Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ރިސޯޓް މުވައްޒަފުންނަށް އެމީހުންގެ ރަށަށް ދެވޭނެ އިންތިޒާމުތައް މިދަނީ ހަމަޖައްސަމުން: އަލީ ވަހީދު

މިނިސްޓަރ ވިދާޅުވީ މިކަމުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރިސޯޓްތަކުގެ މުވައްޒަފުން މާލެ ނުގެނެސް އެމީހުންގެ ރަށަށް ފޮނުވާލުމާއި ގުޅޭގޮތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އެޕްރީލު 2020 | ހޯމަ 12:51
އަލީ ވަހީދު

އަލީ ވަހީދު

ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ރިސޯޓުތަކުގައި ތާށިވެފައި ތިބި ސްޓާފުންނަށް ރަށަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ގިނަ އަދަދެއްގެ ރިސޯޓް މުވައްޒަފުންތަކެއް ރިސޯޓްތަކުގައި ތާށިވެފައިތިބި އިރު މާލެ ލޮކްޑައުން ވުމާއި ގުޅިގެން މާލޭގައި ގިނަ އަދަދެއްގެ ރިސޯޓް މުވައްޒަފުން ވަނީ ތާށިވެފަ އެވެ. އަދި އެމީހުންނަށް ރަށަށްދެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ނުވާތީ އެކަމުގެ ޝަކުވާތައް އެމީހުން އަންނަނީ ކުރަމުންނެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެފަދަ މީހުން ރަށަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރިސޯޓްތަކުގެ މުވައްޒަފުން މާލެ ނުގެނެސް އެމީހުންގެ ރަށަށް ފޮނުވާލުމާއި ގުޅޭގޮތުން ކަމަށެވެ. އެންމެ މުވައްޒަފަކު ނަމަވެސް ރިސޯޓެއްގައި ހުރި ނަމަ ޚާއްސަ ސަމާލުކަމެއް ދީގެން އެކަން ކުރަމުން ގެންދަވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މީގެއިތުރުން ކުރެއްދޫގައި ތިބި ހުރިހާ ސްޓާފުންގެ ޓެސްޓްތައް ނިމެނުންދާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިން ރިސޯޓުން ފޭބޭ ގޮތަށް އޮތީ އެންމެ ފަހު ޓޫރިސްޓު ފައިބާތާ 14 ދުވަސް ފަހުންނެވެ. އެހެން ނަމަވެސް މާލެއިން ކޮވިޑް-19 ފެނުމާއެކު ފަހުން ރާއްޖޭގެ އެއްވެސް ރަށަކުން އެހެން ރަށަކަށް ދަތުރު ނުކެރެވޭ ގޮތަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އެންގުމެއް ނެރެފަ އެވެ. އަދި މާލެ ސިޓީ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު