Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާއިން ވިއްކާ ހަތިޔާރު

އެމެރިކާއިން އެކި ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދޭ އުސޫލަށް ބަދަލުގެނެސްފި

ހަތިޔާރު ފޮނުވުމުގެ ނިޒާމަށް ވަނީ ބަދަލު ގެނެސްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 27 މެއި 2018 | އާދީއްތަ 07:56
ސިފައިންތަކެއް ބަޑި ހިފައިގެން

ސިފައިންތަކެއް ބަޑި ހިފައިގެން

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކަށް، އެޤައުމުގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ މައި އިދާރާ، ޕެންޓަގަންއިން ހަތިޔާރު ފޮނުވުމަށް ހޭދަވާ މުއްދަތު އަވަސްކުރުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފިއެވެ.

މިގޮތަށް ނިންމާފައިވަނީ ހަތިޔާރު ފޯރުކޮށްދިނުމުގެ އޮނިގަނޑާއި މިންގަނޑަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ގެނައި ބަދަލާއިއެކު ވަގުތާއި ހާލަތަށް ބަލައި އެމެރިކާއިން އެކި ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ގެންގުޅޭ ގަވާއިދަށް ބަދަލުތައް ގެނައުމުގެ ފުރުޞަތު ވަނީ ހުޅުވިގެން ގޮސްފައެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ، ރޮމޭނިއާ، ޖަޕާން އަދި ދެކުނު ކޮރެއާ ހިމެނެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއާއި ނޭޝަނަލް ސެކުރިޓީއާ ބެހޭ މައުލޫމާތު ޝާއިޢު ކުރަމުންދާ ނޫހެއް ކަމަށްވާ ޑިފެންސް ވަން އިން ވަނީ އެމެރިކާގެ ޑިފެންސް އަންޑަރ ސެކްރެޓެރީ، އެލެން ލޯޑާއި ހަވާލާދީ، ޤައުމުތަކަށް ހަތިޠަރު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު އާންމުންނާ ހިއްސާ ކޮށްފައެވެ. އެ ނޫހުގައި ޝާއިޢު ކޮށްފައިވާ ގޮތުގައި އެމެރިކާއިން ދަނީ އެކި ޤައުމުތަކާ ހަތިޔާރު ފޮނުވުމަށް ޚާއްސަ އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އޭގެ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި ރޯމޭނިއާއަށް ޕެޓްރޮއޮޓް މިސައިލް ފޮނުވުމާއި، ޖަޕާނަށް ގްލޯބަލް ހޯކް މަތިންދާބޯޓް ފޮނުވުމާއި، ސައުދިީ އަރަބިއާއަށް ދިފާއީ މިސައިލް ފޮނުވުމާއި، އެހެނިހެން ރަހްމަތްތެރި އަދި ވިޔަފާރީގެ ގުޅުން އޮންނަ ގައުމުތަކަށް މިސައިލް ދޫކުރާ އުޅަދުތަށް ފޮނުވުމަށް ހިންގާ ޕްރޮގްރާމްތައް ހިމެނެއެވެ.

އަލަށް ތަޢާރަފް ކުރި ނިޒާމްގެ ސަބަބުން ހަތިޔާރު ފޯރުކޮށްދޭން ޕެންޓަގަނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެން ދާނެކަމަށް ވަނީ ބެލެވިފައެވެ. އަދި ހަތިޔާރު ފޮނުވުމަށް ނަގާ ދިގު މުއްދަތު ކުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ސައުދީ އަރަބިއާއަށް އެމެރިކާއިން ދިފާއީ މިސައިލް ފޯރު ކޮށްދޭން ނިންމައިފައިވާއިރު ފާއިތު ދުވަސްތަކުގައި ސައުދީން ވަނީ އީރާނުގެ މިސައިލް ހަމަލާއެއްގެ ޝިކާރައަކަށް ވެފައެވެ. އަދި މި ދުވަސް ވަރަކީ އީރާނުން އެ ގައުމުން އުފައްދަމުންދާ މިސައިލްތައް ވަރުގަދަ ކުރަމުންދާ ދުވަސް ވަރެއްމެއެވެ.

މިދިޔަ އަހަރު އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހަތް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށް ވިއްކުމަށް ނިންމައިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު