Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެދަލެންޑްސް ފުޓްބޯޅަ ލީގު

އަޔަކްސް އަށް ތަށި ނުލިބޭ ގޮތަށް ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކޮށްފި

ނެދަލެންޑްސްގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އެޕްރީލު 2020 | ހުކުރު 16:21
އަޔަކްސްގެ ތަރި ހަކީމް ޒިޔެކް

އަޔަކްސްގެ ތަރި ހަކީމް ޒިޔެކް

އެއްވަނައިގައި އޮތް އަޔަކްސް އަށް ތަށި ނުލިބޭ ގޮތަށް ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލް ކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ނެދަލެންޑްސްގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް އެގައުމުގައި ނުބޭއްވުމަށް އަންގާފައެވެ.

ސަރުކާރުގެ މި ނިންމުމާއެކު ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ގައުމުގެ ފުޓްބޯޅަ ލީގާއި ފުޓްބޯޅަ ސީޒަން އެއްކޮށް ހުއްޓާލުމަށް ނިންމާފައެވެ. އަދި ޔުއެފާގެ ލަފާގެ މަތިން މިހާރު ވަނީ މިކަން ފައިނަލް ކޮށްފައެވެ.

ނެދަލެންޑްސް ފުޓްބޯޅަ ލީގު މެދުކަނޑާލިއިރު، އެއްވަނައިގައި 56 ޕޮއިންޓާއެކު އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަޔަކްސް އެވެ. ދެވަނައިގައި އޮތް އޭޒެޑް އާލްކްމާ އަށްވެސް 56 ޕޮއިންޓު ލިބިފައިވާއިރު، އަޔަކްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އެކަމަކުވެސް ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން ލީގު ނިންމާލީ އަޔަކްސް އަށް ޗެމްޕިއަންކަން ނުލިބޭ ގޮތަށެވެ. އަދި މި ސީޒަނުގައި އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ލީގު ނިންމާލި ނަމަވެސް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައަޅަން ޔުއެފާއިން ވަނީ އަންގާފައެވެ. އެހެންކަމުން މިހާރު އޮތް ތާވަލާ އެއްގޮތަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަނުގައި ވާދަކުރާނީ އެއްވަނައިގައި އޮތް އަޔަކްސް އާއި ދެވަނައިގައި އޮތް އޭޒެޑް އާލްކްމާ އެވެ.

ތިންވަނައިގައި އޮތް ފެޔަނޫޑް އަށް ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޕީއެސްވީ އާއި ފަސްވަނައިގައި އޮތް ވިލެމް ވާދަކުރާނީ ޔޫރޮޕާ ލީގު ކޮލިފިކޭޝަނުގައެވެ.

ނެދަލެންޑްސް ފުޓްބޯޅަ ލީގު ކެންސަލްކުރިއިރު، މިއީ ޔޫރަޕްގެ ލީގެއް ކެންސަލް ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޔުއެފާ އިން ވަނީ ހާލަތު ތަން ނުދޭ ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލް ކުރަން ހާއްސަ ހުއްދައެއް ދޭން ނިންމާފައެވެ. ދެން ލީގުތައް ކެންސަލް ކުރަން އަމާޒުހިފާފައިވަނީ ބެލްޖިއަމް އާއި ސްކޮޓްލެންޑުންނެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ކޮލެޖު ޔުނިވާސިޓީ ވޮލީ މުބާރާތް: އެމްއެންޔޫ އިން ތަށި ދިފާއުކޮށްފި

16 މާރިޗު 2017
ކޮލެޖު ޔުނިވާސިޓީ ވޮލީ މުބާރާތް: އެމްއެންޔޫ އިން ތަށި ދިފާއުކޮށްފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު