Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19، އެމެރިކާ

ޓްރަމްޕަށް ވައިރަހެއް އުޅޭކަން އެނގިވަޑައިގެންނެވީ އެމެރިކާގައި ފެތުރެންފެށި ފަހުންތަ؟

އޭގެ ތިން ދުވަސް ކުރިން އެމެރިކާއިން ފުރަތަމަ ކޭސް ރިޕޯޓު ކުރި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 4 މެއި 2020 | ހޯމަ 03:18
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ވާހަކަ އެނގިވަޑައިގެންނެވީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އާދީއްތަ ދުވަހު ބޭރުގެ މީޑިއާއެއް ކަމަށްވާ ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ އޭރު އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީ ހިނގަމުންދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އަދި އިންޓެލިޖެންސް އޭޖެންސީތަކުން ހޯމަ ދުވަހު އެކަމާއި ގުޅިގެން ސްޓޭޓްމެންޓެއް ނެރޭނެ ކަމަށެވެ.

ޖެނުއަރީ 23 ވަނަ ދުވަހު އެމަނިކުފާނަށް ވައިރަހެއް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް އެނގިވަޑައިގެންނެވި ނަމަވެސް، އޭގެ ތިން ދުވަސް ކުރިން އެމެރިކާއިން ވަނީ އެޤައުމުގެ އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސް ރިޕޯޓުކޮށްފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އެމެރިކާގެ ސެކެޓްރީ އޮފް ހެލްތު އެންޑް ހިއުމަން ސަރވިސަސް އެލެކްސް، އަޒާރު ވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ކޮވިޑް-19ގެ ބިރު އެމެރިކާއަށް އޮތް ކަމަށް ވިދާޅުވެ، ޓްރަމްޕަށް ފޯނުން ގުޅުއްވާ މަޢުލޫމާތު ދެއްވާފައެވެ.

ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި ރައީސް ޓްރަމްޕަށް އާދައިގެ މަތިން ލިބިވަޑައިގަންނަވާ "އިންޓެލިޖެންސް ބްރީފިންގް" ގައި އެމެރިކާއަށް މި ވައިރަހުގެ ބިރު އޮތްކަމުގެ މަޢުލޫމާތު ޤަވާއިދުން އަރުވައެވެ. އެގޮތުން ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު މި މައުލޫމާތު އެ ބްރީފިންގައި ހުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ޓްރަމްޕްއަށް އޭރު މި މަޢުލޫމާތު އެނގިވަޑައިނުގެންނެވީ އިންޓެލިޖެންސް ބްރީފިންގްގައި ވިދާޅުވެފައި ނުވުމަކީވެސް އެކަށިގެންވާ ކަމެކެވެ.

އެމެރިކާއަކީ މިހާތަނަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވާ ޤައުމެވެ. އެގޮތުން، މިހާތަނަށް 1,188,122 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި މި ބަލި ޖެހިގެން އެމެރިކާގައި ވަނީ 68,598 މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި

ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި

07 ޖޫން 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު