Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރަޕްގެ ލީގުތައް ކެންސަލް ކުރުން

ބައެއް ލީގުތައް ކެންސަލް ކުރަން ޔުއެފާއިން ހުއްދަ ދެނީ

ނެދަލެންޑްސް، ސްކޮޓްލެންޑް އަދި ބެލްޖިއަމުން ވަނީ އެ ގައުމުގެ ލީގު ނިންމާލަން އަމާޒުހިފާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އެޕްރީލު 2020 | ބުދަ 09:59
ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން

ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނދާލާފައިވާ ޔޫރަޕްގެ ބައެއް ލީގުތައް ކެންސަލް ކުރުމަށް ހާއްސަ ހުއްދައެއް ދޭން ޔުއެފާއިން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ޔޫރަޕްގެ ގަދަ ފަސް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އީޓާލިއަން ލީގާއި، ޖަރުމަން ލީގުގެ އިތުރުން ފްރެންޗު ލީގު ވަނީ މެދު ކަނދާލާފައެވެ. އަދި ޔުއެފާއިން ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް މެދ ކަނދާލާފައެވެ. ޔޫރަޕްގައި މިހާރު ކުރިޔަށްދާ ހަމައެކަނި ފުޓްބޯލަ ލީގަކީ ބެލަރޫސިއަން ޕްރިމިއާ ލީގެވެ.

މިހާތަނަށް ލީގުތައް ނިންމާލަން އަމާޒުހިފާފައިވަނީ ނެދަލެންޑްސް، ބެލްޖިއަމް އަދި ސްކޮޓްލެންޑުންނެވެ. އެގޮތުން ނެދަލެންޑްސްގެ ފުޓްބޯޅަ ލީގު ކެންސަލްކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވާއިރު، ބެލްޖިއަމުން ވަނީ ބެލްޖިއަމް ޕްރޯ ލީގު ކެންސަލްކޮށް އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ތަށި ދޭން ނިންމާފައެވެ. އަދި ސްކޮޓްލެންޑުން ވަނީ ފުރަތަމަ ޑިވިޝަން ފިޔަވައި ދަށް ލީގުތަށް ނިންމާލަން ކްލަބުތަކުގެ މެދުގައި ނެގި ވޯޓަކުން ފާސްކޮށްފަ އެވެ. އަދި އެ ގޮތަށް ސްކޮޓްލެންޑްގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ސްކޮޓިޝް ޕްރިމިއާޝިޕްވެސް ނިންމާލަން އެ ގައުމުގެ ޕްރޮފެޝަނަލް ލީގުގެ ބޯޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ވީޑިއޯކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމާއެކު ބޭއްވި ބައްދަލުވުމުގައި ޔުއެފާއިން ވަނީ ހާލަތު ތަން ނުދޭ ބައެއް ގައުމުތަކުގެ ލީގުތައް ކެންސަލް ކުރަން ހާއްސަ ހުއްދައެއް ދޭން ނިންމާފައެވެ. އެކަމަކު ޔުއެފާއިން ބުނީ ބައެއް ލީގުތައް ކެންސަލް ކުރަން ހާއްސަ ހުއްދައެއް ދޭން ނިންމި ނަމަވެސް، ޔޫރަޕްގެ ބޮޑެތި ލީގުތައް ކެންސަލް ނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ޖޫން މަހު ލީގުތަކުގެ ކުޅުން އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން ޔުއެފާއިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮގަސްޓް މަހުގެ 29 އަށް ތާވަލުކުރަން މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.

ލީގުތައް ޖޫން މަހު އަލުން ފަށަން ޔުއެފާއިން މަސައްކަތް ކުރަމުންދާއިރު، މެދުކަނޑާލާފައިވާ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަށް އަލުން ފަށަން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ނުގޮސްފިނަމަ، ފުޓްބޯޅަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށް ޔުއެފާ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ސެފެރިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނދާލާފައިވާ ލީގުތައް ފުރިހަމަ ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ޔޫރޯ ފުޓްބޯޅަ އާއި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ފީފާއިން އަންނަނީ ބައިނަލްއަގުވާމީ މެޗުތައް މިއަހަރު ކުރިއަށް ނުގެންދިޔުމަށް މަޝްވަރާ ކުރަމުންނެވެ. އެހެންކަމުން ހޫނު މޫސުގައި ލީގުތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި

15 އޯގަސްޓު 2017
ވީއޭއެމް އެކްސޯގެ ބައެއް މެމްބަރުން އަދި އޮފިޝަލުން ސޮނޭވާ އަށް އަރުވަން ދެކޮޅު ހެދުމުން ފައިނަލް މެޗު ކެންސަލްކޮށްފި
12 އޯގަސްޓު 2017

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

12 އޯގަސްޓު 2017
މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
19 ޖުލައި 2017

ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ

19 ޖުލައި 2017
ނިކުތީ ތިން ޕޮއިންޓް ހޯދަން، ކޮލިފައިވަނީ ކޮން ބައެއްތޯ ބަލާކަށް ނޫން: ސޮބާ
02 ޖުލައި 2017

ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް މެތިއުއަށް ބާސާ އިން ހުއްދަދީފި

02 ޖުލައި 2017
ސްޕޯޓިންއާއެކު ތަމްރީން ހެދުމަށް މެތިއުއަށް ބާސާ އިން ހުއްދަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު