Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޭޝްފްލޯ އިތުރުކުރުމުގެ މައްސަލައަށް މާދަމާ ގޮތެއް

އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަނި ނެގުމުގެ މައްސަލަ މާދަމާ ކޮމެޓީއަށް ފޮނުވައި މާދަމާ ނިންމަނީ

މާދަމާގެ ޖަލްސާގައި ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 އެޕްރީލު 2020 | ހޮނިހިރު 16:56
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ކޮވިޑް-19 އާއި ގުޅިގެން އަންނަ އިގްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމާ ގުޅޭ މައްސަލަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލްކޮށްފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އާދިއްތަ ދުވަހުގެ ޖަލްސާގައި މިމައްސަލައަށް ވޯޓަށް އަހައި ކޮމެޓީއަށް ފޮނުއްވޭނެ ކަމަށެވެ. އަދި ކޮމެޓީން މިމައްސަލަ އާދިއްތަ ދުވަހު ދިރާސާ ކުރެއްވުމަށްފަހު، މަޖިލީހުގެ ތަޅުމަށް ކޮމެޓީގެ ރިޕޯޓް ހުށަހަޅައި، އާދިއްތަ ދުވަހުގެ ޖަލްސާގައި ކޭޝްފްލޯ އިތުރުކުރުމާ ގުޅޭ މިމައްސަލައަށް ވަކި ގޮތެއް ނިންމޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 4.4 ބިލިއަން ރުފިޔާގެ ދަރަނި ނެގުމާގުޅޭ މިމައްސަލަ ދިރާސާ ކުރުމަށް ފޮނުއްވާނީ މުޅި މަޖިލީހުގެ ކޮމެޓީއަށް ކަމަށެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ޖަލްސާގަ އެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާޢްދާގައި ބުނަނީ، ސަރުކާރުގެ އޯވަރޑްރާފްޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ ވޭތުވެދިޔަ 3 އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށްޖެހޭ އެވްރެޖް އާމްދަނީން 1 ޕަސެންޓަށްވުރެ އިތުރު ނުވާނޭގޮތުގެ މަތިން ސަރުކާރަށް އޯވަރޑްރާފްޓް (މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގުން) ދެވިދާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ސަރުކާރަށް މަރުކަޒީ ބޭންކުން ލިބެން އޮތް އޯވަރޑްރާފްޓްގެ އަދަދަކީ 219 މިލިއަން ރުފިޔާ އެވެ. އެއީ ވޭތުވެދިޔަ 3 އަހަރުގެ ޖުމްލަ އާމްދަނީގެ އަހަރަކަށްޖެހޭ އެވްރެޖް އާމްދަނީ 1 ޕަސެންޓް މިންވަރަކީ 219 މިލިއަން ރުފިޔާ ކަމަށްވާތީ އެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމުރު ފޮނުއްވާފައިވާ ލިޔުންތަކުން ސަރުކާރަށް 4.4 ބިލިއަން ރުފިޔާ ބޭނުން ވެއެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައި ވަނީ 219 މިލިއަން ރުފިޔާގައި ހުރި އޯވަރޑްރާފްޓް 4.4 ބިލިއަން ރުފިޔާއަށް ބަދަލުކޮށްދިނުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދެއްވުމަށެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އެހުއްދަ ދިނުމުގެ ބާރު ލިބިގެން ވެއެވެ.

މިފަދަ ހާއްސަ ހާލަތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ހާއްސަ އިގްތިޞާދީ އަދި މާލީ ޕެކޭޖްތަކެއް ތައާރަފްކޮށް ފާސްކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު