ދުނިޔެ
އެމެރިކާގެ ހާލަތު
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ތުރުކީ އިން އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދެނީ
ތުރުކީއިން ވަނީ މީގެކުރިން 55 ގައުމަކަށް މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދީފަ

އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އެޕްރީލު 2020 | އަންގާރަ 06:06

އެމެރިކާގެ ރައީސް އާއި ތުރުކީގެ ރައީސް ސަލާމް ކުރައްވަނީ
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެމެރިކާއަށް އެހީތެރިވެދިނުމަށް ތުރުކީ އިން ނިންމައިފިއެވެ.
ބޭރުގެ މީޑިއާއެއް ކަމަށްވާ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން ތުރުކީއިން ވަނީ އެމެރިކާއަށް މެޑިކަލް ސަޕްލައި ދިނުމަށް ނިންމާފައެވެ.
އޭގެ ތެރޭގައި N95 މާސްކާއި، ފޭސް ޝީލްޑް، ސަރޖިކަލް މާސް، ގައުން އަދި ޑިންއިންފެކްޓެންޓް ޑެލިވަރ ކުރުމަށްވަނީ ނިންމާފައެވެ.
ތުރުކީއިން ވަނީ މީގެކުރިން 55 ގައުމަކަށް މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދީފައެވެ.
މިހާތަނަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ.







