Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 އާގުޅޭ 5 މައްސަލައެއް އޭސީސީ ބަލަނީ

ވެންޓިލޭޓަރުތަކާއި ބޭރުގައި ތިބި ދިވެހިން ގެނައުމުގައި ކޮރަޕްޝަން ހިންގިކަމަށްބުނާ މައްސަލަ ތަހުގީގު ކުރަނީ

4 މެއި 2020 | ހޯމަ 08:44

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމުލުކޮށްފައިވާކަން ފާހަގަވެގެން އެމައްސަލަ އޭސީސީން ބަލަމުންދޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 މެއި 2020 | ހޯމަ 08:44
އޭސީސީއަށް މެމްބަރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ރައީސުލްޖުމްހޫރިއްޔާ އަދި އޭސީސީގެ މިހާރުގެ މެމްބަރުން (ފައިލް ފޮޓޯ)

އޭސީސީއަށް މެމްބަރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ރައީސުލްޖުމްހޫރިއްޔާ އަދި އޭސީސީގެ މިހާރުގެ މެމްބަރުން (ފައިލް ފޮޓޯ)

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި މިހާރު ރާއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތާގުޅޭ، 5 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ކޮވިޑް-19 އާގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ ކަންތައްތަކާ ގުޅިގެން އެކޮމިޝަނުން 5 މައްސަލައެއް ބަލަމުންދާ ކަމަށާއި، އޭގެ ތެރެއިން ދެމައްސަލަ އަމިއްލަ ފަރާތަކުން ހުށަހެޅިއިރު، އަނެއް ތިން މައްސަލައަކީ އެކޮމިޝަނަށް ފާހަގަކުރެވިގެން ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އަމިއްލަ ފަރާތްތަކުން ހުށަހެޅި ދެ ޝަކުވާތަކުގެ މައްސަލައިގެ ތަފުޞީލު ޝިއުނާ ހާމަނުކުރެއްވިނަމަވެސް، އޭސީސީއަށް ފާހަގަކުރެވިގެން ބަލަމުންދާ ތިން މައްސަލައިގެ ތަފުޞީލު ޝިއުނާ ވިދާޅުވެ ދެއްވިއެވެ.

އޭގެ ތެރެއިން އެއްމައްސަލައަކީ، ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުތަކާއި ގުޅޭ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން ޢަމަލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ. މިމައްސަލާގައި ޝިއުނާ ވިދާޅުވީ، ވެންޓިލޭޓަރުތައް ގަތުމަށް ބަޔަކާ ޙަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަަމަށް ބުނާ މައްސަލައެއް ތަޙުޤީޤު ކުރިޔަށްދާ ކަމަށެވެ. އަދި ކޮވިޑް-19 އާގުޅިގެން ހޯދަންޖެހޭ ބައެއްތަކެތި ގަތުމުގައި، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ތަކެތި ގަތުމާއި ޚިދުމަތްދިނުމަށް ޕްރޮކިއުމެންޓްގެ އުޞޫލާ ޚިލާފަށް ކަންތައްތަކެއް ކުރަމުންގެންދާ މައްސަލަ އެއްވެސް ހިމެނޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އޭސީސީން ތިން ވަނަ މައްސަލައެއްގެ ގޮތުގައި ބަލަމުންދަނީ ކޮވިޑް-19 ގެ މިޙާލަތުގައި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން މޯލްޑިވިއަނުން ރާއްޖެ ގެނައުމުގައި، އިސްކަންދޭ ފަރާތްތައް ކަނޑައަޅާއިރު ދައުލަތުގެ އިސްވެރިންގެ ނުފޫޒު ބޭނުންކޮށްގެން އެފަދަ ފަރާތްތަކުގެ ޢާއިލާތަކާއި ރައްޓެހިންނާއި ގުޅުން އޮންނަ ފަރާތްތަކަށް އިސްކަންދީފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، ފުރަބަންދުގެ މިޙާލަތުގައި، އޮފީސްތައް ބަންދުކޮށްފައިވާތީ، މިމައްސަލަތައް ތަޙުޤީޤު ކުރުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ހޯދުމާއި ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލު ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލަތައް ތަޙުޤީޤު ކުރުމުގައި ލަސްތަކެއް ވަމުންދާކަމަށް ޝިއުނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސުވާލު އުފައްދަވާފައިވާއިރު، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެންޓިލޭޓަރުކާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ތަފާތުގޮތްގޮތަށް ވާހަކަ ދައްކަވާފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް