Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިޓިޒެންޝިޕް ޤާނޫނު

އިންޑިޔާގެ ރަށްވެހިކަމުގެ ޤާނޫނާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާކޮށްފި

27 ޖެނުއަރީ 2020 | ހޯމަ 14:56

މިމީހުން މުޒާހަރާކޮށްފައިވަނީ ނިއުޔޯކްގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރި މަތީގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޖެނުއަރީ 2020 | ހޯމަ 14:56
އެމެރިކާގައި އުޅޭ އިންޑިޔާ މީހުން ވަނީ ރަށްވެހިކަމުގެ ޤާނޫނާ ދެކޮޅަށް އަޑުއުފުލާފައި

އެމެރިކާގައި އުޅޭ އިންޑިޔާ މީހުން ވަނީ ރަށްވެހިކަމުގެ ޤާނޫނާ ދެކޮޅަށް އަޑުއުފުލާފައި

އިންޑިޔާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށް އެމެރިކާގައި ދިރިއުޅޭ އިންޑިޔާ ރައްޔިތުން އެމެރިކާގެ އެކި ސިޓީތަކުގައި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ސިޓިޒެންޝިޕް ޤާނޫނާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންގުޅުއްވާ ސިޔާސަތުތަކާއި ދެކޮޅަށް އެތައް ބަޔަކު ވަނީ އެމެރިކާގައި ނުުރުހުން ފާޅުކޮށް އަޑު އުފުލާފައެވެ. ނިއުޔޯކްގައި ހުންނަ އެމެރިކާގެ އެމްބަސީ ކުރި މަތީގައި މިމީހުން މުޒާހަރާކޮށްފައިވާއިރު މުޒާހަރާތަކުގައި އިސްކޮށް ހުރީ މުހައްމަދު މުސްތަޤީމެވެ. އޭނާގެ އަށް އަހަރުގެ ދަރިފުޅާއެކު އެތައް ހާސްބަޔަކާއެކު ނިކުމު މި ޤާނޫނާއި ދެކޮޅަށް އަޑުއުފުލާފައިވާއިރު މި ޤާނޫނާއި ދެކޮޅަށް އެތައް މުޒާހަރާތަކެއް އިންޑިޔާގައި އަންނަނީ ކުރަމުންނެވެ.

މުސްތަޤީމް ބުނީ މިދިޔަ މަހު ނިއު ދިއްލީގައި ހުންނަ ޖާމިއާ އިސްލާމިކް ޔުނިވަރސިޓީއަށް ފުލުހުން ވަދެ އެތާތެރޭ ތިބި ކިޔަވާ ކުދިންތަކަކަށް އަނިކުރި ހާދިސާގައި އޭނާގެ ކޮއްކޮ މުހައްމަދު އިރްފާނަށްވެސް އަނިޔާވެފައިވާކަމަށެވެ. މި ޤާނޫނު އައުމާއެކު އައްސާމް ސްޓޭޓުގެ 2 މިލިއަން މީހުން އަތުން އިންޑިޔާގެ ރަށްވެހިކަން ގެއްލިގެންދާނެ ކަމުގެ ބިރު ވަނީ ހީވަފައެވެ. މުޒާހަރާތައް އެންމެ ބޮޑަށް ފުރަތަމަ ކޮށްފައިވަނީވެސް އައްސާމްގައެވެ.

ނިއުދިއްލީގައި ހުންނަ ޖާމިއާ އިސްލާމިކް ޔުނިވަރސިޓީއަށް ފުލުހުން ވަދެފައިވަނީ ކިޔަވާކުދިން އެ ޤާނޫނާއި ދެކޮޅަށް އަޑުއުފުލަމުން ގެންދިޔުމުންނެވެ. މުސްތަޤީމް ބުނީ ފުލުހުން އެޔުނިވަރސިޓީއަށް ވަދެ އެތާނގައި ތިބި ކުދިންނަށް އަނިޔާކުރުމުގެ ތެރޭގައި އޭނާގެ ކޮއްކޮގެ ވާތު ފަޔާއި ކަނާތު އަތުގައި ރެނދުލާފައިވާކަމަށެވެ. މުސްތަޤީމް ބުނީ އޭނާ ޤަބޫލުކުރާ ގޮތުގައި އިންޑިޔާގެ ސިޓިޒެންޝިޕް ޤާނޫނަކީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައެއް ފެއްޓެވުމަށް ކުރެއްވިކަމެއް ކަމަށެވެ.

ނިއުޔޯކުގައި ކުރިޔަށް ގެންދިޔަ މުޒާހަރާ އަކީ އިންޑިޔާގައި ކުރިޔަށްގެންދިޔަ މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ކުރިޔަށްގެންދިޔަ މުޒާހަރާއެކެވެ. މިމުޒާހަރާގެ ތެރޭގައި އިންޑިޔާގެ ސިޓިޒެންޝިޕް ޤާނޫނަށް މިގެނެވުނު އިޞްލާޙަށް ޢަމަލުނުކުރުމަށް ގޮވާލާފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް