Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 މަނަދޫގެ ހާލަތު

މަނަދޫގައި ހުންނަ ނ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރަމުންދާ 17 ސްޓާފަކު އައިސޮލޭޝަންގައި

3 މެއި 2020 | އާދީއްތަ 19:00

އަންހެން މީހާއާއި ކްލޯޒް ކޮންޓެކްޓްވި 4 މީހެއްގެ ސާމްޕަލް ނެގެޓިވް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 މެއި 2020 | އާދީއްތަ 19:00
މަނަދޫގައި ހުންނަ ނ އަތޮޅު ހޮސްޕިޓަލް

މަނަދޫގައި ހުންނަ ނ އަތޮޅު ހޮސްޕިޓަލް

ނ. މަނަދޫގެ އަންހެނަކު މާލެ އައުމަށްފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިޔަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގ ގެ ތެރެއިން ފާހަގަކުރެވުނު މީހުން އައިސޮލޭޓްކޮށްފައިވާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ނ މަނަދޫގެ 80 އަހަރުގެ މީހަކު ޕޮޒިޓިވްވި ކަން އެނގުނީ މިމަހުގެ 1 ވަނަ ދުވަހު އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ބަލި މީހާގެ ހާލު ބޮޑުވެގެން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލެ ގެނެސް ހުން ހުރުމުން އައިޖީއެމްއެޗުން އެ އަންހެން މީހާ ޓެސްޓް ކުރުމުންނެވެ. މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ޑރ އިބްރާހީމް އަފްޒަލް ވިދާޅުވީ އެމީހާއަކީ ކޮވިޑް-19އަށް ޝައްކު ކުރެވިގެން ފަރުވާދިން ބަލިމީހެއް ނޫންކަމަށެވެ.

Advertisement - newsAdvertisement

މިއަންހެން މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 15 މީހަކު އައިސޮލޭޓް ކޮށްފައިވަނީ ސިއްހީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ނ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާޢީލް ޝަފީގް ވިދާޅުވީ މިހާތަނަށް އައިއިރު ހޮސްޕިޓަލްގެ 17 ސްޓާފަކު އައިސޮލޭޝަންގައި އެބަތިބި ކަމަށެވެ.

މީގެއިތުރުން ޕޮޒިޓިވްވި އަންހެން މީހާއާއި ކްލޯޒް ކޮންޓެކްޓްވި 4 މީހެއްގެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ޝަފީގް ވިދާޅުވި އެވެ.

އިސްމާޢީލް ޝަފީގް ވިދާޅުވީ ހޮސްޕިޓަލްގެ ގިނަ ސްޓާފުންތަކެއް އައިސޮލޭޝަނަށް ދާންޖެހުމާއި ގުޅިގެން ހޮސްޕިޓަލުން މިހާރު ޚިދުމަތް ދެމުންގެންދާނީ 8 ގަޑިއިރު ކަމަށެވެ. ނ އަތޮޅު ހޮސްޕިޓަލަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލެކެވެ. ނަމަވެސް މިކަމާއި ގުޅިގެން ހޮސްޕިޓަލް ހުޅުވައިގެން ދެން ޚިދުމަތް ދެމުންގެންދާނީ ހެނދުނު 8 ން މެންދުރު 2 ށް ކަމަށް އިސްމާޢީލް ޝަފީގް ވިދާޅުވިއެވެ. އަދި އެހެން ގަޑިތަކުގައި އޮންކޯލްގައި ސްޓާފުން ތިބޭނެކަމަށް އިސްމާޢީލް ޝަފީގް ވިދާޅުވި އެވެ.

ސްޓާފުންގެ ދަތިކަން ވަކިން ޚާއްސަކޮށް ނަރުހުންގެ ދަތިކަން ދިމާވުމާއެކު ކައިރި ރަށްތަކުންވެސް އެހީތެރިކަން ފޯރުކޮށްދޭކަމަށް ޝަފީގް ވިދާޅުވި އެވެ. އެގޮތުން ޅ އަތޮޅުން ދެ ނަރުހަކު މިހާރު އައިސްފައިވާކަމަށާއި އެހެން ކަމުން ޖުމްލަ މިހާރު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާނީ 7 ނަރުހުން ކަމަށް އިސްމާޢީލް ޝަފީގް ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކަށް ބުރުއެރުމެއް ނެތި ދެމުން ގެންދާނެކަމަށްވެސް އިސްމާޢީލް ޝަފީގް ވިދާޅުވި އެވެ.

މަނަދޫގެ 80 އަހަރުގެ އަންހެން މީހާ ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ރާއްޖެ ޓީވީން ގެންނަމުން އަންނަ ކޮވިޑް-19 ގެ ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި ގޭގެއަށް ތަކެތި ޑެލިވަރީ ކުރުމާއި ކުނި އުކާލުންފަދަ ކަންކަމުގެ އިންތިޒާމުތައް ރަށުގެ ޓާސްކް ފޯހުގެ ފަރާތުން ހަމަޖައްސާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް