Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

އިންޑިޔާގެ ހުރިހާ މަސައްކަތްތެރިން ކޮރޯނާވައިރަސް ޓްރޭސިން އެޕްލިކޭޝަން ފޯނަށް އެޅުމަށް އެގައުމުގެ ސަރުކާރުން އެދިއްޖެ

2 މެއި 2020 | ހޮނިހިރު 23:45

ބްލޫ ޓޫތް އާއި ޖީޕީއެސް މެދުވެރިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން މި އެޕްލިކޭޝަން މެދުވެރިކޮށް ދެނެގަނެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މެއި 2020 | ހޮނިހިރު 23:45
އުއްތަރަ ޕްރަދޭޝްގެ ކޯލް ސެންޓަރުގައި މުވައްޒަފުންތަކެއް މަސައްކަތްކުރަނީ

އުއްތަރަ ޕްރަދޭޝްގެ ކޯލް ސެންޓަރުގައި މުވައްޒަފުންތަކެއް މަސައްކަތްކުރަނީ

އިންޑިޔާގެ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ގައި މަސައްކަތްކުރާ ހުރިހާ އެންމެންވެސް އެމީހުންގެ ފޯނުތަކަށް ކޮރޯނާވައިރަސް ޓްރޭސިންގ އެޕްލިކޭޝަން އެޅުމަށް އެގައުމުގެ ސަރުކާރުން އެދިއްޖެ އެވެ.

މި އެޕްލިކޭޝަން ފޯނަށް އެޅުމާއެކު އޮފީސްތަކުގައި އުޅޭއިރުވެސް އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށް އެގައުމުގެ ސަރުކާރުން ވަނީ އެދިފަ އެވެ. އިންޑިޔާގެ ސަރުކާރުން މިގޮތަށް އެދިފައިވަނީ ލޮކްޑައުންގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވާތީ އެވެ. އެގޮތުން ވައިރަސް ޖެހޭ މީހުންގެ އަދަދު މަދު ހިސާބުތަކުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭނެކަމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފަ އެވެ.

ހުކުރު ދުވަހު އެގައުމުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ އިންޑިޔާ ލޮކްޑައުން ކޮށްފައި އޮތްއޮތުން އިތުރު ދެ ހަފްތާއަށް އިތުރުކުރާ ކަމަށާއި ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ހިސާބުތަކަށް ލުއިތަކެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ޗައިނާ ނެގުމަށްފަހު އިންޑިޔާއަކީ ދުނިޔޭގައި މިވަގުތު އެންމެ އާބާދީ ބޮޑު ގައުމެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިޔާގައި މިދިޔަ އޭޕްރީލް މަހު ވަނީ އަރޯގްޔާ ސެތޫ ކިޔާ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފަ އެވެ. ބްލޫ ޓޫތް އާއި ޖީޕީއެސް މެދުވެރިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން މި އެޕްލިކޭޝަން މެދުވެރިކޮށް ދެނެގަނެވޭނެ އެވެ.

އެގައުމުގެ ހޯމް އެފެއަރޒް މިނިސްޓްރީން ބުނެފައިވަނީ އަރޯގްޔާ ސެތޫ އެޕްލިކޭޝަން އެގައުމުގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ ފޯނަށް އެޅުމަކީ މަޖުބޫރުކަމެއް ކަމަށެވެ. އަދި މިކަން ކުންފުނިތަކުގެ މުވައްޒަފުން ކުރޭތޯ ކުންފުނިތަކުގެ އިސްވެރިން ބަލަންޖެހޭނެ ކަމަށާއި ހުރިހާ މުވައްޒަފުންގެ ފޯނަށް އެޕްލިކޭޝަން އެޅުވުމަކީ ކުންފުނިތަކުގެ އިސްވެރިންގެ ޒިންމާއެއް ކަމަށް ހޯމް އެފެއަރޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރޮއިޓަރސް އާ ވާހަކަދެއްކި ޓެކްނޮލޮޖީ މިނިސްޓްރީގެ އޮފިޝަލުންނާއި އަދި އެޕްލިކޭޝަންގެ ޕްރައިވެސީ ޕޮލިސީގެ ކަންކަން އެކުލަވާލި ލޯޔަރ ބުނެފއިވަނީ މިއެޕްލިކޭޝަން 1.3 ބިލިއަން މީހުންގެ އާބާދީއެއްގައި ނަމަ 200 މިލިއަން މީހުންގެ ފޯނަށް އަޅަންޖެހޭނެ ކަމަށެވެ. އެހެންނޫން ކަމަށްވާނަމަ މިއެޕްލިކޭޝަންގެ އެދެވޭ ނަތީޖާއެއް ނުނުކުންނާނެ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

އެގައުމުގެ ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފައިވަނީ 83 މިލިއަން ފަހަރު މި އެޕްލިކޭޝަން ޑައުންލޯޑް ކޮށްފައިވާ ކަމަށެވެ. އެގައުމުގައި ސްމާޓް ފޯން ބޭނުންކުރާ އާބާދީއަކީ 500 މިލިއަން މީހުންނެވެ. އެހެންނަމަވެސް މި އެޕްލިކޭޝަން ފޯނުތަކަށް ޑައުންލޯޑްކުރުމަށް މަޖުބޫރު ކުރުމާއެކު މީހުންގެ ޒާތީ މައުލޫމާތު ހާމަވަމުންދިޔުމުގެ ފުރުސަތު އޮންނާތީ އެކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. އަދި މިއެޕްލިކޭޝަން މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ބޭނުންކުރެވޭނެ ގޮތްތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ޤާނޫނަކުން އެރައްކާތެރިކަން ލިބޭގޮތްތަކާމެދު އެފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިއެޕްލިކޭޝަން މެދުވެރިކޮށް ލިބޭ މައުލޫމާތުތައް ރައްކާތެރިކުރެވޭނެ ގޮތްތަކާއި އެމައުލޫމާތުތައް ބޭނުންކުރާ ގޮތް ބެލޭނެ އިންތިޒާމުތަކެއް ހުންނަންޖެހޭނެ ކަމަށް އެކަމަށް ވަކާލާތު ކުރާ މީހުން ބުނެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެއްވެސް މީހެއްގެ ޒާތީ ކަންކަމަށް މިއެޕްލިކޭޝަންގެ ސަބަބުން ހުރަސްތަކެއް ނާޅާނެކަމަށާއި މައުލޫމާތު އެއްކުރަމުންދާނީ އެއީ ކާކުކަން ނޭންގޭ ގޮތަށްކަމަށެވެ.

މިއެޕްލިކޭޝަން މެދުވެރިކޮށް އެންމެ ގިނައިން ވައިރަސް ފެތުރޭ ހިސާބުތައް ދެނެގަތުމުގެ އިތުރުން މީހުން މިކަމުން ރައްކާތެރިކުރުމަށްޓަކައި ފިޔަވަޅު އެޅުމަށްވެސް ފަސޭހަތަކެއް ވެގެންދާނެ އެވެ. އެހެންނަަމަވެސް މިކަމަށް ފާޑުކިޔާ މީހުން ބުނާގޮތުގައި އިންޑިޔާގެ 400 މިލިއަން މީހުންނަކީ ސްމާޓް ފޯން ބޭނުންކުރާ މީހުންނެއް ނޫނެވެ. އެހެންކަމުން އެމީހުންގެ މައުލޫމާތުތައް މި އެޕްލިކޭޝަން މެދުވެރިކޮށް ނުބެލޭނެއެވެ.

އިންޑިޔާއިން ބައެއް ފެކްޓްރީތަކާއި ކޮމްޕެނީތައް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާއިރު އެތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.

އިންޑިޔާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ތިރީސް ހަތްހާހަށް ވުރެ މައްޗަށް އަރާއިރު މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް އަރައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2020

އިންޑިޔާގެ ރަށްވެހިކަމުގެ ޤާނޫނާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާކޮށްފި

27 ޖެނުއަރީ 2020
އިންޑިޔާގެ ރަށްވެހިކަމުގެ ޤާނޫނާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާކޮށްފި
27 ޖެނުއަރީ 2020

ކޮރޯނާވައިރަސްގެ ސަބަބުން ޝަންހާއީގައި ހުރި ކުންފުނިތައް ފެބްރުއަރީ 9 ގެ ކުރިން ނުހުޅެވޭނެ

27 ޖެނުއަރީ 2020
ކޮރޯނާވައިރަސްގެ ސަބަބުން ޝަންހާއީގައި ހުރި ކުންފުނިތައް ފެބްރުއަރީ 9 ގެ ކުރިން ނުހުޅެވޭނެ
26 ޖެނުއަރީ 2020

ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ހަތަރު ވަނަ މީހާ ޖަޕާނުން ފެނިއްޖެ

26 ޖެނުއަރީ 2020
ކޮރޯނާވައިރަސްގެ އަސަރުކޮށްފައިވާ ހަތަރު ވަނަ މީހާ ޖަޕާނުން ފެނިއްޖެ
26 ޖެނުއަރީ 2020

ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ކެނެޑާ މީހެއްގެ ގައިން ފެނިއްޖެ

26 ޖެނުއަރީ 2020
ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ކެނެޑާ މީހެއްގެ ގައިން ފެނިއްޖެ
27 ޖޫން 2019

މެލޭޝިޔާގެ ކަސްޓަމްސްއިން ގިނަ އަދަދެއްގެ ވެލާ އަދި މަސްތުވާތަކެއްޗާއެކު އިންޑިޔާގެ 4 މީހުން ހައްޔަރުކޮށްފި

27 ޖޫން 2019
މެލޭޝިޔާގެ ކަސްޓަމްސްއިން ގިނަ އަދަދެއްގެ ވެލާ އަދި މަސްތުވާތަކެއްޗާއެކު އިންޑިޔާގެ 4 މީހުން ހައްޔަރުކޮށްފި
18 ފެބުރުއަރީ 2019

ކުޑަކުއްޖަކު ރޭޕް ކުރުމުގެ ކުށް ސާބިތުވެ، އިންޑިޔާގެ ފާދިރާއަކު 20 އަހަރަށް ޖަލަށް

18 ފެބުރުއަރީ 2019
ކުޑަކުއްޖަކު ރޭޕް ކުރުމުގެ ކުށް ސާބިތުވެ، އިންޑިޔާގެ ފާދިރާއަކު 20 އަހަރަށް ޖަލަށް
05 ސެޕްޓެމްބަރު 2017

އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

05 ސެޕްޓެމްބަރު 2017
އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި
07 ޖޫން 2017

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް