ކުޑަ ކުއްޖަކު ވަޅަށް ވެއްޓި މަރުވެއްޖެ
30 އެޕްރީލު 2020 | ބުރާސްފަތި 09:24އުމުރުން 4 އަހަރުގެ ކުއްޖެއް

އަލީ ސަމާޚް | 30 އެޕްރީލު 2020 | ބުރާސްފަތި 09:24

ކުއްޖާ ވެއްޓުނު ވަޅު
ގއ. ކަނޑުހުޅުދޫގައި ކުޑަ ފިރިހެން ކުއްޖަކު ވަޅަށް ވެއްޓި މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ކުއްޖާ ވަޅަށް ވެއްޓިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހު 11:00 ހާއިރު ކަމަށެވެ.
އެއީ އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި، އެ ރަށު ސިއްހީ ސެންޓަރަށް އެ ކުއްޖާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.









