Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެން ބިލްތައް ބޮޑުވުން

ބިލްތައް ފޮނުވީ ޑިސްކައުންޓް ނުހިމަނާ، އިސްލާހު ކުރުމަށްފަހު އަލުން ފޮނުވާނަން: އެމްޑަބްލިޔުއެސްސީ

1355 ކަސްޓަމަރަކަށް ބިލް ފޮނުވާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 މެއި 2020 | ހުކުރު 00:45
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް

އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް

ބައެއް ކަސްޓަމަރުންނަށް އޭޕްރިލް މަހުގެ ބިލް ފޮނުވާފައިވާނީ ޑިސްކައުންޓް ނުހިމަނާ ކަމަށާއި އެ ބިލްތައް އިސްލާހު ކުރުމަށްފަހު އަލުން ފޮނުވާނެ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެޓީވީން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖް އަށް ދެއްވި އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ މީޓަރުގެ ފޮޓޯ ފޮނުވަން އެންގުމުން ވަރަށް ގިނަ ފަރާތްތަކުން ފޮޓޯ ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ފޮޓޯތައް ތަރުބީކުރުމަށްފަހު 1355 ކަސްޓަމަރަކަށް ބިލް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އޭރު ފިނޭންސް މިނިސްޓްރީން އިރުޝާދު ނުލިބުމުން، އެ ބިލްތަކުގައި ޑިސްކައުންޓް ފެންނަން ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ކަސްޓަމަރުންގެ އިތުރުން ބިލްތައް އަދި ނުފޮނުވާ ކަސްޓަމަރުންނަށް ވެސް ދެން ބިލް ލިބިގެންދާނީ 30 އިންސައްތަ ޑިސްކައުންޓާއެކު ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ބައެއް ފަރާތްތަކުން ފެން ބިލް ބޮޑުވާކަމުގެ ޝަކުވާ ކުރާ ކަމަށާއި އެ ޝަކުވާ ހުށަހެޅުމުން މީޓަރ ރީޑިންގ ނެގިފައި ހުރީ ރަނގަޅަށް ތޯ އެމްޑަބްލިޔުއެސްސީން ބަލައިދޭނެ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ 105 އަކަށް ގުޅައިގެން ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބިލް ކުރެވިފައިވާ މުއްދަތު ބެލުމަށް ޝާހު ވަނީ އިލްތިމާސް ކުރައްވާފައެވެ. އެއީ ބައެއް ފަހަރު 39 ދުވަހަށް ނޫނީ 34 ދުވަހަށް ބިލްކޮށްފައި ހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން ބިލް އިތުރުވެފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއްކަން ޝާހު ފާހަގަކުރެއްވިއެވެ.

އަދިވެސް މީޓަރުގެ ފޮޓޯ ނުފޮނުވާ ކަސްޓަމަރުންނަށް އެ ފޮޓޯތައް ނެގުމަށްފަހު 7984463 ނަންބަރަށް ވައިބަރ ކުރުމުން އެމްޑަބްލިޔުއެސްސީން އެދިފައިވެއެވެ. މީޓަރުގެ ފޮޓޯ ނުފޮނުވާނަމަ ކަސްޓަމަރުންނަށް ލިބިގެންދާނީ އެވަރެޖް ބިލެކެވެ.

ބައެއް ފަރާތްތަކުގެ މާލީ ހާލަތު ހުރި ގޮތުން ބިލް އެއްފަހަރާ ނުދެއްކޭ ކަމުގައިވާނަމަ އެކަމުގައި ވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި އެއްވެސް ފަރާތަކުން ބިލް ނުދެއްކިޔަސް، އެ ގެއަކުން ފެން ކަނޑާ، މީޓަރުގައި ތަޅު ނާޅުވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

06 މާރިޗު 2017
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު