Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ 1441

ޕެންޑަން ޝިފޯން ކޭކް ވިތް ކޮކޮނަޓް ގްލޭޒް

ޕެންޑަން ކޭކު ކަމުދަންޔާ މި ރެސިޕީ ޓްރައި ކޮށްލާ

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 4 މެއި 2020 | ހޯމަ 07:51
ޕެންޑަން ޝިފޯން ކޭކް ވިތް ކޮކޮނަޓް ގްލޭޒް

ޕެންޑަން ޝިފޯން ކޭކް ވިތް ކޮކޮނަޓް ގްލޭޒް

މިފަހަކަށް އައިސް ދިވެހިން ދަނީ ފޮނިއެއްޗެހި ތައްޔާރު ކުރުމަށް ބައިވަރު ރެސިޕީތަކުގައި ރާނބާފަތް ބޭނުންކުރަމުންނެވެ. ޕެންޑަން ކޭކަކީ ވަރަށް ގިނަ ބައެއްގެ ފޭވަރިޓެކެވެ.

ފުރަތަމަ ރާނބާފަތް ޖޫސް ކުރުމަށް ފަތްކޮޅު ކޮށާލާފައި ފެންފޮދާއެކު މިކްސަރެއްގައި ގިރާލާށެވެ (ޕޭސްޓަކަށް ވަންދެން). ދެން ފުރޭންޔެއް ބޭނުންކޮށްގެން ދިޔަ ފެލާށެވެ.

ކޭކު އެޅުމަށް ބިހުގެ ގޮބޮޅި، 20 ގުރާމް ހަކުރު އަދި ތެޔޮ ގަށާލާފައި ކާށިކިރު އެއްކޮށްލާށެވެ. އެއްވުމުން ރާނބާފަތުގެ ދިޔަ އެއްކޮށްލާފައި ގަށާލާށެވެ. ވަކި ތައްޓެއްގައި ފުށް، ލޮނު އަދި ޕައުޑަރ އެއްކޮށްލާފައި ދެން ހުރި ކޭކު ފުށްގަނޑުތެރެޔަށް ވިސްކް ކުރަމުންދާށެވެ.

ދެން ބިހުގެ ހުދު ބަޔާއި 60 ގުރާމް ހަކުރު ވަކި ތައްޓެއްގައި މިސްކްކުރާށެވެ. ރަނގަޅަށް މިކްސްވުމުން ހުންނާނީ ވިޕްކްރީމް ހުންނަގޮތަށެވެ.

މި މިކްސް ކޭކު ފުށްގަނޑު ތެރެޔަށް މަދުމަދުން، ވަރަށް ބަލައިގެން މިކްސް ކުރަމުން ދާށެވެ (އެހާ ގަދަޔަކަށް ނޫން). އެއްކޮށް މިކްސްވުމުން 165 ޑިގްރީ ސެލްސިއަސްގައި 50 މިނެޓްވަންދެން ފިހެލާށެވެ. މި ކޭކު ފުށްގަނޑު އަޅާނީ މަދު ތެޔޮކޮޅަކުން ގްރީސް ކޮށްފައި ހުރި ޓްރޭއަކަށެވެ.

ކޭކު ފިހެވޭ ގަޑީގައި ގްލޭޒް ތައްޔާރުކޮށްލުމަށް ކާށިކިރު، ކާށި އެސެންސް އަދި އައިސިންގ ހަކުރު އެއްތައްޓެއްގައި ވިސްކްކޮށްލާށެވެ. ކޭކު ފިހެވި، ފިނިވުމުން ޓްރޭއިން ނަގައި، މައްޗަށް ގްލޭޒް އަޅާފައި ފިނިކޮށްލަން ބަހައްޓާށެވެ.

އިތުރަށް ކިޔާލަން

08 މެއި 2020

އީޒީ ޗޮކްލެޓް ލާވާ ކޭކް

08 މެއި 2020
އީޒީ ޗޮކްލެޓް ލާވާ ކޭކް
06 މެއި 2020

ޔޯގަޓް ޗީޒް ކޭކް

06 މެއި 2020
ޔޯގަޓް ޗީޒް ކޭކް
04 މެއި 2020

އޯރިއޯ ކޭކް

04 މެއި 2020
އޯރިއޯ ކޭކް
29 އެޕްރީލު 2020

ޗޮކްލެޓް ފަޖް ކޭކް

29 އެޕްރީލު 2020
ޗޮކްލެޓް ފަޖް ކޭކް
24 މެއި 2019

ޗިކަން ޕާމެޝަން ވިތް ޕާސްތާ

24 މެއި 2019
ޗިކަން ޕާމެޝަން ވިތް ޕާސްތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު