Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އޯގާތެރިކަމަކީވެސް ފަރުވާއެއް، މިދަނޑިވަޅުގައި އެކަކު އަނެކަކަށް އަޅާލާ: ޑަބްލިއުއެޗްއޯ

21 މާރިޗު 2020 | ހޮނިހިރު 07:52

ވައިރަސްގެ ވެކްސިންއެއްގެ ފުރަތަމަ ޓްރަޔަލް މި ހަފްތާ ތެރޭގައި ފެށިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2020 | ހޮނިހިރު 07:52
ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް

އޯގާތެރިކަމަކީ ފަރުވާއެއް ކަމަށާއި، މި ދަނޑިވަޅުގައި އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމަށް އިސްކަންދޭން ޖެހޭނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް، ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވެއްޖެއެވެ.

ޓެޑްރޯސް ވިދާޅުވީ، ހުކުރު ދުވަހު އދ ގެ ސެކެޓްރީ ޖެނެރަލްގެ އެގްޒެކިއުޓިވް ބޯޑް މީޓިންގ ގައި ބައިވެރިވެވަޑައިގެން ކޮވިޑް-19 އާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޤައުމުތަކުގެ ސިއްޙީ ނިޒާމުގެ ހުރި ތަފާތުތަކާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - worldAdvertisement

އެގޮތުން އެއް ޤައުމަށް އޮތް ނުރައްކަލަކީ މުޅި ދުނިޔެއަށްވެސް އޮތް ނުރައްކަލެއް ކަމަށާއި، މި ދަނޑިވަޅުގައި އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމަށް އިސްކަންދޭން ޖެހޭނެކަމަށްވެސް ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް އިތުރަށް ވިދާޅުވީ، ކޮރޯނާވައިރަސް ގެ އައު ސީކުއެންސް (ކޮވިޑް-19 ސީކުއެންސް) ދެނެގަނެވުނުތާ 60 ދުވަސްވެފައިވާއިރު، އެމެރިކާގައި މިހާރު ވައިރަސްގެ ވެކްސިންއެއްގެ ފުރަތަމަ ޓްރަޔަލް މި ހަފްތާ ތެރޭގައި ފެށިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ކަމާބެހޭ ފަރާތްތައް ގުޅިގެން ބައިނަލްއަޤުވާމީ ދިރާސާއެއް ފަށާފައިވާކަންވެސް ޓެޑްރޯސް ވަނީ ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، ބައެއް ޤައުމުތަކުގެ ތަފާސްހިސާބުތަކާއި ތަފްސީލުތަކަށް ބަލާއިރު، ވައިރަސް ޖެހިފައިވާ މީހުންނާއި ދުރުގައި ހުރުމަށް އެކަނި އިސްކަންދީގެން ނުފުދޭ ކަމަށާއި، އޭގެ އިތުރުން، ޓެސްޓު ކުރުމާއި، އެ ފަރާތްތައް އައިސޮލޭޓް ކުރެވި ފަރުވާދޭ ނިޒާމް ވަރުގަދަކުރަންވެސް ޖެހޭނެކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

މިސާލެއްގެ ގޮތުން ޓެޑްރޯސް ވަނީ ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ އަދި ސިންގަޕޫރުގެ ވާހަކަ ފާހަގަ ކުރައްވާފައެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި ވަނީ މި ދަނޑިވަޅުގައި އަމިއްލަ ސިއްޙަތާއި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

ޓެޑްރޯސްގެ ވާހަކަފުޅުގައި ޒުވާނުންނަށް ޚާއްސަ މެސެޖެއް ދެއްވާފައިވާއިރު، ޓެޑްރޯސް ވިދާޅުވީ، ޒުވާނުންގެ ފަރާތުން ވަައިރަސް ފެތުރޭ މިންވަރަށްވުރެ، ވައިރަސްގެ މައުލޫމާތު ފެތުރޭ މިންވަރު ގިނަ ކަމަށާއި، އެއީ ރަނގަޅު ފާލެއް ކަމަށެވެ. އަދި ޒުވާނުންވެސް ވިސްނަންޖެހޭ ކަމަކީ ޒުވާނުންނަށްވެސް މި ވައިރަސް ޖެހުމުގެ ފުރުސަތު އޮންނާނެކަން ކަމަށާއި، ވައިރަސްގެ ސަބަބުން އެތައް ދުވަހަކު ހޮސްޕިޓަލުގައި އޮންނަންޖެހި، ފުރާނަ ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި ބަލި ނުވިކަމުގައިވިޔަސް ހެދޭ އެންމެ ގޯހަކުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓިގެން ހިނގައިދާނެކަން ފާހަގަކުރައްވައި ޓެޑްރޯސް އިތުރަށް ވިދާޅުވީ، ޤައުމުތަކުގެ ތަފާސްހިސާބުތަކަށް ބަލާލިނަމަވެސް އުމުރުން 50 އަހަރުން ދަށުގެ މީހުންނަށްވެސް ވައިރަސް ޖެހި ގިނަ އަދަދަކަށް އެޑްމިޓްކުރަން ޖެހިފައިވާކަން ފެނިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

4

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

5

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

އިތުރަށް ކިޔާލަން

12 ޖޫން 2018

ަތާރީޚީ ސަމިޓްގައި އެކަކު އަނެކަކަށް ތައުރީފު، ނަމަވެސް އެއްބަސްވި ކަންތައްތައް ހާމައެއް ނުކުރޭ

12 ޖޫން 2018
ަތާރީޚީ ސަމިޓްގައި އެކަކު އަނެކަކަށް ތައުރީފު، ނަމަވެސް އެއްބަސްވި ކަންތައްތައް ހާމައެއް ނުކުރޭ
30 އެޕްރީލު 2018

އިސްރާއިލްގެ ސިފައިން ފަލަސްތީނުގެ ދެ މީހަކަށް ހަމަލާދީ އެކަކު މަރާލައިފި

30 އެޕްރީލު 2018
އިސްރާއިލްގެ ސިފައިން ފަލަސްތީނުގެ ދެ މީހަކަށް ހަމަލާދީ އެކަކު މަރާލައިފި
08 އެޕްރީލު 2018

ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، އެކަކު މަރުވެއްޖެ

08 އެޕްރީލު 2018
ޓްރަމްޕް ޓަވަރުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި، އެކަކު މަރުވެއްޖެ
02 މާރިޗު 2018

އަފްޣާނިސްތާނުގެ ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

02 މާރިޗު 2018
އަފްޣާނިސްތާނުގެ ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
20 އޮކްޓޯބަރު 2017

ޕޮލެންޑުގެ ޝޮޕިން މޯލެއްގައި ވަޅިން ހަމަލާދީ އެކަކު މަރާލާ ހަތް މީހަކު ޒަޚަމްކޮށްލައިފި

20 އޮކްޓޯބަރު 2017
ޕޮލެންޑުގެ ޝޮޕިން މޯލެއްގައި ވަޅިން ހަމަލާދީ އެކަކު މަރާލާ ހަތް މީހަކު ޒަޚަމްކޮށްލައިފި
22 އޯގަސްޓު 2017

އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ

22 އޯގަސްޓު 2017
އިޓަލީއަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 25 މީހުން ޒަޚަމްވެއްޖެ
01 ޖުލައި 2017

ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި

01 ޖުލައި 2017
ނިއު ޔޯކްގެ ހޮސްޕިޓަލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރާލާއި ހަ މީހުން ޒަޚަމްކޮށްލައިފި
19 ޖޫން 2017

ލަންޑަންގެ މިސްކިތަކުން ފޭބި ބައެއްގެ ގައިގައި ވޭނަކުން ޖައްސައި އެކަކު މަރާލައިފި

19 ޖޫން 2017
ލަންޑަންގެ މިސްކިތަކުން ފޭބި ބައެއްގެ ގައިގައި ވޭނަކުން ޖައްސައި އެކަކު މަރާލައިފި
19 މެއި 2017

ނިއު ޔޯކްގައި ޓައިމް ސްކޮޔަރގައި ކާރަކުން ޖެހި އެކަކު މަރުވެ 22 މިހަކު ޒަޚަމްވެއްޖެ

19 މެއި 2017
ނިއު ޔޯކްގައި ޓައިމް ސްކޮޔަރގައި ކާރަކުން ޖެހި އެކަކު މަރުވެ 22 މިހަކު ޒަޚަމްވެއްޖެ
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް