Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ އުބް ޝަރުތުތަކެއް ކަނޑައެޅުން

ލީގުތައް ކެންސަލް ކުރަން ޔުއެފާގެ ވަކި ޝަރުތުތަކެއް

ނެދަލެންޑްސް، ސްކޮޓްލެންޑް އަދި ބެލްޖިއަމުން ވަނީ އެ ގައުމުގެ ލީގު ނިންމާލަން އަމާޒުހިފާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 އެޕްރީލު 2020 | ހުކުރު 15:32
ޔުއެފާގެ ހެޑްކުއާޓާސް ބޭރުން

ޔުއެފާގެ ހެޑްކުއާޓާސް ބޭރުން

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނދާލާފައިވާ ޔޫރަޕްގެ ބައެއް ލީގުތައް ކެންސަލް ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ކޮށްގެން ކަމަށް ޔުއެފާ އިން ބުނެފި އެވެ.

ޔުއެފާ އިން މި ގޮތަށް ނިންމީ ގިނަ ގައުމުތަކުން ލީގުތައް މިހާރު އޮތް ހިސާބުން ނިންމާލަން އެ އިދާރާގެ ލަފަޔަކަށް އެދެމުން އަންނާތީ އެވެ.

ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ބުރާސްފަތި ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމާއެކު ބޭއްވި ބައްދަލުވުމުގައި ޔުއެފާއިން ވަނީ އަލުން ފަށާނެ އެއްވެސް ގޮތެއް ފެންނަން ނެތް ގައުމުތަކަށް ލީގުތައް މިހާރު އޮތް ހިސާބުން ނިންމާލުމުގެ ފުރުސަތު ދީފައެވެ. އެކަމަކު ލީގުތައް ނިންމާލި ނަމަވެސް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅަން ޖެހެއެވެ. އެގޮތުން ޕްލޭއޮފް މެޗުތަކެއް ރާވައިގެން ނަމަވެސް، ލީގުގެ މަގާމުތައް ކަނޑައަޅަން ޖެހޭނެ ކަމަށް ޔުއެފާ އިން ވަނީ އަންގާފައެވެ.

މިހާތަނަށް ލީގުތައް ނިންމާލަން އަމާޒުހިފާފައިވަނީ ނެދަލެންޑްސް، ބެލްޖިއަމް އަދި ސްކޮޓްލެންޑުންނެވެ. އެގޮތުން ނެދަލެންޑްސްގެ ފުޓްބޯޅަ ލީގު ކެންސަލްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވާއިރު، ބެލްޖިއަމުން ވަނީ ބެލްޖިއަމް ޕްރޯ ލީގު ކެންސަލްކޮށް އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން ނިންމާފައެވެ. އަދި ސްކޮޓްލެންޑުން ވަނީ ފުރަތަމަ ޑިވިޝަން ފިޔަވައި ދަށް ލީގުތަށް ނިންމާލަން ކްލަބުތަކުގެ މެދުގައި ނެގި ވޯޓަކުން ފާސްކޮށްފަ އެވެ. އަދި އެ ގޮތަށް ސްކޮޓްލެންޑްގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ސްކޮޓިޝް ޕްރިމިއާޝިޕްވެސް ނިންމާލަން އެ ގައުމުގެ ޕްރޮފެޝަނަލް ލީގުގެ ބޯޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޔުއެފާއިން ބައެއް ލީގުތައް ކެންސަލް ކުރުމުގެ ހުއްދަ ދޭން ނިންމިއިރު، މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް އަލުން ފަށަން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުގޮސްފިނަމަ، ފުޓްބޯޅަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށް ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނދާލާފައިވާ ލީގުތައް ފުރިހަމަ ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ޔޫރޯ ފުޓްބޯޅަ އާއި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ފީފާއިން އަންނަނީ ބައިނަލްއަގުވާމީ މެޗުތައް މިއަހަރު ކުރިއަށް ނުގެންދިޔުމަށް މަޝްވަރާ ކުރަމުންނެވެ. އެހެންކަމުން ހޫނު މޫސުގައި ލީގުތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު