެކްޝަނުން ގާސިމްއާ ހަވާލުވެއްޖެ

ކްރިމިނަލް ކޯޓުގެ ޙުކުމަށް ފަހު ކަރެކްޝަނުން ގާސިމްއާ ހަވާލުވެއްޖެ

25 އޯގަސްޓު 2017
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ނުފޮނުވުމަށް ބްރޮޑްކޮމް އިން އިލްތިމާސްކޮށްފި

ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ނުފޮނުވުމަށް ބްރޮޑްކޮމް އިން އިލްތިމާސްކޮށްފި

24 އޯގަސްޓު 2017
ކުރީގެ މެމްބަރު ނާޒިމް ހޯދައިދިނުމަށް ކަރެކްޝަނުން ފުލުހުންގެ އިދާރާގައި އެދެފި

ކުރީގެ މެމްބަރު ނާޒިމް ހޯދައިދިނުމަށް ކަރެކްޝަނުން ފުލުހުންގެ އިދާރާގައި އެދެފި

20 ޖޫން 2017
ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!

ބިދޭސީ ނަރުހަކަށް ޓީބީ ޖެހި ވާދޫ ހެލްތް ސެންޓަރުގެ މުވައްޒަފުންނާއި ރައްޔިތުން ޓެސްޓް ކުރަނީ!

18 ޖޫން 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު