Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަންސެޓް ބިލަށް ގިނަ އިސްލާހުތަކެއް

ކައުންސިލްތަކުގެ އިންތިހާބާބެހޭ "ސަންސެޓް" ބިލްގެ ކޮމެޓީ ރިޕޯޓަށް ގިނަ އިސްލާހުތަކެއް!

29 އެޕްރީލު 2020 | ބުދަ 09:44

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަތާ 15 ދުވަހުގެ ތެރޭގައި އިންތިހާބަށް އިއުލާން ކުރުމަށް އިސްލާހު ހުށަހެޅިފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އެޕްރީލު 2020 | ބުދަ 09:44
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ކޮވިޑް-19 ރޯގާއާއި ގުޅިގެން ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ ޚާއްޞަ ބިލު، ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭ ޚާއްޞަ ބިލް ދިރާސާކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓާމެދު ބަހުސްކ ކުރެއްވުމަށް ގިނަ މެމްބަރުން އެދިލައްވުމާއި އަދި ގިނަ އިސްލާހު ތަކެއް މެމްބަރުން ހުށަހަޅުއްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެރިޕޯޓަށް ބަހުސް ކުރަން ގިނަ މެމްބަރުން އެދިލައްވާތީ، އަދި ގިނަ އިސްލާހުތަކެއް ހުށަހަޅުއްވަމުން ގެންދަވާތީ ބަހުސް ކުރުމަށާއި އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ދެން ހެއްދެވޭނެ އަނެއް ގޮތެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ، ރިޕޯޓް އަބުނރާ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާލުން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަނީ ބަހުސް ކުރަންވަން ތިއްބެވި މެމްބަރުންނަށް ބަހުސް ކުރުމަށް ފުރުސަތު ދެއްވައި، އަދި އިސްލާހުތައް ވެސް މެމްބަރުންގެ މެދުގައި އެއްގޮތްކުރައްވައިގެން އިސްލާހުތައް ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ސަރުކާރުންގެ ފަރާތުން މި ބިލް ހުށަހެޅިއިރު، އެއްވެސް ވަރަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ބާއްވަން ނިންމާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވާހަކަ ހިމެނިފައިނުވާތީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާގުޅޭ ކަންކަން ކޮމެޓީން އެބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ކޮމެޓީ ރިޕޯޓަށް އިސްލާހު ހުށަހަޅުއްވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވީ، މިގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނެ ކަމަށް ބުނާއިރު، އިންތިހާބަކާނުލާ 1 އަހަރު ދުވަހުގެ މުއްދަތަށް މިހާރު ތިއްބެވި ކައުންސިލަރުން ތިއްބެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެެހެންކަމުން ސަލީމް ވަނީ، ކޮވިޑް-19 އާގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަތާ 15 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އިއުލާން ކުރަންޖެހޭނެ ކަމަށް ވިދާޅުވެ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. މި އިސްލާހު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، މަގްޞަދަކީ މިހާލަތުން އަރައިގަނެ، ވީހާވެސް އަވަހަކަށް އިންތިހާބު ބާއްވައި، އިންތިހާބީ ކައުންސިލަރުންތަކެއް ކަނޑައެޅިގެންދިއުން ކަމަށެވެ. އަދި ސަރުކާރުން ބިލު ހުށަހެޅިއިރު، ހުށަހަޅާފައިވަނީ ވެސް މިހާލަތު ނިމުމާއެކު ވީހާވެސް އަވަހަކަށް އިންތިހާބު ބޭއްވުން ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ގިނަ ދުވަސްތަކެއް ވަންދެން މިކަމުގައި އުޅެ، ފާޑަކަށް ބަނދެވިގެންދާދިއުން ނިމުމަކަށް ގެނައުން އަވަސް ކުރުމަށްޓަކައި އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހެއްގައި ބޭއްވުން ވަރަށް މުހިއްމު ކަމަށެވެ.

މީގެއިތުރުން، ސަލީމު ވަނީ، މި ގާނޫނަށް އަމަލު ކުރާއިރު، ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން ބާތިލްވާނެ ކަމަށް ބުނާ މާއްދާއަށް ވެސް އިސްލާހު ހުށަހަޅުއްވާފަ އެވެ. ސަލީހު ހުށަހެޅުއްވު އިސްލާޙުގައި ވަނީ، އިންތިހާބަށް ކުރިމަތިލި މުވައްޒަފުންގެ ސަސްޕެންޝަން ބާތިލްވާ ގޮތަށެވެ. މިއިސްލާހު ހުށަހަޅުއްވަމުން ސަލީމު ވަނީ ވިދާޅުވީ، މިބިލް މިހާރު އޮތްގޮތުން ސަސްޕެންޑް ބާތިލްވަނީ ހަމައެކަނި ސިވިލް ސަރވިސް މުވައްޒަފުން ކަމަށެވެ. ނަމަވެސް އިންތިހާބަށް ކުރިމަތި ލައްވާފައިވާ، ސިވިލް ސާރވިސް ނޫން ވަޒީފާތަކުގައި ތިއްބެވި ކެންޑިޑޭޓުން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސަސްޕެންޝަނުގައި ތިބި، ސިވިލް ސާރވިސް މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވޭއިރު، ސަސްޕެންޝަނުގައި ތިއްބެވި އެހެން ކެންޑިޑޭޓުންގެ ހައްގުތައްވެސް ރައްކާތެރި ކުރަންޖެހޭ ކަމަށެވެ.

ސަލީމު ހުށަހެޅުއްވި މި އިސްލާހުގައި ބުނަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން މިދިޔަ މާރޗް މަހުގެ 6 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ކެންޑިޑޭޓުންގެ ތެރެއިން، ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކެންޑިޑޭޓުންގެ ސަސްޕެންޝަން މި އޭޕްރީލް މިހުގެ 4 ވަނަ ދުވަހުން ފެށިގެން ބާތިލްވާނެ ކަމަށެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަސް އައިސްފައިވާ ސަބަބަކީ، އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ދުވަހަށްވާތީ އެވެ. ކޮވިޑް-19 ރޯގާއާ ގުޅިގެން އިންތިހާބު ބޭއްވުން މިވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރަން ޖެހިފަ އެވެ.

ސަލީމް ވިދާޅުވީ މިބިލް ފާސްވާ ހިސާބުން، މަދުވެގެން 700 އެއްހާ އާއިލާއަކަށް އުފާވެރި ޚަބަރުތައް ލިބެންދާނެ ކަމަށެވެ.

މިބިލަށް، ސަރުކާރުގެ ފަރާތުން މި ބިލް ހުށަޙެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންވެސް ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭ އިތުރު ތަފްސީލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާގުޅޭ އިތުރު ތަފްސީލެކެވެ.

މީގެއިތުރުން ހިސާން ވަނީ، މިހާރު މިބިލް އޮތީ (ރެޓްރޮސްޕެކްޓިވް) ކުރިން ހިނގާފައިވާ ކަމަކަށް މިގާނޫނު ތަސްދީގުވުމާއެކު ހައްލެއް ގެނެވޭ ގޮތަށް ކަމަށްވާތީ އެއީ މަޖިލީހުން އަމަލު ކުރަން އެހާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެެހެންކަމުން ސަސްޕެންޑް ކުރެވިފައިވާ މުވައްޒަފުންނާމެދު އިޖުރާއަތު ކުރިއަށް ގެންދަންޖެހޭނީ މިގާނޫނު ތަސްދީގުވުމާއެކު ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުތަކާއި އަދި ސަލީމް ހުށަހެޅުއްވި އިސްލާހުތަކަށް މަޖިލީހުގެ މެމްބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް