Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ޖެނުއަރީ 1951 ގައި ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑް އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ އިދާރީ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 މެއި 2024 | ހޮނިހިރު 12:35
ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑުގެ ފުލް ކޮންޓްރޯލް އޮންނަނީ އިންޑިއާ ސަރުކާރުގައި، އެތަން ހިންގަނީ އަސްކަރިއްޔާއިން

ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑުގެ ފުލް ކޮންޓްރޯލް އޮންނަނީ އިންޑިއާ ސަރުކާރުގައި، އެތަން ހިންގަނީ އަސްކަރިއްޔާއިން

ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާކަމަށް ބުނެ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ގެނައި މަދަނީންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ދަށުން ހިންގާ މުއައްސަސާއަކުން ގެނައި ބައެއްކަމަށް ހާމަވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް ފޮނުވާލާ، އެ ސިފައިންގެ ބަދަލުގައި މަދަނީން ގެނެސްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސެނަހިޔާގައި މަސައްކަތް ކުރަން ތިބި ޑޮކްޓަރުން ފިޔަވައި، ހުރިހާ ސިފައިން ރާއްޖެއިން ފައިބާފައިވާ ކަމަށެވެ.

މި ނޫސްވެރިންގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ 76 ސިފައިން ފޮނުވާލީ މިދިޔަ ތިން މަހުގެ ތެރޭގައި ހަ ތާރީހެއްގެ މަތިން ކަމަށެވެ. ތަފްސީލުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ 7 މާޗު ގައި އައްޑޫ ގަމުގައި ތިބި 12 ސިފައިން، 9 މާޗުގައި އައްޑޫ ގަމުގައި ތިބި 14 ސިފައިން، 7 އޭޕްރީލްގައި ހަނިމާދޫގައި ތިބި 13 ސިފައިން، 9 އޭޕްރީލްގައި ހަނިމާދޫގައި ތިބި 12 ސިފައިން، 7 މެއިގައި ކައްދޫގައި ތިބި 12 ސިފައިން، އަދި 9 މެއިގައި ކައްދޫގައި ތިބި 13 ސިފައިން ފައިބައިފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަދަނީންގެ ގޮތުގައި ބަލާފައިވަނީ ހެލިކޮޕްޓަރު އުފެއްދި ކުންފުނިން ފޮނުވާފައިތިބި މީހުން ކަމަށެވެ. އަދި އެއީ އަސްކަރީ މީހުންނެއް ނޫން ކަމަށެވެ. އަދި އެއީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް ކިޔާ ކުންފުންޏަކުން އައިސް ތިބި މީހުން ކަމަށާއި، އެއީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މީހުން ކަމަށެވެ.

ނަމަވެސް ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް އަކީ ޕްރައިވެޓް ކުންފުންޏެއް ނޫންކަން ވަނީ ހާމަވެފައެވެ. ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑްގެ ނަމުން އުފެދުނު ކުންފުނި އުފެއްދީ އިންޑިއާގައި މަތިންދާބޯޓު އުފެއްދުމުގެ މަގުސަދުގައި އޭރުގެ މައިސޫރު ސަރުކާރާ ގުޅިގެން ވަލްޗަންދު ހިރާޗަންދު ކިޔާ މީހަކު 23 ޑިސެމްބަރު 1940 ގައި ބެންގަލޫރުގައެވެ.

1941 ވަނަ އަހަރުގެ މާރޗް މަހު އިންޑިއާ ސަރުކާރު ކުންފުނީގެ އެއް ހިއްސާދާރުންނަށް ވެ، އޭގެ ފަހުން 1942 ވަނަ އަހަރު ކުންފުނީގެ ހިންގުމާ ވަނީ ހަވާލުވެފައެވެ. އަދި އެމެރިކާގެ އިންޓަ ކޮންޓިނެންޓަލް އެއާކްރާފްޓް ކޮމްޕެނީއާ ގުޅިގެން ހާލޯ ޓްރޭނަރ، ކަރޓިސް ހޯކް ފައިޓަރ އަދި ވަލްޓީ ބޮމްބަރ އެއާކްރާފްޓް އުފެއްދުމުގެ ވިޔަފާރި ފެށިއެވެ.

ޖެނުއަރީ 1951 ގައި ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑް އިންޑިއާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ އިދާރީ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވެއެވެ.

1963 ވަނަ އަހަރުގެ އޮގަސްޓް މަހު، ލައިސަންސްގެ ދަށުން މިގް-21 މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް ކުރުމަށް، އިންޑިއާ ސަރުކާރުގެ މުޅިން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އެރޮނޮޓިކްސް އިންޑިއާ ލިމިޓެޑް އުފެއްދިއެވެ.

އަދި ފެކްޓްރީތައް ގާއިމްކޮށްފައިވަނީ ނާސިކް (މަހާރާޝްތުރާ) އަދި ކޮރަޕޫތު (އޮޑިއްސާ) ގައެވެ. 1964 ވަނަ އަހަރުގެ ޖޫން މަހު އެޗްއެސް-748 ޓްރާންސްޕޯޓް މަތިންދާބޯޓުގެ އެއާފްރޭމް އުފެއްދުމަށް އެއާފޯސް ޔުނިޓެއްގެ ގޮތުގައި 1960 ވަނަ އަހަރު ކާންޕޫރުގައި ގާއިމްކުރި އެއާކްރާފްޓް މެނުފެކްޗަރިން ޑިޕޯ އޭއައިއެލްއަށް ބަދަލުކުރިއެވެ.

އޭގެ މާގިނަ ދުވަސްތަކެއްނުވެ، އިންޑިއާގައި ފަންނީ ހުނަރު މަދު އޭވިއޭޝަންގެ ދާއިރާއިން ވަސީލަތްތައް ރައްކާތެރިކޮށް، ހުރިހާ މަތިންދާބޯޓު އުފައްދާ ޔުނިޓްތަކުގެ ހަރަކާތްތައް ޕްލޭންކޮށް ކޯޑިނޭޓް ކުރެވޭނެ ގޮތަށް ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑާއި އޭއައިއެލް އެއްކުރުމަށް އިންޑިއާ ސަރުކާރުން ނިންމިއެވެ.

ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑާއި އެރޮނޮޓިކްސް އިންޑިއާ ލިމިޓެޑް ދެ ކުންފުނި އެއްކޮށްލާފައިވަނީ 1 އޮކްޓޯބަރު 1964 ގައި އިންޑިއާ ސަރުކާރުން ނެރުނު އަމުރަކާއެކުއެވެ. އަދި އެއްކުރުމަށްފަހު ކުންފުނީގެ ނަމުގެ ގޮތުގައި ދީފައިވަނީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (Hindustan Aeronautics Limited) އެވެ.

މި ކުންފުނީގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، އަސްކަރީ އުޅަނދުތައް ޑިޒައިން ކުރުމާއި، އުފެއްދުމާއި، ތަރައްގީކުރުމާއި އަދި މަރާމާތުކުރުމުގެ އިތުރުން އޯވަރހޯލް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެހެންކަމުގައިވާނަމަ އިންޑިއާ ސަރުކާރުން އަސްކަރީ އުޅަނދު އުފައްދަން އެކި މަރުހަލާތަކުގައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް، އަސްކަރިއްޔާއިން ބަލަހައްޓާ ތަނެއްގައި ތިބޭނީ އަސްކަރީ މީހުންނެވެ. އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާ ސިވީލިއަނުން ގެނައިކަމަށް ބުނެ ދައްކަނީ ދަޅައެވެ.

އެއްވެސް ގައުމެއްގައި އަސްކަރިއްޔާގައި، ސަލާމަތާއި ގުޅުންހުރި ކަންކަމުގައި މަދަނީ މީހުން މަސައްކަތެއް ނުކުރާނެއެވެ. އެއީ އަސްކަރިއްޔާގައި ވަކި ގާބިލްކަމެއް ހޯދައިގެން ވަކި ވަރަކަށް ކިޔަވައިގެން އައިސް ތިބެ ބަޔަކު ކުރާ ކަމެކެވެ.

ދިވެހި ރައްޔިތުންނަށް ދޮގު ހަދައިގެން ބުހުތާން ދޮގާއި މަކަރު މަތިމައްޗަށް ފުނި ފުންޏަށް ޖަހައިގެން ވެރިކަމަށް އައިސް މި ސަރުކާރުން އަދިވެސް އެ ދޮގުތައް ފޮރުވަން ހަދަނީ ދޮގެވެ. ދިވެހިންނަކީ "ގަމާރުން" ކަމަށް ހީކޮށް އަދިވެސް ސަރުކާރުން ދައްކަނީ ދޮގުގެ މައްޗަށް ކުޅެފައިވާ ފިލެމެކެވެ. ފަރުދާގެ ފުރަގަހުން މި ސަރުކާރު އޮތީ ކަރުތާ ފެނުގައެވެ.

ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑްއިންޑިއާ ސިފައިން ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާ ބައްދަލު ކުރައްވައިފި

ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާ ބައްދަލު ކުރައްވައިފި

26 ޖޫން 2024
އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ނިންމި މައްސަލައިގައި އެމެރިކާގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައި އޮއްވާ ޒަމީރު އެގައުމަށް

އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ނިންމި މައްސަލައިގައި އެމެރިކާގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައި އޮއްވާ ޒަމީރު އެގައުމަށް

24 ޖޫން 2024
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ ހެނދުނު ފުރައްސާރަ ކުރުމަށްފަހު، ހަވީރު ފިރުމާ ގޮތަށް!

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ ހެނދުނު ފުރައްސާރަ ކުރުމަށްފަހު، ހަވީރު ފިރުމާ ގޮތަށް!

10 ޖޫން 2024
އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު

އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު

09 ޖޫން 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު