Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަމީތާބުގެ އޭބީ އާނީ ސީޑީ

ކޮވިޑް 19 އާއި ގުޅިގެން އަމީތާބުގެ އޭބީ އާނީ ސީޑީ އޮންލައިންކޮށް ބެލޭނެ!

މި ފިލްމު ރިލީޒްކޮށްފައި ވަނީ ކޮވިޑް 19 ފެތުރެން ފެށި ދުވަސްވަރު

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 23 އެޕްރީލު 2020 | ބުރާސްފަތި 13:21
އަމީތާބުގެ އޭބީ އާނީ ސީޑީ

އަމީތާބުގެ އޭބީ އާނީ ސީޑީ

އަމީތާބް ބައްޗަންގެ މަރާތީ ފިލްމް އޭބީ އާނީ ސީޑީ، ކޮވިޑް 19 އާއި ގުޅިގެން އެމޭޒޯން ޕްރައިމް ވީޑިއޯއިން ބެލޭގޮތް ހަމަޖައްސައިފިއެވެ.

އަކްޝޭ ބާދަޕޫކަރ ޕްރޮޑިއުސްކޮށް މިލިންދު ލެލޭ ޑައިރެކްޓްކުރި މި ފިލްމު ރިލީޒްކޮށްފައި ވަނީ ކޮވިޑް 19 ފެތުރެން ފެށި ދުވަސްވަރުގައެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ކުޅެފައިވާ މި ފިލްމަށް އެކަމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

އޭބީ އާނީ ސީޑީގެ ޕްރޮޑިއުސަރ އަކްޝޭ ބުނިގޮތުގައި ކޮވިޑް 19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެންމެ މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން މުޅި އިންޑިއާވެސް ލޮކްޑައުންއަކަށް ގޮސްފައިވާ މި ދަނޑިވަޅުގައި އެމޭޒޯން ޕްރަމްއިން އޮންލައިންކޮށް ފިލްމް ރިލީޒްކުރަން ނިންމާފައި ވަނީ މެއި މަހުގެ 1 ވަނަ ދުވަހުގައެވެ. ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސްކަމުގައިވާ މެއި މަހުގެ އެއްވަނަ ދުވަހު ފިލިމް ރިލީޒްކުރާއިރު، މެއި މަހުގެ އެއްވަނަ ދުވަހަކީ މަހާރަޝްޓްރާ ދުވަސް ގޮތުގައި ވެސް އިންޑިއާގައި ފާހަގަކުރާ ދުވަހަކެއެވެ.

ފިލްމް އޮންލައިންކޮށް ދެއްކުމަށް ހަމަޖައްސާފައިވާ ސްޓްރީމް ޕާޓްނަރ އެމޭޒޯން ޕްރައިމް އާއި ގުޅިގެން މެއި މަހުގެ އެއް ވަނަ ދުވަހު އެ ފިލްމް ދެއްކުމަށް ހަމަޖެއްސީ ކޮވިޑް 19 އާއި ދެކޮޅަށް މަސައްކަތްކުރަމުންދާ މަސައްކަތްތެރިންގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ މިއަހަރު ކުރިމަތިލާއިރު، ކޮވިޑް 19 އާއި ދެކޮޅަށް ސިއްހީ ޙިދުމަތްތެރިންންނާއި ކޮންމެ ގައުމެއްގެ ކަމާއި ބެހޭ މުވައްސަސާތަކުގެ މުވައްޒިފުން ދަނީ ކެނޑި ނޭޅި ރެޔާ ދުވާލު މަސައްކަތް ކުރަމުންނެވެ. އިންޑިއާ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، އެގައުމުގެ ފުލުހުންދަނީ ރައްޔިތުންގެ ޙައްގުގައި ރެޔޭ ދުވާލު މަގުތަކުގައި ޑިއުޓީ ކުރަމުންނެވެ. ލޮކްޑައުން ހާލަތުގައި ގޭގައި ތިބެގެން އަމީތާބުގެ މި ފިލްމް ބަލާލެވޭގޮތް ވުމަކީ އަމީތާބުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ހަދިޔާއެކެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު