Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ އިތުރު އެހީ ޑަބްލިޔުއެޗްއޯ އަށް

ކުދި ޤައުމުތަކަށް އެހީވުމަށް ޗައިނާއިން ޑަބްލިއުއެޗްއޯއަށް 30 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި

މިއީ ކުދި ޤައުމުތަކާއި، ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް އެހީވުމަށް އެޅި ފިޔަވަޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2020 | ބުރާސްފަތި 10:49
ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ޗައިނާއިން ދަނީ ފޯރުކޮށްދެމުން

ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ޗައިނާއިން ދަނީ ފޯރުކޮށްދެމުން

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް 30 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއަންގާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް އެހީތެރިވުމަށް ނިންމާފައިވާއިރު، މިފަހަރުވެސް ކުދި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޗައިނާއިން އެ ޖަމިއްޔާއަށް 30 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލީޒޮންގ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ސިއްހީ ނިޒާމު ބަލިކަށި ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޗައިނާއިން ނިންމި ނިންމުމެއް ކަމަށެވެ.

ކުދި ޤައުމުތަކާއި، ސިއްޙީ ނިޒާމު ބަލިކަށި ޤައުމުތަކަށް ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތް ވުމަށް އެހީވުމުގެ ގޮތުން ޗައިނާއިން މީގެ ކުރިންވެސް ޑަބްލިއުއެޗްއޯއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން މިދިޔަ މާރޗް މަހުވެސް ޗައިނާއިން ވަނީ 20 މިލިއަން އެމެރިކާ ޑޮލަރު ޑަބްލިއުއެޗްއޯއަށް ހަދިޔާކޮށްފައެވެ.

ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އެ ބަލިން ރައްކާތެރިވުމަށް ޗައިނާއިން ވެސް އަޅަމުންދާ ފިޔަވަޅުތަކާމެދު އިތުބާރު އެބައޮތް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެގޮތުން ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރުމާއެކު، އެކަމުން ރައްކާތެރިވުމަށާއި، އެޤައުމުގެ ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރުން ވަގުތުން އެޅި ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް ވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
23 އެޕްރީލު 2017

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު