Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރިޝީ ކަޕޫރާއި ނީތޫގެ ލޯބިފެށުން

ރިޝީ، ނީތޫއަށް: ޑޭޓްކުރެވިދާނެ، ނަމަވެސް ކައިވެންޏެއް ނުކުރެވޭނެ

މި ދެތަރިން ކައިވެނި ކޮށްފައިވަނީ 1980 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 1 މެއި 2020 | ހުކުރު 04:02
ރިޝީ ކަޕޫރާއި ނީތޫ ސިންގް

ރިޝީ ކަޕޫރާއި ނީތޫ ސިންގް

ބޮލީވުޑް އެކްޓަރ ރިޝީ ކަަޕޫރުގެ މަރުގެ ޚަބަރު ވެގެންދިޔައީ މުޅި ބޮލީވުޑަށް ލިބިގެންދިޔަ ފުން ހިތާމައަކަށެވެ.

2018 ވަނަ އަހަރުން ފެށިގެން ނިއުޔޯކްގައި ކެންސަރަށް ފަރުވާ ހޯދުމަށްފަހު ރިޝީ އެނބުރި އިންޑިއާއަށް ގޮސްފައިވަނީ މިދިޔަ އަހަރުއެވެ. ރިޝީ ނިއުޔޯކްގައި ފަރުވާ ހޯދަމުން ދިޔަ އިރު އޭނާގެ އެންމެ ގާތުގައި ހުރީ ލޯބިވާ އަނބިމީހާ އަދި ކުރީގެ އެކްޓަރ ނީތޫ ސިންގް އެވެ. އުފަލާއި ހިތާމައިގެ ހާލަތުގައިވެސް މި ޖޯޑު ވަނީ އެހެންތަރިންނަށް ލޯބީގައި މިސާލު ދައްކުވަދީފައެވެ.

22 ޖެނުއަރީ 1980 ގައި މި ދެތަރިން ކައިވެނި ކޮށް އެކުގައި 40 އަހަރު ހޭދަކޮށްފައިވީނަމަވެސް ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދިގެން ދިޔައީ ކައިވެންޏަކާއި ހަމައަށް ދާނެ ކަމުގެ އެއްވެސް އުއްމީދަކާއި އެކުއެއް ނޫނެވެ.

ބޮލީވުޑްގެ " ޗޮކްލެޓް ބޯއީ" ގެ ނަމުން މަޝްހޫރު ވެފައިވާ ރިޝީ އާއި ނީތޫ ދިމާވެފައިވަނީ 1974 ވަނަ އަހަރު ދެތަރިން އެކުގައި ފުރަތަމަ ކުޅުނު ފިލްމް "ޒެހެރީލާ އިންސާން" ގެ ސެޓުންނެވެ.

ފިލްމް އިންޑަސްޓްރީގައި އެކުގައި މަސައްކަތް ކުރަން ފެށުމުން ދެތަރިންގެ ދެމެދުގައި ވަނީ ރަހުމަތްތެރިކަން އުފެދިފައެވެ.

ރިޝީއަށް އޭނާގެ ގާތް އެކުވެރިޔާ ނީތޫ އާއި ދުރުގައި ހުންނަން ޖެހުމުގެ އިހުސާސް ކުރެވެން ފަށާފައިވަނީ ފިލްމް ޝޫޓިންއަކަށް މުމްބާއީން ބޭރަށް ދިއުމުން ނެވެ.

ހަނދާންވާކަމަށް ބުނެ ނީތޫއަށް ރިޝީ ވަނީ މެސެޖެއްވެސް ފޮނުވާފައެވެ. މެސެޖްގައި "ޔޭ ސިކްނީ ބަޅީ ޔާދް އާތީހޭ" ލިޔެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މުމްބާއީ އަށް ރިޝީ އެނބުރި އައުމަށްފަހު މި ދެތަރިން ވަނީ ޑޭޓްކުރަން ފަށާފައެވެ. އެއިރު ނީތޫގެ އުމުރަކީ އެންމެ 14 އަހަރެވެ. ރިޝީވަނީ ޑޭޓް ކުރިނަމަވެސް ކައިވެނި ނުކުރާނެ ކަން ސާފުކޮށް ނީތޫ އަށް ބުނެދީފައެވެ.

ކޮންމެއަކަސް ފަސް އަހަރު ދުވަހު ޑޭޓް ކުރުމަށްފަހު މި ދެތަރިން ވަނީ ކައިވެނި ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ކައިވެނި ކުރިއިރު ރިޝީގެ އުމުރަކީ 26 އަހަރެވެ. ނީތޫގެ އުމުރަކީ 21 އެވެ.

މި ދެމީހުނަށް ވަނީ އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ލިބިފައެވެ. އެއީ ރަންބީރު ކަޕޫރާއި ރިއްދިމާ ކަޕޫރެވެ.

ރިޝީ އާއި ނީތޫ އެކުގައި ކުޅުނު ފިލްމްތަކުގެ ތެރޭގައި "ދޯ ދޯނީ ޗާރު"، " ލަވް އާޖްކަލް"، "ބޭޝަރަމް"، "ކަބީ ކަބީ"ގެ ިއތުރުން ވެސް ގިނަ ފިލްމްތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2019

ޑިޒްނީލޭންޑް ގައި ބޮލީވުޑް ތީމްގެ ކައިވެންޏެއް ކޮށްފި

01 އޮކްޓޯބަރު 2019
ޑިޒްނީލޭންޑް ގައި ބޮލީވުޑް ތީމްގެ ކައިވެންޏެއް ކޮށްފި
10 ސެޕްޓެމްބަރު 2019

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފަހު ރިޝީ އަނބުރާ އިންޑިއާއަށް

10 ސެޕްޓެމްބަރު 2019
ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް ފަހު ރިޝީ އަނބުރާ އިންޑިއާއަށް
14 ޖޫން 2019

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ރިޝީ ކަޕޫރުގެ ހާލު ރަނގަޅު!

14 ޖޫން 2019
ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ރިޝީ ކަޕޫރުގެ ހާލު ރަނގަޅު!
12 މެއި 2019

ދިޕިކާ ނިއު ޔޯކް ގައި ރިޝީ އާއި ބައްދަލުކޮށްފި

12 މެއި 2019
ދިޕިކާ ނިއު ޔޯކް ގައި ރިޝީ އާއި ބައްދަލުކޮށްފި
01 މެއި 2019

ރިޝީ ކަޕޫރަށް ޖެހުނީ ކެންސަރ ކަން ޔަގީންކޮށްދީފި

01 މެއި 2019
ރިޝީ ކަޕޫރަށް ޖެހުނީ ކެންސަރ ކަން ޔަގީންކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު