Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާހީ ހަރަކާތް

މާލެ ސިޓީ ކައުންސިލް މެމްބަރު މަމްނޫން ރައީސް މައުމޫން ފެކްޝަނާ ގުޅިވަޑައިގަންނަވައިފި

3 އެޕްރީލު 2017 | ހޯމަ 01:40

ޕީޕީއެމުން ރައީސް މައުމޫން ވަކިކުރުމަށް ވޯޓް ދެއްވުނީތީ މައާފަށް އެދިވަޑައިގެންނެވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 އެޕްރީލު 2017 | ހޯމަ 01:40
މާލޭ ސިޓީ ކައުންސިލް މެމްބަރު އިބްރާހީމް މަމްނޫން

މާލޭ ސިޓީ ކައުންސިލް މެމްބަރު އިބްރާހީމް މަމްނޫން

މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް މަމްނޫން ޕީޕީއެމް ރައީސް ޔާމީންގެ ފެކްޝަނުން, ޕީޕީއެމް ރައީސް މައުމޫން ފެކްޝަނާ ގުޅިވަޑައިގަންނަވައިފި އެވެ.

މަމްނޫނަކީ ޕީޕީއެމުން ރައީސް މައުމޫން ވަކިކުރުމަށް ރައީސް ޔާމީން ފެކްޝަނުން ނެގި ވޯޓުގައި ރައީސް މައުމޫން ޕީޕީއެމުން ވަކި ކުރުމަށް ވޯޓް ވެސް ދެއްވި ބޭފުޅެކެވެ.

Advertisement - newsAdvertisement

ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ދަންވަރު 00:45 ހާއިރު ޕީޕީއެމް ރައީސް މައުމޫން ފެންޝަން ހިންގާ ހ. ތެމާ ކުރިމަތީ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މަމްނޫން ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަނުގައި އުޅުއްވީ މަޖުބޫރު ވެގެންކަމަށެވެ. ނަމަވެސް އެއީ ކޮން މަޖުބޫރީ ހާލަތެއް ކަމެއް މަމްނޫން ހާމައެއް ނުކުރެއްވި އެވެ. ރައީސް މައުމޫން ޕީޕީއެމުން ވަކިކުރުމަށް ހުށަހެޅި ގަރާރަށް ވޯޓު ދެއްވުނީތީ ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ ފަރާތުން މައާފަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

މަމްނޫން ވިދާޅުވީ ރައީސް ޔާމީންއަށް ޕީޕީއެމް ހިންގުމުގެ އެއްވެސް ބާރެއް ޕާޓީގެ އަސާސީ ގަވާއިދުން ނެތް ކަމަށާއި ރައީސް ޔާމީން ޕީޕީއެމް ހިންގަމުން އެގެންދަވަނީ ޕީޕީއެމް އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ.

މަމްނޫން ވިދާޅުވީ ރައީސް ޔާމީންގެ ޕީޕީއެމް "ދަރުބާރު" ފެކްޝަންގެ ބައްދަލުވުންތަކަށް ދެން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށާއި ދެން ދެމި ހުންނަވާނީ ރައީސް މައުމޫންގެ އިސްލާހީ ހަރަކާތުގައި ރައީސް މައުމޫންގެ ފެކްޝަނުގައި ކަމަށެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރުންގެ ތާއީދު އޮތީވެސް ރައީސް މައުމޫނަށް ކަމަށް މަމްނޫން ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމަށް ނިސްބަތްވާ މަމްނޫންގެ އިތުރުން މެދުހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީން އަކީވެސް ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މެމްބަރެކެވެ. ޒައިދުލް އަމީން ހުންނެވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންދުކޮށްފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް