Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން އިން ސާނޭ އަށް ފާރަލުން

ސާނޭ ގަތުމަށް ބަޔާނުން އަނެއްކާވެސް މަސައްކަތް ކުރަނީ

1 މެއި 2020 | ހުކުރު 15:33

މީގެ ކުރިންވެސް ބަޔާން އިން ވަނީ ސާނޭ ގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 މެއި 2020 | ހުކުރު 15:33
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖަރުމަންގެ ފޯވާޑް ލެރޯއި ސާނޭ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖަރުމަންގެ ފޯވާޑް ލެރޯއި ސާނޭ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖަރުމަންގެ ފޯވާޑް ލެރޯއި ސާނޭ ގަތުމަށް، ބަޔާން މިއުނިކުން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައިވެސް މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ސާނެ ހޯދުމަށް ބަޔާންމިއުނިކުން މީގެ ކުރިންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން މި ސީޒަން ފެށުމުގެ ކުރިން، ސާނޭ ގަތުމަށް ބަޔާނުން 100 މިލިއަން ޔޫރޯ ހުށަހެޅި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު އަދި މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާއިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ގައިވެސް ސާނޭ ގަތުމަށް ބަޔާނުން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހުރިހާ ކްލަބުތަކަށްވެސް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ހޫނު މޫސުމުގެ ޓްރާންސްފާގައި، ސާނޭ ގަތުމަށް ބަޔާނުން ޚަރަދު ކުރާނީ 60-70 މިލިއަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިޓީ އާއެކު ސާނޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ. އެކަމަކު ސާނޭ ބަޔާން އަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެން ނުލިބޭތީ ސާނޭ އެޓީމު ދޫކޮށްލަން ބޭނުން ވެފައިވާއިރު، އޭނާގެ ނިންމުން އޮޅުން ފިލުވަން ސިޓީން މީގެ ކުރިން ވަނީ އެދިފައެވެ.

ޝާލްކާ އިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިއަރުފެށި ސާނޭ ވަނީ، އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބު ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 134 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރެއްގެމަތިން ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި ލީގު ކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށް، އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑު ދެ ފަހަރު ކާމިޔާބުކޮށް، އެފްއޭ ކަޕްވެސް، އެއް ފަހަރު ކާމިޔާބުކޮށްދީފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

އިހުތިރާމު ކުޑަކުރުމުގެ އެތައް ހަރަކާތެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި އިސް އެތައް ފަރާތެއް ހިމެނޭ މުއިއްޒުގެ ސަރުކާރުން އިއުލާނުކުރި އިޙުތިރާމު އަދާކުރުމުގެ ގައުމީ ބިޔަ މަޝްރޫއުގެ ތަފްސީލު ހާމަކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް