Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ފަރުވާ ދެމުންދާ މީހުންގެ އަދަދު ދަށްވެއްޖ

ޗައިނާގައި ފަރުވާ ދޭ މީހުންގެ އަދަދު 1000ށް ވުރެ ދަށަށް

ޗައިނާގައި ބުދަ ދުވަހުގެ ނިޔަލަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ހުރީ 959 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އެޕްރީލު 2020 | ބުރާސްފަތި 07:24
ޗައިނާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރުންގެ ޓީމެއް މަަޝްވަރާ ކުރަނީ

ޗައިނާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރުންގެ ޓީމެއް މަަޝްވަރާ ކުރަނީ

ކޮވިޑް-19 އާއި ގުޅިގެން ޗައިނާގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 1000ށް ވުރެ ދަށަށް ހިނގައްޖެއެވެ.

ޗައިނާއިން މިހާތަނަށް 82،000ށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެގެން ރިޕޯޓްކޮށްފައިވާ އިރު، އެގައުމުގައި ބަލިން ސަލާމަތްވި މީހުންގެ އަދަދު ވަނީ 77،000ށް ވުރެ މައްޗަށް އަރާފައެވެ. މި ތަފާސް ހިސާބުތައް ދައްކާގޮތުން 81،000 ގިނަ ކޭސް ވަނީ ކްލޯސްޑް ކޭސް ގޮތުގަ ހިމެނެއެވެ. އޭގެ ތެރޭގައި 4،600ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއީ ކްލޯސްޑް ކޭސްގެ 6 އިންސައްތައެވެ. ރަނގަޅުވި މީހުންގެ އަދަދު 77،200ށް ވުރެ މައްޗަށް އަރާފާއިވާ އިރު މިއީ ކްލޯސްޑް ކޭސްގެ 94 އިންސައްތައެވެ.

އެކްޓިވް ނުވަތަ ފަރުވާ ދެމުން އަންނަ މީހުންގެ ނިސްބަތަށް ބަލާއިރު، މިވަގުތު ޗައިނާގައި ފަރުވާ ދެމުން އަންނަނީ 950ށް ވުރެ ގިނަ މީހުންނެވެ. މީގެ ތެރެއިން 890ށް ގިނަ މީހުންނަކީ އާންމު ހާލަތުގައި ފަރުވާ ދެމުން އަންނަ މީހުންނެވެ. މިއީ އެކްޓިވް ކޭސްގެ 93 އިންސައްތައެވެ. ކްރިޓިކަލް ނުވަތަ ހާލުބޮޑުވެގެން ފަރުވާ ދެމުން އަންނަނީ 63 ވަރަކަށް މީހުންނަށެވެ. މިއީ އެކްޓިވް ކޭސްގެ 7 އިންސައްތައެވެ.

ޗައިނާއިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޗައިނާއިން ފެނުނު ގޮތް ނޭނގޭ ބައްޔަކީ ކޮވިޑް-19 ކަމަށް ކަނޑައެޅި އިރު އެގައުމުގައި އެންމެ ފުރަތަމަ ބަލި ފެނުނު ހުބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ގިނަ އަދަދެއްގެ ކޭސްތަކެއް ރިޕޯޓްކުރަމުންއައެވެ. ނަމަވެސް ޗައިނާއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ބަލި ފެތުރުން ކުޑަކޮށްފައިވަނީ މާރޗް މަހުގެ ކުރީ ކޮޅުގައެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު