Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އާއި އިންސާނީ ހައްގުތައް

ކޮރޯނާވައިރަސް އާއެކު އިންސާނީ ހައްގުތައް ނުރައްކަލުގެ ތެރޭގައިވާ ކަމުގެ އިންޒާރު އދ އިން ދީފި

ގުޓަރޭޒް ވިދާޅުވީ މިބަލި މަޑުކަމާ ގުޅުވައި އިންސާނީ ހައްގުތަކަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންދާ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އެޕްރީލު 2020 | ބުރާސްފަތި 09:11
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބަޔަކު ފުލުހުން ހައްޔަރުކުރަނީ

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބަޔަކު ފުލުހުން ހައްޔަރުކުރަނީ

ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާވައިރަސް އާއެކު އިންސާނީ ހައްގުތައް ނުރައްކަލުގެ ތެރެއަށްދާ ކަމުގެ އިންޒާރު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ދެއްވައިފި އެވެ.

ބުރާސްފަތި ދުވަހު އދ އިން ވަނީ މިބަލި މަޑުކަމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި، އިޖުތިމާއީ އަދި އިގްތިޞާދަށް ކުރިމަތިވެފައިވާ ކާރިސާ އާއެކު އިންސާނީ ހައްގުތައް ކަށަވަރު ކުރެވޭނެ ގޮތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެއް އާންމުކޮށްފަ އެވެ. މިރިޕޯޓް އާންމު ކުރައްވަމުން ގުޓަރޭޒް ވިދާޅުވީ މިބަލި މަޑުކަމާ ގުޅުވައި އިންސާނީ ހައްގުތަކަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންދާ ކަމަށެވެ.

ވައިރަސް ފެތުރުމުގައި އެއްވެސް ތަފާތެއް ނެތި މުޅި އިންސާނީ ނަސްލަށް ފެތުރެމުންދިޔަ ކަމުގައިވީ ނަމަވެސް މިކަމާއި ގުޅިގެން ދިމާވާ ކަންތައްތަކުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ގުޓަރޭޒް ވިދާޅުވި އެވެ. މިދިޔަ ޑިސެމްބަރ މަހު ޗައިނާގެ ވުހާން އިން ފެނުނު މިވައިރަސް މިހާތަނަށް އައިއިރު މުޅި ދުނިޔޭގެ 2.6 މިލިއަން މީހުންނަށް ވަނީ ޖެހިފަ އެވެ. އަދި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އެއްލައްކަ އަށްޑިހަތިން ހާހަށްވުރެ މައްޗަށް އަރާފަ އެވެ.

އދ ގެ މި ރިޕޯޓްގައި ވަނީ އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ މީހުންނާއި ރެފިޔުޖީންނާއި މުޖުތަމައުގައި އުޅޭ ބޭނުން ޖެހިފައިވާ މީހުން އެކަހެރި ކުރަމުންދާ ކަމަށެވެ. ދުނިޔޭގެ 131 ގައުމަކުން ބޯޑަރުތައް ވަނީ ބަންދު ކޮށްފައެވެ.

މީހުންގެ ޒާތީ ކަންކަމަށް ބެލުމާއި ގައުމީ ވަންތަކަމަށް ބެލުމާއި މުޖުތަމަޢުގައި އުޅޭ ބޭނުން ޖެހިފައިވާ މީހުންގެ ބޭނުން ތަކަށްވުރެ ބާރުގަަދަ މީހުންގެ ބޭނުންތައް މުހިންމު ކަމަށް ދެއްކުމާއި، އަމިއްލަ ގޮތްތައް މާބޮޑަށް ބޭނުން ކުރުމާއި އިންސާނީ ހައްގުތަކާއި ފުށުއަރާ ކަންކަން ބަލި މަޑުކަމާއި ސީދާ ގުޅުންނެތް ކަންކަމުގައިވެސް އަމަލު ކުރަމުންދާ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ގުޓަރޭޒް ވިދާޅުވި އެވެ.

ޗައިނާގައި އެންމެ ފުރަތަމަ ވައިރަސް ފެތުރެން ފެށުމާއެކު އެގައުމުގެ ޑޮކްޓަރުންނާއި ފުލުހުން ސުވާލުކޮށް އެއްވެސް ހެއްކެތްނެތި މީހުން ހައްޔަރުކޮށްގެން ގެންގުޅެފައިވެ އެވެ. ކެމްބޯޑިއާގެ ލީޑަރ ހުން ސެން ގެ މައްޗަށް ވަނީ ވެރިކަމުގެ ހުންނެވުމަށް މިވައިރަސް އެގައުމުގެ ތެރޭގައި ފެތުރުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. މިވައިރަސް އާ ގުޅޭގޮތުން ވާހަކަ ދެއްކި މީހުން ވަނީ އެގައުމުގައި ހައްޔަރުކޮށްފަ އެވެ.

ބުރާސްފަތި ދުވަހު އެމްނެސްޓީ އިންޓަރނޭޝަނަލް އިން ނެރުނު ރިޕޯޓެއްގައިވެސް ވަނީ ތައިލެންޑް ސަރުކާރުން އެގައުމުގެ ރައްޔިތުން ސޯޝަލް މީޑިޔާގައި ސަރުކާރާއި ރަސްކަމާއި ދެކޮޅަށް ލިޔާ މީހުންގެ މައްޗަށް ދައުވާކުރަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން ވައިރަސް އާ ގުޅޭ މައުލޫމާތު ތައްތައް ހުރި މީހުންނަށް އެގައުމުގެ ސަރުކާރުން ދިމާކޮށް އެމީހުންގެ އަޑުކަޑުވާލުމުގެ ކަންތައްތަކެއް ކުރުމުންދާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ޔޫރަޕް ލޮކްޑައުންގައި އޮތްއިރު އެކަން ތަންފީޒު ކުރަމުންދާ ފުލުހުން ބާރުގެ ބޭނުންކުރާ މިންވަރާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ގުޓަރޭޒް ވަނީ ގައުމުތަކުގެ ސަރުކާރުތަކަށް މިދަނޑިވަޅުގައި ކަންކަން ދެފުށް ފެންނަ ގޮތަށް އަދި ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށާއި މީޑިޔާގެ މިނިވަންކަން ދިނުމަށް ގޮވާލައްވާފަ އެވެ.

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ގޭތެރޭގައި ތިބިއިރު އެމީހުން ކުރަމުންދިޔަ މަސައްކަތްތަކާއި ވިޔަފާރިތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެކަމާއެކު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ބުނެފައިވަނީ 1930 ގައި ކުރިމަތިވި ޑިޕްރެޝަންގެ ހާދިސާއަށްފަހު މިއީ ދުނިޔެއަށް ކުރިމަތިވާ އެންމެ ބޮޑު ކާރިސާ ކަމަށެވެ.

އދ ގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވަނީ މި ބަލިމަޑުކަމާއެކު ދިމާވާ ކަންތައްތަކަށް ކުރިމަތިލާނެ ގޮތްތަކެއް ނުހޯދާނަމަ ކުރިމަތިވާ މައްސަލަތަކާއި ހާސްކަން ދާނީ އިތުރުވަމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގައި އުޅޭ މީހުންނަށް ބޮޑެތި އަސަރު ތަކެއްކޮށް މަދަނީ ބަސް ނޭހުންތަކަށް ދާނެކަމަށް ބުނެފައިވެ އެވެ.

" މީގައި ހަނދާންކުރަންވީ ނުރައްކަލަކީ ވައިރަސް. އިންސާނުންނެއް ނޫން. " ގުޓަރޭސް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި
13 ސެޕްޓެމްބަރު 2017

ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި

13 ސެޕްޓެމްބަރު 2017
ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި
04 ސެޕްޓެމްބަރު 2017

މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!

04 ސެޕްޓެމްބަރު 2017
މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
12 ޖުލައި 2017

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

12 ޖުލައި 2017
 އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު