Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިމާންޑުކުރަނީ ރައީސް ޔާމީން ދޫކޮށްލަން

ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ބުނާއިރު، ޑިމާންޑް ކުރަނީ ރައީސް ޔާމީން ދޫކޮށްލަން: އާޒިމް

22 އެޕްރީލު 2020 | ބުދަ 09:36

މާލެ މަގުމަތިވާ މީހުންނާމެދު އަމަލު ކުރާނެ ގޮތެއް ސަރުކާރުން ހާމަ ނުކުރައްވާ ކަމަށް ޝަރީފް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 އެޕްރީލު 2020 | ބުދަ 09:36
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، އިދިކޮޅު ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް އެފަރާތްތަކުން ގޮވާލަމުންދާއިރު، އިދިކޮޅު ފަރާތްތަކުންގެ މައިގަނޑު ޑިމާންޑަކަށް ވެފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ދޫކޮށްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އަލީ އާޒިމް މިހެން ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، ރަށްރަށުން މާލެއައިސްފައި ތިބި މީހުންނަށް ރަށަށް ފުރޭނެގޮތެއް ނެތި، މާލޭގައި ތިބެންޖެހިފައިވުމާއި އަދި ކުލި ނުދެއްކިގެން މަގުމަތިވެފައިވާ ފަރާތްތަކާއި ހާލުގައިޖެހިފައިވާ ފަރާތްތަކާ މެދު ސަރުކާރުން އަމަލުކުރާނެ ގޮތަކީ ކޮބައިތޯ ބެލުމަށާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އާދަމް ޝަރީފް އުމަރު ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ.

Advertisement - newsAdvertisement

މިމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމަށްފަހު، ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ ކުއްލިއަކަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތި ވެފައިވާ ކަމަށެވެ. އަދި ހާލަތުން އަރައިގަތުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށާއި ސިޔާސީ ފިކުރު އެއްކޮށް އެއްފަރާތް ކުރުމަށްފަހު، ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރުމަށްވެސް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ.

ޝަރީފް އެގޮތަށް ގޮވާލެއްވިއިރު، ޝަރީފްގެ ފަހަތުން ފެންނަން ހުރީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ހަރު ކޮށްފައިހުރި ޕޯސްޓަރުތަކެކެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ، މިވަގުތަކީ އެއްވެސް ފަރާތަކަށް އެހާފަސޭހަ ވަގުތެއް ނޫންކަމަށާއި މިވަގުތަކީ ސަރުކާރަށް ވެސް އެހާ ފަސޭހަ ވަގުތެއް ނޫން ކަމަށެވެ. އަދި ދިވެހި އެއްވެސް ރައްޔިތަކަށް އެހާ ފަސޭހަ އަދި ހިތްގައިމު ވަގުތުތަކެއް ނޫން ކަމަށާއި، ރައްޔިތުންނަށް ދިމާވެފައި މިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

މިހާލަތުގައި ވެސް އިދިކޮޅު ފަރާތްތަކުގެ މައިގަނޑު މަސައްކަތެއް ގޮތުގައި ފާހަގަ ކުރެވިފައިވަނީ ރައީސް ޔާމީން މިނިވަން ކުރުންކަމަށް ވެއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ސޯސަލް މީޑިއާގައި ވެސް ޝުއޫރު ފާޅުކުރަމުން ދެއެވެ.

އާޒިމް ވިދާޅުވީ، ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި މައިގަނޑު ފާހަގަ ކުރައްވާފައިވަނީ ދެ ކަމެއް ކަމަށެވެ. އެއީ، މާލެ ސަރަހައްދު ލޮކްޑައުންގެ މިހާލަތުގައި، ގެދޮރު ނެތި މަގުމަތި ވެފައިވާ މީހުންނާއި އަޅާލާނެ މީހުންނެތް އުމުރުން ދުވަސްވީ މީހުންނާމެދު ސަރުކާރުން ކަންކަން ކުރާނެ ގޮތެއް އެނގިފައިނުވާތީ އާއި މިހާލަތުގައި ވަގުތީ ގޮތުން މާލެ އައިސް ތިބި ބޯޓުތަކާއި އެކިއެކި ބޭނުންތަކުގައި މާލެއައިސްތިބި ފަރާތްތަކަށް ރަށަށް ނުފުރިފަ، މާލޭގައި ތާށިވެފައިތިބުމުން ސަރުކާރުން އެމީހުންނާމެދު ކަންކުރާނެ އުސޫލެއް އެނގިފައި ނުވާތީ، ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއްކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށާއި މީޑީއާތަކަށް ފޯރުކޮށްދޭ މައުލޫމާތުތައް ރަނގަޅަށް އަޑު އައްސަވާނަމަ ޝަރީފަށް ވެސް ހުންނާނީ ސަރުކާރުން މިކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ލިބިލައްވާފައި ކަމަށެވެ. އާޒިމް ވިދާޅުވީ، ޝަރީފް ހުށަހެޅުއްވި ކަންކަމާ ގުޅޭގޮތުންން ސަރުކާރުން މިހާތަނަށް ވަރަށް ގިނަ މައުލޫމާތު މީޑިއާތަކަށް ހިއްސާކޮށްފައިވާ ކަމަށާއި އަދި ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް