Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާނޫނު

ދިރުމެއްވޭ، ދިރުމެއްވާ އެއްޗެއް

ދިރުން ލެއްވި ތަކެއްޗާއި އެނޫން ތަކެތީގެ މައިގަނޑު އެއްތަފާތަކީ އޭގެ ރޫހާނިއްޔަތެވެ.

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 10:47
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

މިފަހަކަށް އައިސް ޤާނޫނު ވެފައިވަނީ ދިވެހިންނާއި ވަރަށް ރައްޓެހި އެއްޗަކަށެވެ. ޤާނޫނުގެ ވާހަކަދެކެވޭ ގިނަކަމުންކަމުގައިވެސް ވެދާނެއެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުންނާއި ޓީވީތަކުން އަބަދާއި އަބަދު ފެނި އިވެމުންދަނީ ކޮންމެވެސް ޤާނޫނީ މައްސަލަތަކެއް ކުރިމަތިވެގެން ކޮންމެވެސް ބޭފުޅުންތަކެއް އުޅުއްވާ ވާހަކައެވެ.

އެހެންކަމުން ޤާނޫނުގެ މިވެނި އެވެނި މާއްދާއެކޭ ކިޔާފަ ނުހަނު ފަރިތަކަމާއެކު ވާހަކަ ދައްކާލެވޭ ފެންވަރުގެ ބޭފުޅުންވެސް މިދިވެހިރާއްޖެއަކު މަދެއްނޫނެވެ. ޤާނޫނުގެ ކުލައާއި ރޫހުވެސް އެބޭފުޅުންނަށް ރަނގަޅަށް އެނގެއެވެ. ޤާނޫނީ މައްސަލައެއް ދިމާވެއްޖެނަމަ ކަންކުރަން ވީގޮތާއި ދާނޭތަން ތަންވެސް އެބޭފުޅުންނަށް އެނގެއެވެ.ކުރުކޮށް ބުނާނަމަ ހައްތަހާވެސް ޤާނޫނީ މާހިރުންނެވެ. މިހެން މިކަން އޮތް ކަމުގައި ވިޔަސް އިވޭއަޑުތަކުންނާއި ފެންނަ މަންޒަރުތަކުން މިދެންނެވި ބޭފުޅުންނަށް ޤާނޫނު ދޭހަވާގޮތާއި އަޅުގަނޑަށް ދޭހަވިގޮތާއި ވަރަށް ތަފާތެވެ.

އަޅުގަނޑަށް ޤާނޫނު ސިފަވެގެން ދިޔައީ ދިރުމެއްވާ ދީރޭ އެއްޗެއްގެ ގޮތުގައެވެ. އެއީވަރަށް ގިނަ ސަބަބުތަކާހުރެ އެވެ. ދިރުން ލެއްވި ތަކެއްޗާއި އެނޫން ތަކެތީގެ މައިގަނޑު އެއްތަފާތަކީ އޭގެ ރޫހާނިއްޔަތެވެ. ދިރުމެއްނެތް އެއްޗެއްގައި ރޫހެއް ނުހުންނާނެއެވެ. ޤާނޫނީ ބޭފުޅުން ވާހަކަ ދައްކާވާއިރު އެންމެ އާންމުކޮށް އިވޭއެއް އަޑަކީ ޤާނޫނުގެ ރޫހުގެ ވާހަކައެވެ. ހަމަޔަގީނުންވެސް ޤާނޫނުގެ ރޫހެއް ނެތްނަމަ މިބޭފުޅުން މިހާވަރަށް މިވާހަކަ ނުދައްކަވާނެއެވެ. ވީމާ ޤާނޫނަކީ ރޫހާނީ އެއްޗެކެވެ. އަދި ބަސްމޮށޭވެސް އެއްޗެކެވެ. އެހެނީ ޤާނޫނީ ބޭފުޅުން ގާނޫނުބުނާ އެއްޗެއް ފަހުމް ނުވެގެން ތަފާތު ބަހުސްތައް ކުރައްވާ އަޑުވެސް އިވެނީ މަދެއްކޮށެއް ނޫނެވެ.

ދިރުމެއް ވާއެޗެއްނަމަ ދުވަސް ވާވަރަކަށް ހެދި ބޮޑުވުމަކީ ލާޒިމުކަމެއް ކަމުގައި ދުނިޔޭގެ ހޯދުންތެރިން ވިދާޅުވެއެވެ. މިގޮތުން ޤާނޫނަކީ ހެދިބޮޑުވާ އެޗެއްބާވައެވެ؟ އާދޭހެވެ. ދިރޭއެއްޗެކޭ އެއްފަދައިން ޤާނޫނު ބޮޑުވެއެވެ. ދިރޭއެއްޗެހި ހެދި ބޮދުވާވަރަކަށް އޭގެހަށިގަނޑުގައި އެކުލެވޭ ތަފާތު މާއްދާތައް އިތުރުވެއެވެ. މިސާލަކަށް އިންސާނަކު ބޮޑުވާވަރަކަށް ޕްރޮޓީންސް އާއި މިނެރަލްސްފަދަ ތަފާތު މާއްދާތަށް އިތުރަށް ބޭނުންވެއެވެ.

ހަމަ އެގޮތުން ޤާނޫނީ ބޭފުޅުންގެ ވާހަކަތަކުން އެނގޭގޮތުގައި ގާނޫނު ވެސް ބޮޑުވާވަރަކަށް އެޔަށް ތަފާތު މާއްދާތަށް އިތުރު ކުރެވެއެވެ. މީގެ އިތުރަށް ޤާނޫނު ބޮޑުވާކަމުގެ އަނެއް ހެއްކަކީ ދާދިފަހުން، އާދެ 2008 ވަނައަހަރު އޭގެ ފޭރާން ބަދަލުކުރަން ޖެހުނު ކަމެވެ. މީގެކުރިން ބޭނުންކުރި ނޫކުލައިގެ ފޭރާން ގަޔަށް 'ފިޓް' ނުވެގެން މިހާރު ވަނީ ފެހިކުލައިގެ އާ، ފިޓް ފޭރާމެއް ލައްވާފައެވެ.

ދިރޭއެއްޗެހި މިދުނިޔެއަށް އުފަންވުމުގެ ސަބަބަކަށް، ނުވަތަ މެދުވެރިޔަކަށް ވަނީ މައިން ބަފައިންނެވެ. މިގޮތުން ޤާނޫނުގެ މައިން ބަފައިންނަކީ ރައްޔިތުންގެ ޙާއްސަމަޖިލީހެވެ. މި ޙާއްސަ މަޖިލިސް ވަނީ ނުހަނު ބުރަމަސައްކަތުން ގާނޫނު އުފަން ކުރުވާފައެވެ. އެހެން ނަމަވެސް ޤާނޫނު އޭގެ ޅަފަތުގައި ވަނިކޮށް މިޙާއްސަ މަޖިލިސް ވަނީ އުވިފައެވެ. ނުވަތަށް ނިޔާވެފައެވެ. އެހެންކަމުން ދެން ގާނޫނު ބެލެހެއްޓުމާ ހަވާލުވީ ރައްޔިތުންގެ މަޖިލީހެވެ.

އާދެ ޤާނޫނަށް ދޮންމަންމައަކު ލިބުނީއެވެ. ވާހަކަތަކުންނާއި ފިލްމުތަކުން ވާގޮތަށް ދޮންމަންމައިން ނަކީ އެހާ ހެޔޮ ބައެއް ނޫނެވެ. ކަންތައް ވީވެސްހަމަ އެހެންނެވެ. ޤާނޫނު ހެޔޮގޮތުގައި ބަލައި އިސްލާހުކުރުމުގެބަދަލުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނާއިމެދު އިހާނެތިކޮށްހިތިއެވެ. މޭޒުމަތީގައްޔާ ތަންތާ ތަޅާ ކޮޅުފައިންވެސް ޖެއްސެވިއެވެ. އޭގެއިތުރައް ކުޅުޖެއްސެވުމާއި ޤާނޫނު އިރާލެއްވުން ފަދަ 'ލާއިންސާނީ' އަމަލުތަށް އެ ޤާނޫނާމެދު ހިންގެވި އެވެ.

ދިރުން ހުރިއެއްޗަކަށް ކެތްކުރެވޭނީވެސް ވަކިވަރަކަށް ތާއެވެ. އެގޮތުން ދޮންމަންމަގެ އަނިޔާވެރިކަމަށް ކެތްނުކުރެވިގެން ޤާނޫނު ރައްކާތެރިކަން ހޯދަން ދިޔައީ ޤައުމުގެ އެންމެ ޤަދަރުވެރި، އެންމެ އިންސާފްވެރި ފަރާތް އާދެ ފަނޑިޔާރު ގެޔަށެވެ. މިކަން އެންގިގެން ދިޔައީ ދާދިފަހުން ވޯޓާއި ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އެކޯޓުގެ ކޯޓު އަމުރުންނެވެ. މި ކޯޓުއަމުރު ނިންމާލާފައި ވަނީ ސާފުބަހުން ޤާނޫނުގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓްކަމުގައި ބަޔާން ކުރަމުންނެވެ.

ވީމާ މިހުރިހާކަންތަކަށް ބަލާއިރު އަޅުގަނޑަށް ދޭހަވަނީ ޤާނޫނަކީ ދިރުމެއްވާ އެއްޗެއްކަމެވެ. ތިބޭފުޅުން ދެކިލައްވަނީ ކިހިނަކުންތޯއެވެ؟ ހިޔާލަކީ ތަފާތުއެޗެއް ކަމުން އަޅުގަނޑުގެ ހިޔާލާ ތިބޭފުޅުންގެ ހިޔާލު ތަފާތުވުމަކީ އެކަށީގެންވާކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިވަގުތަކީ ކުންފުނިތަކުގެ ގޮހޮރުގައި އޮތް އެއްޗެއްވެސް ބަލަންޖެހޭ ވަގުތު!

މިވަގުތަކީ ކުންފުނިތަކުގެ ގޮހޮރުގައި އޮތް އެއްޗެއްވެސް ބަލަންޖެހޭ ވަގުތު!

26 ޖުލައި 2019
އިންތިޚާބަކީ ބާޠިލުކުރާ އެއްޗެއް ހެއްޔެވެ؟

އިންތިޚާބަކީ ބާޠިލުކުރާ އެއްޗެއް ހެއްޔެވެ؟

13 އޮކްޓޯބަރު 2018
ދަރަންޏޭ ކިޔައިގެން ތިކިޔޭ އެއްޗެއް ސަރުކާރަށް އެބަ އެނގޭތަ؟

ދަރަންޏޭ ކިޔައިގެން ތިކިޔޭ އެއްޗެއް ސަރުކާރަށް އެބަ އެނގޭތަ؟

03 ޑިސެމްބަރު 2017
މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

މަސީހު އެވެ، ފޮތުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަށް އެނގެއެވެ. ތިވަރަށް އޮޅުވާލައްވަން ހެޔޮނުވާނެ އެވެ!

23 ނޮވެމްބަރު 2017
މަރުވެފައިވާ ހަށިތައް ނޫން އެއްވެސް އެއްޗެއް ނުފެނޭ

މަރުވެފައިވާ ހަށިތައް ނޫން އެއްވެސް އެއްޗެއް ނުފެނޭ

16 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު