Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އާ ގުޅިގެން ބިދޭސީން ބަދަލުކުރުން

ގުޅިފަޅު ކަރަންޓީނު ފެސިލިޓީއަށް 113 ބިދޭސީން، ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީއަށް 82 މީހެއް ބަދަލުކުރަނީ

މަބްރޫކް ވިދާޅުވީ ގުޅީފަޅުގައި 674 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއް ހަދަމުންދާ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މެއި 2020 | ހޮނިހިރު 18:02
ހުޅުމާލޭގައި ހަދަމުންދާ ކަރަންޓީނު ފެސިލިޓީއެއް

ހުޅުމާލޭގައި ހަދަމުންދާ ކަރަންޓީނު ފެސިލިޓީއެއް

ކޮވިޑް-19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ 113 ބިދޭސީން މިރޭ ގުޅީފަޅުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ބަދަލުކުރެވޭނެ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ހޮނޮހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 82 މީހަކު ހުޅުމާލެ ފޭސް ޓޫ އެކްސްޕެޓްރިއަޓް އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ އިސްކަމެއްދީގެން މިހާރު ސަރުކާރުން ކުރަމުންދާ ކަމަކީ މާލެ ސަރަހައްދުގައި ތޮއްޖެހިފައި ތިބި ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން ހުޅުމާލެ އަދި ގުޅީފަޅުގައި ބިދޭސީންނަށް ޚާއްސަކޮށްގެން ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް އަންނަނީ ހަދަމުންނެވެ.

މަބްރޫކް ވިދާޅުވީ ގުޅީފަޅުގައި 674 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީއެއް ހަދަމުންދާ ކަމަށެވެ. އަދި ހުޅުމާލޭގައި އޮކޮނޮމިކް މިނިސްޓްރީގެ ފަރާތުން 2700 މީހުންގެ ޖާގައިގެ ތަނެއް ހަދަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެތަން ނިންމުމަށް މަސައްކަތްކުރަމުންދަނީ ދެ ހަފްތާގެ ތެރޭގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެއިތުރުން ހޯމް މިނިސްޓްރީގެ ފަރާތުންވެސް ހުޅުމާލޭގައި ކަރަންޓީނު ފެސިލިޓީއެއް ބިދޭސީންނަށް އަމާޒުކޮށްގެން ހަދަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިވަގުތުވެސް މާލެ ސިޓީގެ 23 ތަނެއްގެ ހާހަށްވުރެ ގިނަ މީހުންގެ ކަންކަން ސަރުކާރުގެ ފަރާތުން އަންނަނީ ބަލަހައްޓަމުންނެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެންޖެހޭނީ ބިދޭސީން: ޒަމީރު

13 އޯގަސްޓު 2017
ކުންފުނިތަކުގެ މުވައްޒަފުން ނުނިކުންނަންޏާ، ދެން ނެރެންޖެހޭނީ ބިދޭސީން: ޒަމީރު
23 ޖުލައި 2017

ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި

23 ޖުލައި 2017
ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި
18 ޖުލައި 2017

އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

18 ޖުލައި 2017
އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
16 ޖުލައި 2017

ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި

16 ޖުލައި 2017
ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި
02 ޖުލައި 2017

އިސްމާއިލްގެ މަރު: 6 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

02 ޖުލައި 2017
އިސްމާއިލްގެ މަރު: 6 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު