Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރަބި ޤައުމުތަކުން ކަދުރު ހަދިޔާކުރުން

އަރަބި ޤައުމުތަކުން ހަދިޔާކުރި ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކަށް ފުރުސަތު ހުޅުވާލައިފި

ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނާއި، ޔޫއޭއީން ކަދުރު ހަދިޔާކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 މެއި 2020 | ހޮނިހިރު 21:42
މޭ މަހުގެ 11 ވާ ހޯމަ ދުވަހު 17:00 ގެ ކުރިން މިނިސްޓްރީއަށް އައިސް ކަދުރާ ޙަވާލުވުމަށް އެދިފައިވޭ

މޭ މަހުގެ 11 ވާ ހޯމަ ދުވަހު 17:00 ގެ ކުރިން މިނިސްޓްރީއަށް އައިސް ކަދުރާ ޙަވާލުވުމަށް އެދިފައިވޭ

ޢަރަބި ޤައުމުތަކުން ރަމަޟާންމަހާ ދިމާކޮށް ފޮނުވާފައިވާ ކަދުރާ ޙަވާލުވުމަށް އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، 1441 ވަނަ އަހަރުގެ ރަމަޟާން މަހު ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނާއި، ޔުނައިޓަޑް ޢަރަބް އެމިރޭޓްސްގެ ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަނުން ރާއްޖެއަށް ކަދުރު ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ސައުދީން ފޮނުވާފައިވާ ކަދުރު ޚާއްސަކޮށްފައިވަނީ އާންމު ރައްޔިތުންނަށް ކަމަށާއި، ޔޫއޭއީން ފޮނުވާފައިވާ ކަދުރު ޚާއްސަކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ޤާއިމުކޮށްފައިވާ ފެސިލިޓީތަކުގައި އުޅޭ މީހުންނާއި، ޙާލުގައި ޖެހިފައިވާ މީހުންގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ޙާލުގައި ޖެހިފައި ތިބި ބިދޭސީންނަށްކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ވަނީ ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކަށް 11 މޭ ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މޭ މަހުގެ 11 ވާ ހޯމަ ދުވަހު 17:00 ގެ ކުރިން މާލޭގައި ހުރި މީހަކު ހަމަ ޖެއްސުމަށްފަހު، މިނިސްޓްރީއަށް ކަދުރާ ޙަވާލުވުމަށް ފޮނުވުމަށް އެދިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މުޅި ރާއްޖެއަށް ކާބޯތަކެތި ލިބުން ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، މި މުއްދަތުގެ ތެރޭގައި ވީހާވެސް ގިނަ ކައުންސިލްތަކުން ކަދުރާ ޙަވާލުވެ، ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މި މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުންނަ ކަދުރުތައް މަސައްކަތުގެ ގޮތުން އެކަހެރިވެފައިތިބި މީހުން ތިބި ފެސިލިޓީތަކަށާއި، ކަރަންޓީނުކޮށްފައި އަދިއެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި، އަދި މީގެ އިތުރުން ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ޙާލުގައި ޖެހިފައިވާބިދޭސީން ތިބި ފެސިލިޓީތަކަށް ހަދިޔާ ކުރާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2017

އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ގަތުމަށް ފުރުސަތު ހުޅުވާލައިފި

24 ނޮވެމްބަރު 2017
އަރަބިއްޔާ ހުރި ބިމާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ގަތުމަށް ފުރުސަތު ހުޅުވާލައިފި
23 ސެޕްޓެމްބަރު 2017

ސައުދީ އަރަބިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

23 ސެޕްޓެމްބަރު 2017
ސައުދީ އަރަބިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
19 ޖޫން 2017

ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި

19 ޖޫން 2017
ގޮދަނުން ޒަކާތް ބަލައިގަތުން ހަމައެކަނި އަރަބިއްޔާ ސްކޫލުގައި
26 މެއި 2017

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓް ލިބުނު ބައެއް މީހުން ފައިސާ ދައްކައިފި، އެކަމަކު ތަޅުދަނޑި ހަވާލެއް ނުކުރޭ!

26 މެއި 2017
ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓް ލިބުނު ބައެއް މީހުން ފައިސާ ދައްކައިފި، އެކަމަކު ތަޅުދަނޑި ހަވާލެއް ނުކުރޭ!
27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު