Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ކާނިވަލް ކެންސަލް ކުރުން

30 އަހަރަށްފަހު ކްރިކެޓް ކާނިވަލް ކެންސަލް

މިއީ 1990 ވަނަ އަހަރު ބާއްވަން ފެށި މި ކާނިވަލް ކެންސަލް ކުރި ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 އެޕްރީލު 2020 | އާދީއްތަ 07:33
މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ކުރިއަށްގެންދިޔަ ކްރިކެޓް ކާނިވަލްގެ ތެރެއިން

މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ކުރިއަށްގެންދިޔަ ކްރިކެޓް ކާނިވަލްގެ ތެރެއިން

ކޮންމެ އަހަރަކުވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރަމަޟާން މަހުގައި ކުރިއަށްގެންދާ ކްރިކެޓް ކާނިވަލް، 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކެންސަލް ކޮށްފި އެވެ.

މިއަހަރުގެ މުބާރާތް ކެންސަލް ކުރީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެންނެވެ. މިއީ 1990 ވަނަ އަހަރު ބާއްވަން ފެށި މި ކާނިވަލް ކެންސަލް ކުރި ފުރަތަމަ ފަހަރެވެ. ކޮންމެ އަހަރަކުވެސް ފޯރިއާއެކު ކުރިއަށްދާ ކްރިކެޓް ކާނިވަލްގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ.

ގަލޮޅު ދަނޑުގައި 1990 ވަނަ އަހަރު ބާއްވަން ފެށި މި ކާނިވަލް އެންމެ ފުރަތަމަ އިންތިޒާމުކުރި އަމިއްލަ ފަރާތަކުންނެވެ. އޭރު ކާނިވަލްގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ ޓެނިސް ބޯޅައަކުންނެވެ. ކްރިކެޓް ބޯޑުން މި ކާނިވަލް އިންތިޒާމުކުރަން ފެށީ 1992 ވަނަ އަހަރުން ފެށިގެންނެވެ.

ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައިވެސް ވަނީ ޖުމުލަ 33 ޓީމު ވާދަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ ކްރިކެޓް ކާނިވަލް ކެންސަލްކޮށް، ކްރިކެޓްގެ އިތުރު ހަރަކާތްތައްވެސް ހުއްޓުމަކަށް އައިސްފައިވާއިރު، މިހާތަނަށް ރާއްޖެއިން 177 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

ރޮމްބަސް ރަމަޟާން ކްރިކެޓް ކާނިވަލް: ރޮމްބަސްގެ މައްޗަށް ދަމާސް ކުރިހޯދައިފި

03 ޖޫން 2017
ރޮމްބަސް ރަމަޟާން ކްރިކެޓް ކާނިވަލް: ރޮމްބަސްގެ މައްޗަށް ދަމާސް ކުރިހޯދައިފި
28 މެއި 2017

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

28 މެއި 2017
ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި
22 މެއި 2017

ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް

22 މެއި 2017
ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް
30 އެޕްރީލު 2017

ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ

30 އެޕްރީލު 2017
ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު