Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އަށް ފަރުވާކުރުން

ކޮވިޑް-19 އަށް ފަރުވާއެއް ލިބިއްޖެނަމަ ޤައުމުތަކަށް ހަމަހަމައަށް ފޯރުކޮށްދިނުމުގެ ޤަރާރަށް އިންޑިއާއިން ތާއީދުކޮށްފި

އިންޑިއާއަކީ މި ޤަރާރަށް ކޯ-ސްޕޮންސަރކޮށް، ތާއީދުކުރި 179 ޤައުމުތަކުގެ ތެރެއިން އެއް ޤައުމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އެޕްރީލު 2020 | ބުދަ 08:57
މިހާރުވެސް އިންޑިއާއިން ދަނީ އެކި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން

މިހާރުވެސް އިންޑިއާއިން ދަނީ އެކި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން

ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ލިބިއްޖެނަމަ ޤައުމުތަކަށް ހަމަހަމައަށް ފޯރުކޮށްދިނުމަށް ގޮވާލާ ޤަރާރަށް އިންޑިއާއިން ތާއީދުކޮށްފިއެވެ.

ހޯމަ ދުވަހު އދ ގެ 193 މެމްބަރުންގެ ޖެނެރަލް އެސެމްބްލީން ބަލައިގަތް މި ޤަރާރަށް އިންޑިއާއިންވެސް ތާއީދުކޮށްފައިވާއިރު، ޤައުމުތަކަށް އެއް ހަމައެއްގައި ފަރުވާ ފޯރުކޮށްދިނުމަށާއި، ވެކްސިނެއް އުފެއްދިއްޖެ ނަމަވެސް ހުރިހާ ޤައުމަކަށްވެސް އަވަސް މިނެއްގައި ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޤަރާރުގައި ގޮވާލާފައިވެއެވެ. އެގޮތުން އިންޑިއާއަކީ މި ޤަރާރަށް ކޯ-ސްޕްންސަރކޮށް، ތާއީދުކުރި 179 ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

މެކްސިކޯއިން ޑްރާފްޓްކޮށް، އެމެރިކާއިންވެސް އެއްބާރުލުން ދީފައިވާ މި ޤަރާރުގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް އުފައްދާ ބޭހާއި ވެކްސިންގެ އިތުރުން، މިހާރު ބޭނުން ކުރަމުންދާ މެޑިކަލް އާލަތްތަކާއި، ކޮވިޑް-19 ޓެސްޓް ކިޓްގެ އިތުރުން، ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ޕްރޮޓެކްޓިވް އިކުއިޕްމަންޓުތައްވެސް އެއް ހަމައެއްގައި ޤައުމުތަކަށް ފޯރުކޮށްދިނުމަށް ގޮވާލާފައިވެއެވެ.

އިންޑިއާއިން މި ޤަރާރަށް ތާއީދުކޮށްފައިވާއިރު، މިހާރުވެސް އިންޑިއާއިން ދަނީ އެކި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ ހައިޑްރޮކްސީކްލޮރޯކުއިން ފަދަ ބޭސްތައް ގިނަ ޤައުމުތަކަށް މިހާރުވެސް އިންޑިއާއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެކަން ފާހަގަކޮށް އދ އިންވެސް އިންޑިއާއަށް ތައުރީފް ކޮށްފައިވެއެވެ.

އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން ޤައުމުތަކުގެ ތެރޭގައި އެމެރިކާ، މޮރީޝަސް، ސިޝެލްސް، އަފްގާނިސްތާން، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި ދިވެހިރާއްޖެވެސް ހިމެނެއެވެ.

މި ޤަރާރަކީ ކޮވިޑް-19 އަކީ ޕެންޑެމިކްއެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައެޅިފަހުން އދ އިން ބަލައިގަތް އެފަދަ ދެވަނަ ޤަރާރެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2021

ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒް ފަޤީރު ޤައުމުތަކަށް ދެނީ

22 ޖެނުއަރީ 2021
ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒް ފަޤީރު ޤައުމުތަކަށް ދެނީ
25 މެއި 2020

ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލައިފި

25 މެއި 2020
ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލައިފި
04 މެއި 2020

ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!

04 މެއި 2020
ޗައިނާއިން ކޮވިޑް19 ރިޕޯޓްކުރުމުގެ ކުރިން ފްރާންސުން ނެގި ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް!
03 މެއި 2020

ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!

03 މެއި 2020
ރަޝިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް19 ފެތުރެނީ!
01 މެއި 2020

ކޮވިޑް-19 އަށް ކާމިޔާބު ފަރުވާއެއް ހޯދިފައިވާކަމަށް ޔޫއޭއީން ބުނެފި

01 މެއި 2020
ކޮވިޑް-19 އަށް ކާމިޔާބު ފަރުވާއެއް ހޯދިފައިވާކަމަށް ޔޫއޭއީން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު